މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދުއާއި ގދ. ގައްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ.

ފުލުހުން ބުނި ގޮތުގައި ހިތަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އިއްޔެ ހިތަދޫގައި މަސައްކަތްކުރާ ފުލުހުންނާ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ވަލުތެރެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 126 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އޭގެ އިތުރުން، ގައްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށު ރަސްފަންނު ކިޔާ ސަރަހައްދުގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހު ގައްދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 217 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި ދެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީހާ

    ވަލުތެރެއިން ކާށި ހޮވަން ނުލިބޭތާ ލައްކަ ޒަމާން ވެއްޖެ. މިހާރު މި ލިބެނީ މަސްތުވާތަކެތި ހޮވަން ރުކެއްގަ އަޅާއެއްޗެއްބާ.. ޒުވާންޖީލް ހަލާކުކޮށްލެވެނީ.... ޤާނޫނީ ހަރުކަށިކަން ނެތުމާއި، އިޚްލާސްތެރިކަމާއި ބީރައްޓެހިވީމާ، ޑްޓާޓެ ސިޔާސަތު ގެންގުޅެމާ

  2. ކޮންވައްތަރު

    ތިއީ ކުޅޭކުޅޭ އިންޓެލިޖެންސް އޮޕަރޭޝަން. 1 އަހަރުގެ ކުދިންވެސް ތިކަހަލަ އިންޓެލިޖެންސް އޮޕަރޭޝަން ހިންގާނެ

  3. ވިސްނާ ޒުވާނުން

    އައްޑޫ ބޮޑުންގެޑުރަޤު ވިޔަފާރިން މުސްތަޤުބަލްގެ ޒުވާނުން ފަނާކުރުން ޒުވާނުންގެ ކުރިމަގު އަނދިރި ވަޅުގަނޑަކަހަދާލުން އެމީހުންގެ މުއްސަދިކަން ބީވެދާނެތީ އަދިވެސްހޭއަރާކަށް ނުވޭތޯ ޒުވާނުން މަތުވާތަކެއްޗަކީ ބޮޑަތިމީހުން އަޑީގައި ތިބެގެން ކުރާވިޔަފާރިޔެއް އެވިއްކާ ބޮޑުން ފަޅާއަރުވާލެވޭނީ އެއެއްޗެހި އެއެއްޗެހި އެމީހުންއަތުން ގަންނަޒުވާނުނަށް ޒުވާނުންނަށްމިކަންވާނީ އެބޮޑުންގެ ޑުރަޤް ފަޅާލެވިގެންނޫނީ އެކަމުގެހައްލެއް މިރާއްޖެއަކަށްނެތް ޒުވާނުނަށްސަލާމަތެއްނެތް ކުރިއެރުމެއްނެތް ރަނގަޅު އުފާވެރި ދިރިއުޚުމެއްބޭނުމިއްޔާ ޒުވާނުން ޑުރަޤަށްނޫނެކޭބުނެ ޑުރަޤުވިޔަފާރިވެރިން ބޭޒާރުކޮށް ހުއްޓުވުންނޫންގޮތެއްނެތް!