22:18

އިތުރު 149 މީހުން ފައްސިވެއްޖެ.

21:08

ށ. މަރޮށިން ކޮވިޑް-19 ފެނިގެން އެރަށް ބަންދުކޮށްފި

ކޮވިޑް-19 އިން ދިފާއުވުމަށް އެންމެ ފުރަތަމަ ވެކްސިން ދޭން ފެށީ އެމެރިކާ އާއި ޔޫރަޕްގައެވެ. ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށް ތިންވަނަ ޑޯޒެއް ވެސް ޔޫރަޕްގެ ގިނަ ގައުމުތަކުގައި މިހާރު ދޭން ފަށައިފިއެވެ. ނަމަވެސް އަދިވެސް ހާލަތު އެންމެ ގޯސް ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތައް ފާހަގަ ކުރެވެއެވެ.

ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް މަތީގައި ހުރި އެއްސަބަބަކީ ވެކްސިން ޖަހަން ވެސް ގިނަ ބަޔަކު ދެކޮޅު ހެދުމެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މާބޮޑު ސަމާލުކަމެއް ވެސް ގިނަ މީހުން ނުދިނުމެވެ. އެހެންކަމުން ކުރިއަށް އޮތް ފިނިމޫސުމުގައި ޔޫރަޕްގެ ހާލަތު އަދި އިތުރަށް ގޯސްވެގެން ދިއުމުގެ ބިރު އެބައޮތެވެ.

ރާއްޖޭގެ ހާލަތައް ބަލާއިރު މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު މިހާރު ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 1524 އަށް އަރާފައެވެ. މިއަދަކީ މިމަހުގެ 02 ވަނަ ދުވަހަށް ފަހު ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 18 މީހަކަށް މިހާރު ވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ.

އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު 2113 އަށް އަރައެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު