މާލެ އަތޮޅު އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއް ގާއިމް ކުރަން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުން، ޕްރެޒެންޓޭޝަނެއްގެ ގޮތުގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީޙުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގައި ދައްކާލައިފިއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުން ދިރާސާކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުން މަޖިލީހަށް ޚިއްސާކޮށްދޭން ޑިފެންސް މިނިސްޓްރީގައި އެދިފައިވާއިރު، މިއަދު ވަނީ މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ޑިފެންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ގޮތަށް އެއްބަސްވުން ދައްކާލި ނަމަވެސް، ސީދާ އެއްބަސްވުން ނުދައްކާ ކަމަށް ވެއެވެ.

މި އެއްބަސްވުން ހާމަކުރަން އެދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލައެއް ހުށަހެޅިގެން ދިޔައިރު، ޑިފެންސް މިނިސްޓްރީން ގެންދިޔައީ އެ އެއްބަސްވުން ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ވިދާޅުވަމުންނެވެ. އެހެންވިޔަސް އެ އޮފީހުން ވަނީ އެއްބަސްވުން ހާމަ ކުރަން އަންގައިފައެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނާ ލިޔެކިއުންތަކެއް މީގެ ކުރިން މީޑިއާގައި ލީކްވެފައިވެއެވެ. އެއެއްބަސްވުން ބުނާ ގޮތުގައި އިންޑިއާ ސިފައިން އުތުރުތިލަފަޅުގައި ތިބޭނެއެވެ. އެއީ ހަގީގަތަކަށް ވެއްޖެނަމަ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ ސަރަހައްދުތަކުގެ އަދަދު ހަތަރަކަށް އަރާނެއެވެ. މިހާރު ވެސް އައްޑޫ ސިޓީ ގަމާއި، ލ.ކައްދު އަދި ހދ.ހަނިމާދޫގައި އިންޑިއާ ސިފައިން ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަންބެ

    ގައުމުގެ ގައްދާރުން. ޚާއިނުން. މި މީހުން ރާއްޖޭ އެތަން މިތަނުން ބިންތައް ގަނެފަ ނުވިތާކަށް ޔޫރަޕުން ބިން ގަނެފަ، އިންޑިއާއަށް މިތަން ވިއްކާލާފަ ރައްޔިތުން އުތުރި އެރީމަ ބޭރަށް ފިލައި ރައްކާވަން އެ ތިބީ. ދުނިޔޭ ކޮންމެ ތަނެއްގައި ތިއްބަސް ޤައުމުގެ ޚާއިނުންގެ މައްޗަށް އިންސާފު ޤާއިމްކުރާނެ ދިވެހި ރައްޔިތުން. އިންޝާ ﷲ

  2. މ ޢަބްދުﷲ

    އުތުރު ތިލަފަޅުގެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަށް ދައްކައިފި

    1 މިނެޓް ކުރިން ( އޮކްޓޯބަރ 24, 2021 )

    އެނގިދާނެތާ ވާގެއްލުމެއް . ތިހަދާދޮގުތަށް މިޔޮއް ފަޅާއަރަނީ . އަވަހަށް އިތުރު ދޮގަކަށް

    ތައްޔާރުވޭ. މިފަހަރު ރީތިކޮށް ބަރަހަނާ ވާނެ. ގައުމަށް ބިލިޔަނުން ދިންގެއްލުމަކަށް

    ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު.

    رئيس يامين عبد القيوم ވަގުތުން ވަގުތަށް ދޫކޮށްލާ #
    India out # India out # India out #