ދިވެހި ފުލުހުންނަށް ލިބުނު ތަމްރީނު ފުރުސަތެއްގައި 15 ފުލުހަކު ތައިލެންޑަށް ފުރައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ ތަމްރީންތަކުގެ ދަށުން، ޖުލައި 1ން 7ށް ތައިލެންޑްގެ ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީގައި ކުރިއަށްގެންދާ މިތަމްރީން ޕްރޮގްރާމްގައި، ސެކިއުރިޓީއާއި ގުޅުންހުރި ތަމްރީންތަކެއްގައި މި 15 ފުލުހުން ބައިވެރިވެއެވެ.

އެގޮތުން ފުލުހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި، ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި ޢަމަލުކުރާނެ ގޮތްތަކާއި އުކުޅުތަކުގެ އިތުރުން ވީއައިޕީ ޕްރޮޓެކްޝަންގެ އުކުޅުތައް، މިޕްރޮގްރާމްގެ ތެރެއިން ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ފުލުހުން ޤާނޫނާ ޤަވާއިދުތަކަށް އަހުލުވެރިކޮށް، ކަމާގުޅުންހުރި މަޢުލޫމާތު ދިނުމުގެ އިތުރުން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު