މިއަދު ރާއްޖެ އިން އިތުރު 92 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 26 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 60 މީހުން ފައްސިވިއެވެ. އިތުރު ހަމީހަކު ރިސޯޓްތަކުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3710 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %2.48 މީހުން ކޮވިޑަށް ފައްސިވިއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު މިހާރު ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 1524 އަށް އަރާފައެވެ. މިއަދަކީ މިމަހުގެ 02 ވަނަ ދުވަހަށް ފަހު ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 18 މީހަކަށް މިހާރު ވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ.

އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު 2113 އަށް އަރައެވެ.

ރާއްޖެ އިން މިހާތަނަށް ޖުމްލަ 86922 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ. އޭގެތެރެއިން 85145 މީހުން މިހާރު ކޮވިޑުން ރަނގަޅު ވެއްޖެއެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 240 މީހުން ވަނީ ކޮވިޑްގައި މިހާތަނަށް ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު