އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ޒިނޭގެ ކުށް ސާބިތު ނުވިޔަސް، ގަރީނާތަކަށް ރިއާޔަތްކޮށް ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށާއި އެކަމަކު އެ ހާލަތުގައި ދެވޭނީ ތައުޒީރީ އަދަބެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު އެ ހުކުމް ކޮށްފައިވަނީ ޑީއެންއޭގެ މައްޗަށް ބިނާކޮށް، ފިރިހެނެއްގެ މައްޗަށް ކުރި ޒިނޭގެ ދައުވާއެއް ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމާފައިވާ މައްސަލައެއްގައެވެ. ގަރީނާތަކަށް ރިއާޔަތްކޮށް، ޒިނޭގެ ކުށް ސާބިތު ކުރެވޭ ގޮތަށް ގާނޫނުލް އުގޫބާތުގައި ބުނެފައި އޮތަސް، ހައި ކޯޓުން މި މައްސަލައިގައި ނިންމާފައިވަނީ ޑީއެންއޭ ފަދަ ގަރީނާތަކަށް ބިނާކޮށްގެން ޒިނޭގެ ދައުވާ ސާބިތު ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ކޮށްފިނަމަ އެއީ އިސްލާމީ ޝަރީއަތާއި ހިލާފު ކަމެއް ކަމަށް އެ ހުކުމްގައި ވެއެވެ.

މި މައްސަލައިގައި ދ.ކުޑަހުވަދޫ ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ގާނޫނުގައިވާ ގޮތުން، ޒިނޭގެ ކުށް ސާބިތުކުރެވޭނީ 4 ފިރިހެނުންގެ ހެކިބަހުން ނުވަތަ އިއުތިރާފުން ކަމަށެވެ. އަދި ޑީއެންއޭ ހެކީގެ މައްޗަށް ބިނާކޮށް ކުށް ސާބިތުނުކުރެވޭނެ ކަމަށް އެ ހުކުމްގައި ބުނެފައިވެއެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތު ކުރެވެނީ ހަތަރު ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުން ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި ހައްދުގެ ކުށްތައް ސާބިތު ކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެގެން ކަމަށް ވާއިރު، ގަރީނާއެއް ބޭނުން ކޮށްގެން އެ މިންވަރަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާތީ ޑީއެންއޭ އާއި ފޮރެންސިކް ހެކިތަކަށް އެކަނި ބިނާކޮށް ހައްދުގެ ކުށްތައް ސާބިތު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެއެވެ.

"މިފަދަ މައްސަލަތަކުގައި އެއްވެސް ހާލެއްގައި ހައްގު އަދަބު ދީގެންނުވާނެއެވެ. ސަބަބަކީ، ޑީއެންއޭ އާއި ސައިންޓިފިކް ގަރީނާތަކަކީ ޝުބްހައިގެ މަހައްލުން މުޅިން ނެއްޓިފައިވާ އެއްޗަކަށް ނުވާތީވެ، އެފަދަ ޝުބްހައެއް އޮންނަ ހާލަތުގައި ހައްދުގެ އަދަބު ދިނުމުން އެއްކިބާވުމަށް ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާތީއެވެ." ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި އެ ހުކުމުގައިވެއެވެ.

ހުުކުމުގައިވަނީ ގަރީނާތައް ބޭނުން ކޮށްގެން ހައްދު ގާއިމް ކުރެވޭނެ މިންވަރަށް ކުށް ސާބިތު ނުކުރެވުނަސް، އެފަދަ ހެކިތަކަށް ބިނާކޮށް ތަައުޒީރީ އަދަބެއް ދެވިދާނެ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ކުށް ސާބިތުވާ މިންވަރަށް ހެކި ނެތަސް، ޑީއެންއޭ ފަދަ ގަރީނާތަކަށް ބިނާކޮށް ތައުޒީރީ އަދަބު ދެވޭ ގޮތަށް އިސްލާމީ ގިނަ ގައުމުތަކުގައި މިހާރު ވެސް އަމަލުކުރާކަން ފާހަގަ ކޮށްފައިވެއެވެ.

"ޑީއެންއޭ އާއި އެފަދަ ސައިންޓިފިކް ގަރީނާތަކަކީ އެ ގަރީނާއަށް ބާރުދެނިވި އެހެން ހެކި ނުވަތަ ބާރުގަދަ ގަރީނާ ހުރެއްޖެ ނަމަ، ހައްދުގެ މައްސަލަތައް ތައުޒީރީ މިންގަނޑުން ސާބިތު ކުރުމަށް ފުދޭނެ ވަސީލަތެއް ކަމެވެ. އެހެން ނަމަވެސް އެ ހާލަތުގައި ކުށް ސާބިތުވި މީހާގެ މައްޗަށް ހައްދުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި އެ މީހާއަށް ދޭންވާނީ ތައުޒީރީ އަދަބެކެވެ." އެ ހުކުމުގައިވެ އެވެ.

"އިއުތިރާފުން ނުވަތަ ހަތަރު ފިރިހެނުންގެ ހެކިބަހުން ސާބިތުވެގެން ނޫން ގޮތަކަށް، ޒިނޭގެ މައްސަލަތަކުގައި ހައްދުުގެ އަދަބު ދީގެން ނުވާނެއެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި ހައްދާއި ގިސާސްގެ މައްސަލަތަކުގައި މުޅިން ޔަގީންވާ މިންވަރު ހާސިލް ކުރުމަކީ ވާނެ ކަމެއް ނޫނެވެ. އެހެންކަމުން ހައްދާއި ގިސާސްގެ މައްސަލަތަކުގައި އެކަށީގެންވާ މިންވަރަށް މީހަކު ކުށްކުރި ކަމަށް ގާޒީއަށް ގަބޫލު ކުރެވޭ ނަމަ ނުވަތަ ޔަގީނާ ގާތްކުރާ މިންވަރެއް ހާސިލް ކުރެވޭ ނަމަ، އެފަދަ މައްސަލަތަކުގައި ތައުޒީރީ އަދަބެއް ކަނޑައެޅުން ހުއްދައެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެއެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. މި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ މައްސަލާގައި ހުށަހަޅާފައިވާ ޑީއެންއޭ ހެއްކެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލަަ އަލުން ބެލުމަށް ހައި ކޯޓަށް ފޮނުވާ ކަމަށް އެ ހުކުމުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަޙުމަދު

  ދީނީ ގޮތުން ޙުކުމްތައް ބަޔާން ކުރުމުގެ ހުއްދަ ސްޕްރީމްކޯޓު ގެ ފަނޑިޔާރު ނަށް ލިބިފައި އޮންނަ ކަމެއް ނޭގޭކުރިން. ދުޢާ ދިން ޢިލްމުވެރިން މިކަމުގައި ޖަވާބެއް ދިނުން މުހިންމު،ސަބަބަކީ ކުރިން އަޑު އިވިފައި އޮންނަނީ ޒިނޭގެ ޙުކުމްސާބިތު ކުރެވޭނީ 4 ފިރިހެނުންގެ 8ލޮލަށް ފެނިގެން ކަމަށް، އެހެންކަމުން މިކަން ރައްޔިތުން ނަށް ސާފުކޮށް ދިނުން މުހިންމުނޫންތޯ؟

 2. މުފައްކިރު

  މިސާލަކަށް ޒިނޭ ކުރެވޭ މާޙައުލުގަ ޒިނޭކުރި މީހާ އަތްލީ. އަތްލުމުގެ ކުރިން އެހެން މީހަކު ޒިނޭކޮށްފި. ދޮވެފި ސާފުކޮށްފި. . ޒިނޭކުރި މީހާގެ ޑީއެންއޭގެ އަސަރެއް ނެތް މިންވަރަށް. އޭގެ ފަހުން ޒިނޭ ކުރެވޭ މާޙައުލުގަ އަތްލިމީހާގެ މައްޗަށް ޒިނޭކުރެވުނު އަންހެނާ ދަޢުވާ ކުރީ އެދަޢުވާގެ ޑީއެން އޭ ގެ މައްޗަށް ސާބިތުވި.އެހެންކަމަށްވާނަމަ ޒިނޭގެ ކުށް ސާބިތުއެވަނީ ޒިނޭ ނުކުރާ މީހާ އަށް ނޫންތޯ؟

  ޒިނޭ ކޮށްގެން ލިބުނު ކުއްޖާގެ ޑީ އެން އޭ އިން ޒިނޭ ސާބިތުވާނަމަ ކުއްޖާގެ ބައްޕަ އަކީ ކާކުކަން އެގޭ މިންވަރަށް ސާބިތުވޭ. އެހެންކަމަށްވާނަމަ ބައްޕަގެ ޙައްޤު ލިބެންޖެހޭ ނޫންތޯ؟
  ދަރި ލައްވަނީ ތަންމައްޗަށޭ އެބުނާ ބުނުމުގަ ވެސް މަޢުނަވީ ކަންކަން އަންނާނެ. ޑީއެން އޭ އަކީ ދާދި ފަހުން ތަޢާރަފުވި ވުމަކަށް ވާއިރު މުަސްލިމް ގައުމެއްގަ ދަންނަ ބޭކަކުންގެ އިޖުމާޢުން ނިންމާ ނިންމުން ނުވަތަ އިސްލާމީ ފަތުވާ އެއް އޮންނަން ނުޖެހޭތޯ؟

 3. Anonymous

  ތިއީ އިސްލާމީ ޝަރިއްޔަތާ މުޅިން ޚިލާފް ކަމެއް

 4. Anonymous

  އަހަރެމެން ނުޖެހޭ ގައުމުތަކެއްގަ އެކަން ކުރާގޮތް ބަލާކައް. އިސްލާމީ ޝާރިޔާގައި އެކަން އޮންނަގޮތް މުހިންމީ. ހުސްނު ސުއޫދަކީ ކައްޒާބެއް.

  • ބެއްޔާ

   ސުއޫދު ގެންގުޅޭނެ ގާނޫނީ ދިގުއަތެއް.

 5. ނޭނގުނު

  ޑީއެން އޭ ދިމާވިޔަސް ކިހިނެތް ބާ އެނގެނީ އެއީ ޒިނޭގެ ދަރިއެއް ކަމެއް މިޒަމާނުގައި ކަންކަން މިވަނީ ވަރަށް ކުރިއަރާފައި

 6. އަބްދޫ

  ޢިސްލާންދީނުގާ ވަކިގޮތަކަށް ސާބިތުކުރަން ހުކުމެއް އައިސްފަ އޮއްވާ އެނޫންގޮތަކަށް ޒިނޭ ސާބިތުކުރުން ގާނޫނުއަސާސި ެާހިލާފު ނުވާނެބާ.ޢެއީ ގާނޫނުއަސާސީ ގަ ބުނޭ އިސްލާމްދީނުގެ އަސްޅާ ހިލާފު ވުން ބާތިލް ކަމަށް .ދުނިޔޭގެ ފަހުގެ ޖީލު ތަކުން ޑީއެންއޭ ހޯދާނެކަން މާތްﷲ އާއި އެކަލާނގެ ރަސޫލާ ދެނެވޮޑިގެންވޭ.އެކަމަކުވެސް ޒިނޭސާބިތު ކުރުން ވަނީ ވަކިގޮތަކަށް ކަނޑައެޅި ނިމިފާ.ޢަދި ކުރީން އުފަން ނުވާ ކަމެއް ގެ މައްޗަށް ހުކުމް ކަނޑައެޅުމުގެ ބާރު އިސްލާމް ދީނުގަ ދެވިފާވަނީ ދަންނަބޭކަލުންގެ އިޖްމާޢާ ގިޔާސް ގެ މައްޗަށް ކަމުގައިވާ އިރު ސްޕްރީމްކޯޓުގެ ހުކުމް އިސްލާމްދީނުގަ ޒިނޭސާބިތުކުރުމަށް ސައްހަ ވާނެތޯ ސުވާލު އުފެދޭ.

 7. އަބްދޫ

  މީހަކާ އިނދެގެން ހުރެ ވިހާދަރި ލައްވާނީ ފިރިމިހާއަށް.ލިއާން ކޮށްފި ހާލަރތުގާ މެނުވީ.ޑީއެންއޭ ބެލުން ހުއްދަ ވެގެން ނުވޭ.އަނބި މީހާ އެހެން މިހަކަށް ބަލިވެ އިދެ ވިހާ ފިރި މީހާގެ ދަރިއެއް ކަމަށް ބުނާނަމަ އެއީ ފިރިކަލުން ނޫންމީހެއްގެ ދަރިއަކަށް ވާނަމަ އޭނާ އަށް ތައުބާ ނުލައްވާނެ ގިޔާމަތް ދުވަހު އެ މީހަކަށް ސުވަރުގޭގެ ވަސް ވެސް ނުލިބޭނެ. މިއީ ވެސް ދަރި ލެއްވުމުގެ ހުކުމެއް