އުތުރު ތިލަފަޅާއި ގުޅޭގޮތުން ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްްމަދު އަސްލަމް ވިދާޅުވި ނަމަވެސް އެއީ ބޮޑުދޮގެއް ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެމްއެންޑީއެފްގެ އިސްވެރިން، މަޖިލީހުގެ 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މިއަދު ވަޑައިގެން، ޔޫޓީއެފް އެއްބަސްްވުމުގެ މައުލޫމާތު ދެއްވައި، ކޮމިޓީގެ މެމްބަރުންނަށް އެ އެއްބަސްވުން ވެސް ދެއްކެވި އެވެ. އެއްބަސްވުމަށް ފަހު އަސްލަމް ވިދާޅުވީ އެ އެއްބަސްވުުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް ނެތް ކަމަށެވެ.

އަސްލަމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ އަސްލަން ހެދީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ. އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތްނަމަ އެއްބަސްވުން ހާމަނުކުރައްވަނީ ކީއްވެތޯ ސައީދު ސުވާލު ކުރެއްވިއެވެ. އަދި އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ފާސްނުކުރެއްވީ ކީއްވެތޯ ވެސް ސައީދު ސުވާލު ކުރެއްވިއެވެ. ސައީދު ވިދާޅުވީ އުތުރުތިލަފަޅު އެއްބަސްވުން އޮތީ ގާނޫނު އަސާސީ އާއި ވެސް ހިލާފަށް ކަމަށެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުން ކޮމެޓީއަށް މިއަދު ދެއްކީވެސް އެމްޑީޕީ މެންބަރުން މެދުވެރިކޮށް އެއީ ރާއްޖެއަށް ނުރައްކާ އޮތް އެއްބަސްވުމެއް ނޫންކަމަށް ދައްކަން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ހިމެނޭ މައުލޫމާތުތައް ހާމަކުރަން ޑިފެންސް މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނަރު ދެއްވި މުއްދަތު މިދިޔަ ހަފްތާގައި ވަނީ ހަމަވެފައެވެ. ނަމަވެސް ޑިފެންސް މިނިސްޓްރީން އެމައުލޫމާތު ހާމައެއް ނުކުރެއެވެ. މައުލޫމާތު ހާމަނުކުރި ސަބަބެއް ވެސް މިނިސްޓްރީން ވިދާޅެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސލ

    އުތުރު ތިލަފަޅު އެއް ބަސްވުން އުވާލަން ތާއީދުކުރަމެވެ.

    12
  2. ޢަހޫ

    ޜައްޔިތުންގެ 9މިލިއަން ރުފިޔާއަށް ޕާޓީ ބަދަލުކޮށްގެން ހުރިމީހަކު ތިލަފަޅޭ ފަޅޮލޭކިކަން ލަދުކޮބާ.

    6
    7
  3. ޔާމީ

    ސައިދުއެގުމަންޓްއެއީ

    1
    3