ޑީއާރުޕީގެ ވެރިކަމެއްގައި ކޮންމެ މީހަކަށް އެއް ލައްކަ ޑޮލަރު (15 ލައްކަ 42،000 ރުފިޔާގެ) ކްރެޑިޓް ކާޑެއް ލިބޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފޮރިން ސާވިސް ބިލުގެ ބަހުސްގައި، ޖާބިރު ވިދާޅުވީ ރާއްޖޭގެ ކަންކަން ބައްޓަން ކުރެވިފައި އޮތީ ވިޔަފާރިތަކަށް ގެއްލުން ލިބޭ ގޮތަށް ކަމަށެވެ.

މިއަދުގެ ޖަލްސާއަށް އޭނާ ހުށަހެޅުއްވި ވިޔަފާރިތަކަށް ސޮވެރިން ގެރެންޓީ ދިނުމުގެ މައްސަލަ މަޖިލީހުން ބޭރު ކޮށްލުމުން ވެސް، ދިވެހި ވިޔަފާރިތައް ތަރައްގީ ކުރުމުގެ ވިސްނުން ސަރުކާރުގައި ނެތް ކަން ފެންނަ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ގަބޫލު ކުރައްވާ ގޮތުގައި، ދިވެހި އަމިއްލަ ވިޔަފާރިތައް އުފައްދައި އެ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން މަސައްކަތް ކޮށްދޭން ޖެހެއެވެ. އެ ގޮތުން ޑީއާރުޕީގެ ސަރުކާރެއްގައި ކޮންމެ މީހަކަށް ވެސް އެއް ލައްކަ އެމެރިކާ ޑޮލަރުގެ ކާޑެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ،

"އަޅުގަނޑުމެންގެ ޕާޓީ [ޑީއާރުޕީ] ގެ ވެރިކަމެއްގައި ދިވެހި ކޮންމެ ރައްޔިތަކަށް އެއް ލައްކަ އެމެރިކާ ޑޮލަރުގެ ކްރެޑިޓް ކާޑެއް ދޭނަން، އެއީ މާ ބޮޑު ކަމެއް ނޫން، މިހާރު ވެސް ސަރުކާރަށް ކުރެވޭނެ ވަރުގެ ކަންކަން މި ހުންނަނީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި، މިހާރު ސަރުކާރުގެ ނިޒާމުތައް އޮތީ އިގްތިސާދަށް ގެއްލުންވާނެ ގޮތް ގޮތަށެވެ. މި ގޮތުން "އާސަންދަ" ނިޒާމުގެ ސަބަބުން މަސައްކަތްތެރި ދިވެހިން މަދުވެ، އިގްތިސާދަށް އޭގެ ގެއްލުން ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އާސަންދަ ނިޒާމު އުވާލަން ޖާބިރު ގޮވާލެއްވިއިރު، މިއަދުގެ ޖަލްސާގައި ވެސް އެ ވާހަކަތައް ޖާބިރު ތަކުރާރު ކުރެއްވިއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ޓިކެޓުގައި ޖާބިރު ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވީ ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ގޮތުގެ ނަމޫނާގައި ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

ޖާބިރު ފުރަތަމަ ވާދަކުރެއްވީ އެމްޑީޕީގެ ޕްރައިމަރީގައެވެ. ޕްރައިމަރީން ނާކާމިޔާބުވުމުން، އޭރު ގާނޫނު އޮތް ގޮތުން، އޭނާއަށް ވާދަކުރުމުގެ ފުރުސަތު ބަންދުވިއެވެ. އެކަމަކު ސުޕްރީމް ކޯޓަށް ވަޑައިގަނެ، ކުރެއްވި މަސައްކަތާއި ބަހުސްތަކުން، އެއީ ގާނޫނު އަސާސީއާ ޚިލާފު ގާނޫނީ މާއްދާއެއް ކަމުގައި ކަނޑައެޅުނެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވައިގެން އެމްޑީޕީގެ ކެންޑިޑޭޓް ބަލިކޮށް ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ނ.ނ

    އަޅެ މީނަ ހައްޔަރުކުރަންނުވެތަ ގުރާދުވަށް ފޮނުވާ

    25
    1
  2. އަބްދޫ

    15 މިލިއަނޭ ނުބުނީ ކީއްވެ. ކޭބަލް ކާރާއި ކަނޑުއަޑީގެ ޓަނަލް މިވަރުން ރައްޔިތުންނަށް ފުދޭނެކަމަށް ދެކެން.

    13
    1
  3. ގޮލާ

    މިކަހަލަ ދޫނި ސިކުޑި ހުންނަ މީހުން މިތާ ގާނޫނު މި ހަދަނީ..ކެކެކެކެކެކެކެ

    21
  4. ސަސި

    މިކަލެގެ ދައްކާ ވާހަކަ ހަބަރު ނަހަދަބަލަ. ދަރުމަ ވާނެ

    19
    1
  5. ހެހެ..

    އިން ޔޯ ޑްރީމްސް.. ލޮލީ މޭން..

    14
    1
  6. ޙައްޕު

    މީނާ އަވަސްގޮތަކުން ރާއްޖޭން ބޭރުކުރޭ.ރަނގަޅުވާނެ މަޤާމެއްދޭން ބޭނުންނަމަ އިޓަލީގައި މީނާގެ ހަރަދުގައި މިޝަންއެއް އުފައްދާ ، ސަފީރެއްގެ ދަރަޖައިގާ ބެހެއްޓުން. ސަރުކާރުން މުސާރައެއްނުދިނަސް އެތަނުގައި ހުރެދާނެ ތޯއްޗެެއް!!!!

    8
    1
  7. ހަމްބެ

    މުއައްޒަފުންނަށް މުސާރަނުދީ ބިރުދައްކާފަ ރިސޯޓުން ބޭރުކުރާމީހެއްތީ.

    10
  8. ދިޔާނާ ބަނާނާ

    އަޅާފަ ހުރި ކޭބަލް ކާރުތަށް ގިނަކަމުން ޖައްވުގަ މަތިންދާ ބޯޓެއް ދުއްވެން ނެތް..

    10
  9. އަހްމަދު

    ގަދަ ކަލޭ ޖާބެ... ތިއިނީ ހަމަ ހޮވިފަ

    5
    2
  10. ނަސީރު

    ތިކަން އަޅުގަނޑު ގަބޫލުކުރާނަން ، އެކަމަކު ތިޔަބުނާ 15 ލައްކާގެ ކާށު ހޯދަން އެމީހަކު 15 ލައްކަ ހަރަދު ކުރަން ޖެހޭނެހެން މަށައް ޔަގީންވަނީ.

  11. ހެހެހެ

    ފުރަތަމަ ބޭނުމީ ކޭބަލް ކާ ޕުލީސް

  12. އަމީ

    ރާފުޅިއަކާ އެކު

  13. ފަރާ

    ކޭބަލް ކާރު މާލެ/ވިލިގިލި/ހުޅުމާލެ އަށް ދެވޭގޮތަށް އިންތިޚާބުގެ ކުރިން ޑީ.އާރ.ޕީ އިން ހައްދަވައި ދެއްވައިފިއްޔާ އެއޮތީ ހޮވި ވަޑައިގެންފަ ކަމަށް ނިންމަވާ. އެހާވެސް ގިނަ ރައްޔިތުންގެ ސަޕޯރޓް އަދި ވޯޓް ވެސް ލިބޭނެ.

  14. ހަސަނު

    މީނަ ކޭބަލް ކާ ރު ވެސް އަޅާފި މިގޮތަށް

  15. ކާށިދޫ

    މިދިޔަ ހަފްތާގައި ކޭބަލް ކާރުގަ ޖައްސާލިން ކާށިދޫއަށް، އަންނަ ހަފްތާގައި ކާށިދޫ ޖާބިރް އިންޓަނެޝަނަލް އެއާރޕޯޓް ހުޅުވާކަމަށް ވަނީ

  16. މަ

    މީ ދުނިޔޭގެ ފުރަތަމަ އިންވިސިބްލް ކޭބަލް ކާރު އެޅި މީހާކަމަށް ފާހަގަކުރެވޭ.