ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މިއަދު މެންދުރު ކުރީގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ރާއްޖޭގެ އިގްތިސާދީ ދާއިރާގެ ކަންކަމާ ބެހޭ ގޮތުންނާއި އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ކަމަށެވެ.
ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން ވެސް ރައީސްއާ މަޝްވަރާ ކުރައްވާ ހިޔާލު ބަދަލުކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ރާއްޖޭގައި އޮތުން އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމު ކަމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމަށް ގޮވާލައި އެކުލަވާލާފައިވާ ޕެޓިޝަންގައި ބައި ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. އެ ޕެޓިޝަންގައި ސޮއިކުރުމުގެ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ ކުރިއަށެވެ.
ބަރުލަމާނީ ނިޒާމަކީ ނަޝީދު ރާއްޖެ ގެންނަން ބޭނުންފުޅުވާ ނިޒާމެކެވެ. ޕެޓިޝަންގެ ކަންކަން ވެސް ގެންދަވަނީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުންނެވެ. ދެހާސްހަތްވަނަ އަހަރު ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ވެސް އެމްޑީޕީއާއި ނަޝީދު ތާއީދު ކުރެއްވީ ބަރުލަމާނީއަށެވެ. ވޯޓުލީ މީހުންގެ 40 އިންސައްތަ ބަރުލަމާނީއަށް ލިބުނުއިރު، އެމްޑީޕީން އެ ނަތީޖާ ގަބޫލުކޮށްފައެއް ވެސް ނުވެއެވެ.
މިހާރު އެމްޑީޕީގައި ވެސް ރިޔާސީ ނިޒާމަށް ތާއީދު ކުރާ މީހުން މަދެއް ނޫނެވެ. ރައީސް ސޯލިހު ވަކި ގޮތެއް ނުނިންމެވިޔަސް އެމަނިކުފާނުގެ ފެކްޝަންގެ ގިނަ މީހުން ދަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. އެ ބަހުސްތައް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުންތަކާއި މަޖިލީހުގެ ތެރޭގައި ހޫނުވެސްވެއެވެ.
ނިޒާމީ މައްސަލާގައި ރައީސް ސޯލިހާ ދެކޮޅަށް ފާޅުގައި ނިކުންނަވާނެ ކަމަށް ނަޝީދު ގެންދެވީ ވިދާޅުވަމުންނެވެ. ނަމަވެސް މޭ ހައެއްގެ ހަމަލާއަށް ފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންނުވުމާއެކު މަންޒަރު ވަނީ މުޅިން ބަދަލުވެފައެވެ. މީގެ ކުރިން ރައީސަށް ކިޔުއްވި ފާޑެއް މިހާރު ނުކިއުއްވައެވެ. އެހާ ބޮޑު ބަދަލެއް އައި ސަބަބެއް އެނގިފައެއް ނުވެއެވެ. ރާއްޖެ ވަޑައިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައިވާ ގޮތުން ނަމަ ރައީސް ސޯލިހް އެމަނިކުފާނާ ވާހަކަފުޅު ނުދައްކަވާނެ ކަމަށް ދެކިވަޑައިގެން ނުހުންނަވާ ކަމަށެވެ. ރައީސް ސޯލިހްއާ ވާހަކަފުޅު ނުދައްކަވަން ދުވަހަކު ވެސް "ހިތު އަޅައިގެން" ނުހުންނަވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންނަށާއި ގައުމައްދިމާވެފާވާ ކަންކަން ރަންގަޅުކުރުމައްވުރެ އަމިއްލައެދުން ކުރިޔައްނެރި މަސައަކަތްކުރާތަން މިފެންނަނީ
މިދެ އިބިލީސް ރައްޔިތުންނާށްޓަކައި ހެޔޮކަމެއް ކޮށްދިންތަ ދުވަހަކުވެސް. ގައުމު ވިއްކައިލައިގެންވެސް ވެެިކަމަށް ފާވެވުނީމަ މި ދެ ޝައިޠާނަށް ހެޔޮވާނެ.
މިއަންނަ އަހަރު ތި ނިޒާމު ބަދަލު ކުރާނެ. ރައްޔިތުން ފޫގަޅައިގެންތިބޭ ދުންކާލި އަރުވާލަން.
އަބޫ ނަގޫ ކިނބޫ ވެސް މޮޔަކޮއްލާނެ....
ލާދީނީ ނަޝީދުގެ ފަރާތުން ވާ ފައިދާއެއް ކޮބާ؟ ދައުލަތުގެ ހުރިހާ ބާރެއް ލިބުމުން މިފެންނަނީ ރައްޔިތުން ދޫކޮށް އަމިއްލަ އެޖެންޑާ ގައި އުޅޭތަން. އަސްލު ކުލަވަރު މި ފެންނަނީ
މައިގަނޑު މަޝްވަރާއަކަށްވާނީ ސުޕްރީމް ކޯޓްގައި ހުކުމާއި ހަމައަށް ގޮސްފައިވާ ރ. ޔާމީނުގެ މައްސަލައަށް ނުފޫޒުފޯރުވޭނެ ގޮތްތަށް ބަލައި އެދާއިރާއިން މަސައްކަތްކުރުންކަމަށް ބެލެވެނީ.
ދެ ރައީސުން ވެސް 2023 ގަ ތޮޅިއަށް ދުއްވާލާނަން. ޢިންޝާﷲ.
ނަސީދު: އަންނަ އަހަރު ނިޒާމު ބަދަލުކުރަން ރައްޔިތުންނަަށް ހުޅުވާލާ ވޯޓެކޭ ކިޔާފަ އެއްޗެއް ބާއްވަން ވާނެ. އޭގެން ކޮންމެގޮތެއް ހަދާފަވެސް އަހަރެން ބޭނުންވާގޮތަށް ނިމެންވާނީ. އެނގިއްޖެ؟!
ސޯލިހު: އާދެ ލައްބަ ސާހިބާ.
ކަލޭމެން ދެމީހުން ފަޅައިގެން ކާން ދިވެހިރާއްޖެ މިއީ ކަލޭމެންގެ އެކަނި އެއްޗެއްތަ
ކަލޭމެން ދެމީހުން ފަޅައިގެން ކާން ދިވެހިރާއްޖެ މިއީ ކަލޭމެންގެ އެކަނި އެއްޗެއްތަ.
ހޮހޯ އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދައިގެން ބްލެކްމެއިލް ކުރަނީތާދޯ ތިޔަ....
އަހަރެމެންނަށް އިނގޭ ތިޔަވާއެއްޗެއް....
އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި އޮތީ ގައުމު ވިއްކާލާފަ.
ދެން އެކަން ނަޝީދުއަށް އެނގިގެން ސޯލިހްއަށް މަޖުބޫރުކުވަނީ ވެރިކަމުގެ ނިޒާމް އާބެހޭ މަޝްވަރާތައް ކުރަން...
ކުދިންނޭ ވެރިކަމައިގެން ދެ މީހަކު ހަލާކުވޭއެބަ....
މި ދަނޑިވަޅުގައި ރިޔާސީނިޒާމު ފުރޮޅާލައި ގައުމު ބަރުލަމާނީއަށް ބަދަލުކޮއްފިއްޔާ މިތަނުގެ ވެރިކަމާއި ސަރުކާރު ދެން ގެންގުޅޭނީ އިންޑިޔާއިންނެވެ. އޭރުން ނުރަސްމީކޮއް ރާއްޖޭގައި ހިނގާނީ އިންޑިޔާގެ ވެރިކަމެއް. ދިވެހިން ބޭނުންވަނީ އެގޮތެއް ނޫނަސް އެކަން ކުރުމައް ނިންމައިގެން އިންޑިޔާގެ އެހީއާއިއެކު އެއުޅެނީ އެކަން ކުރަންކަން އެބަ ދޭހަވޭ.
މިގައުމުގަ ވޯޓުލުން ނިމުމަކައް އަންނަނީ