‎ހުޅުމާލެ ފްލެޓްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް އިންސްޕެކްޝަނެއް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ، ހުޅުމާލެ 1000 ފުލެޓުގައި ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ބައެއް ފުލެޓުތަކުގެ ފުރާޅުގެ އިންސްޕެކްޝަނެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެެގޮތުން އިންސްޕެކްޝަން ހަދާނީ ބްލޮކް 84، 91، އަދި 121 ގެ ފުރާޅުތަކުގައި ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. އަދި މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަަލަށް މި އިންސްޕެކްޝަން ކުރިއަށްދާނެއެވެ. މި އިންސެޕްކަޝަން ކުރިއަށް ދާނީ މި ދުވަސްތަކުގައި ހެނދުނު 9:00 އިން ހަވީރު 5:00 އާއި ދެމެދުއެވެ.

ހުޅުމާލެ ފްލެޓްތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ކުރިއަށްގެންދާ އިންސްޕެކްޝަންގެ ތެރެެއިން - ފޮޓޯ: އެޗްޑީސީ

‎މި އިންސްޕެކްޝަން ކުރިއަށްގެންދާނީ ކްރޭނެއް ބޭނުންކޮށްގެންނެވެ. އަދި އެއްވެސް ފުލެޓެއްގެ އެތެރެއަށް އިންސްޕެކްޝަން ޓީމުން ނުވަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީބެ

    ހުޅުމާލެ 1000 ފްލެޓްގެ ގިނަ ފުރާޅުގައި މިހާރުވެސް ސޯލާ ޕެނަލް ހުންނާނެ. ބިލު ކުޑައެއް ނުވޭ