ބ. އޭދަފުށީގައި ފުޓްބޯޅަ ކުޅެން ހުއްޓާ ވެއްޓުނު ފުލުހަކު އަވަހާރަވެއްޖެއެވެ.

އަވަހާރަވެފައި ވަނީ ނ،ރ،ބ،ޅ އަތޮޅަށް ކަނޑައަޅާފައިވާ ފުލުހުންގެ ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާއިލް ނަދީމެވެ.

ނަދީމް އަވަހާރަވެފައި ވަނީ އޭދަފުށީގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ރޭ އެރަށުގައި ބޭއްވި ފުޓްބޯޅަ މެޗެެއްގައި ކުއްލިއަކަށް ވެއްޓިގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

އޭނާ ވެއްޓުނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ނަދީމް އެ މެޗްގައި ހުރީ ގޯލް ކީޕަރަކަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ރޭގެ ވަގުތެއްގައި އޭނަ މާލެ ގެނެސްފައި ވެއެވެ. އޭނާ އަވަހާރަވެފައި ވަނީ މާލެ ގެނެސް ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

ނަދީމް އަވަހާރަވުމާއި ގުޅިގެން ފުލުހުންނާއި އަދި ރިޓަޔާ ކޮށްފައިވާ ފުލުހުންގެ އޮފިސަރުންނާއި އާއްމުން ވެސް އަންނަނީ މީސް މީޑިއާގައި ހިތާމަފާޅުކުރަމުންނެވެ.

ނަދީމް އަވަހާރަވުމުން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ޚިދުމަތުގެ ދިދަ، ފުލުހުންގެ ހުރިހާ މަރުކަޒެއްގައި ބައިދަނޑިއަށް ތިރިކުރަން ނިންމަވައި އެކަން އަންގަވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ަހުމާ

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎

  2. ޠ

    އިންޑިޔާ އާ ދެކޮޅަށް ގިނަ ދިވެހިން ތެދުވަފަތިބި ވަގުތެއްގަ ސަލާމަތީ ބާރުތަކުގެ ބޭކަލުން ކުއްލިއަކަށް މަރުވާނަމަ ތަންކޮޅެއް ރަނގަޅަށް ބަލާ ދިރާސާ ކުރަން ޖެހޭ

    5
    1
  3. ޭެެމމމމ

    ނިޔާވި ފުލުސް އޮފިސަރުގެ ފާފަ ފުއްްސަވާ ސުވަރުގެ މިންވަރު ކުރައްވާދޭވެ. ވެއްޓިޖިއްޔާ ކިޔާނަމަ އަވަހާރަވުން އެއާއި ޖެހިގެން ނުކިޔާނެ ދިވެހި ބަހަކީވެސް ވަކި ހަމަތަކަކުން ވާހަކަ ދައްކާ ބަހެއް ނޫސްވެރިންވެސް ދިވެހި ބަހައް އަހުލުވެރިވާން ޖެހޭ އެހެން ނޫނިއްޔާ ކުޑަކޮށް ޖޯކު ވާހަކަ ލިޔެވޭނެ

    14
  4. ބޭގަމް

    މަޤާމަކީ މަލާއިކަތުންގެ މެދުގައި މުހިއްމު އެއްޗެއް ނޫން.

    12
    1
  5. ނާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

    10
    1
  6. ހެޔޮއެދޭ..

    إنّا لله وإنّا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین

    10
    1
  7. ގާދިރު

    އަވަހާރަތަވީ މަރުވީކީ ނޫންތަ ހާޓުއެޓެކެއް ޖެހިގެން އެބޭފުޅާ

    4
    1
  8. ސޯސެޑް

    މި ކުއްލި މަރު ތަހުގީގުކޮށް ޔަގީން ކުރަން ޖެހޭ ނުބައެެއް ނުހިނގާކަން ، ކޮމާންޑަރ ނަދީމްއަށް ސުވަރުގެ މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި

  9. Vaccine

    Vaccine

  10. އިބްރީމް މުހައްމުދު ސޯލިހާ

    ފުޓްބޯޅަ ކުޅެން ހުއްޓާ ވެއްޓުނު ފުލުހަކު އަވަހާރަވެއްޖެ

  11. ނައްޓް

    إنّا لله وإنّا إليه راجعون

  12. ރީތި މޫސަ

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

  13. މުޑުވައް

    "ފުޓްބޯޅަ ކުޅެން ހުއްޓާ ވެއްޓުނު ފުލުހަކު އަވަހާރަވެއްޖެ"

    ފުލުސް މީހާ އަށް ނިސްބަތް ކޮށް "އަވަހާރަ" ވީ ކަމުގައި ލިޔުއްވާނަމަ ފުލުސް މީހާ "ކުޅެން ހުއްޓާ" މިގޮތަށް ނުލިޔެވޭނެ.
    ލިޔަން ޖެހޭނީ "ކުޅުއްވަން ހުންނަވަނިކޮށް" މިގޮތަށް.

  14. މުޑުވައް

    "ފުޓްބޯޅަ ކުޅެން ހުއްޓާ ވެއްޓުނު ފުލުހަކު އަވަހާރަވެއްޖެ"

    ފުލުސް މީހާ އަށް ނިސްބަތް ކޮށް "އަވަހާރަ" ވީ ކަމުގައި ލިޔުއްވާނަމަ ފުލުސް މީހާ "ކުޅެން ހުއްޓާ" މިގޮތަށް ނުލިޔެވޭނެ.
    ލިޔަން ޖެހޭނީ "ކުޅުއްވަން ހުންނަވަނިކޮށް" މިގޮތަށް.

    މަރުޙޫމުގެ ފާފަތައް ފުއްސެވުން އެދި ﷲގެ ޙަޒުރަތުގައި ދުޢާ ދަންނަވަން.