އަވަށްޓެރި އިންޑިއާއާ ދެކޮޅު ޚިޔާލުތައް ޕްރޮމޯޓް ނުކޮށް އެ ކަން ހުއްޓާލަން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ތަކުރާރުކޮށް އެދިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބާލަން "އިންޑިއާ މިލިޓަރީ އައުޓް" އަދި "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" މި ދެ ޝިއާރުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ގެންދަނީ ކެމްޕޭނެއް ހިންގަމުންނެވެ. ގައުމީ ކެމްޕޭނެއް ކަމަށް ބުނެ ކެމްޕޭން ކުރިއަށް ގެންދަނީ ވެސް "ރަތް" ކުލައިންނެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ނަޝީދު ދެއްވި އިންޓަވިއުގެ ތެރެއިން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާއާއެކު ބާއްވާ ގާތް ގުޅުންތަކުގެ ސަަބަބުން ރާއްޖޭން ގެއްލޭނެ ތާއީދެއް އަދި ގެއްލުމެއް ރައީސް އާއި އެމްޑީޕީއަށް އޮތްތޯ ނޫސްވެރިޔާ ސުވާލު ކުރިއެވެ.

އޭގެ ޖަވާބުގައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކަކީ ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް އެއްބަސްވެވޭ ސިޔާސަތުތަކަށް ވާން އެބަ ޖެހޭ ކަމަށެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ޚާރިޖީ ގުޅުން އޮތް ގައުމަކާ ދެކޮޅަށް ޒާތީ ޚިޔާލުތަކެއް ޕްރޮމޯޓް ކުރެވިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކާ މި ވާހަކަ ދެއްކުން އަޅުގަނޑު ހުއްޓައެއް ނުލާނަން، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަރިހު އަޅުގަނޑު ތަކުރާރުކޮށް އެދޭނަން، އަދި ބުނަމުން ވެސް މި ދަނީ، ވަކި ގައުމަކާ ދެކޮޅުވާން ތި ގެންގުޅޭ ޚިޔާލުތައް ދޫކޮށްލާށޭ،" ނަޝީދު ވިދާޅުވިއެވެ.

"އިންޑިއާ ފުރަތަމަ" ސިޔާސަތެއް މާ ކުރިން ވެސް އޮތީ ކަނޑައެޅިފައި ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ. މިއީ "އާދައިގެ މައްސަލައެއް" ކަން ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށް ވިސްނޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އެކިއެކި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެހީތެރިވެދެމުން އަންނަނީ އިންޑިއާގެ އެކި ކުންފުނިތަކުންނެވެ.

އިންޑިއާ ސަރުކާރުން ވަނީ ރާއްޖެ އަށް އެތައް އެހީތަކެއް ވެސް ދީފައެވެ. އޭގެ ތެރޭގައި މާލީ ގޮތުން އެހީތެރިވުމާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެކްސިން ފޯރުކޮށްދިނުމާއި އެ ނޫން ވެސް ބޭހާއި އެހެނިހެން ސާމާނު ދިނުން ހިމެނެއެވެ.

އިންޑިއާ އިން ވަނީ ރާއްޖޭގައި ބޮޑެތި ބައެއް މަޝްރޫއުތަކެއް ހިންގުމަށް ތައްޔާރުވެފައެވެ. އޭގެ ތެރޭގައި ތިލަމާލެ ބްރިޖު މަޝްރޫއު އާއި އައްޑޫ މަގުތައް ހެދުމާއި ރާއްޖޭގެ 30 އަށް ވުރެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު އެޅުމުގެ މަޝްރޫއު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. އަޙްމަދު

  އެއްވެސް ބަޔަކު އިންޑިޔާއަކާއި ދެކޮޅުވެގެނެއް ނޫޅޭ އަދި ނުވެސް އުޅޭނެ! ދެކޮޅީ މިޤައުމުގައި އިންޑީޔާގެ މިލިޓްރީ ޕްރެޒެންސް!

  109
  2
 2. ސަހުލާ

  ދިވެހިން ކައިރިން އެދޭނެ ކަމެއްނެތް ؟
  ކަލޭމެން ތިން ހަތަރު މީހުން އެއްބަސްވީމަ ނިމުނީތަ ؟

  64
  3
 3. ނޯނޭމް

  އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅު.

  94
 4. ޔާމިން

  އިންޑިޔާ އޯކޭ އެމީހުންގެސިފައިންރާއްޖޭގައިތިބެގެންނުވާނެ

  89
 5. ވިލޭ

  އިންޑިޔާމިލިޓިރީއައުޓް އިންޑިޔާރަގަޅު

  84
 6. އަފީ

  ނަސީދޫ ބަލަ ޔަމީނު އިންޑިޔާއާދެކޮޅުއަޑުުފުލުން
  ހުތްޓާލިޔަކަސް ރައްޔެތުންނުހުއްޓާނަން ތިޔަހެންބިރު
  ދައްކަންއުޅޭނެކަމެއްނެއް ކަލަކުވޮޑިގެންވާކަން ކަލެއައް
  ނޭގުނަސް އަހަރުމެއްނައްއިގެއޭ ހަމަކިޔާނަން އިންޑިޔާ
  މިލްޓަރީ އައުޓު ދިވެހިބަހުން ނަމަ އިންޑިޔާސިފައިން
  ފައިބް މިވަރުއޯކޭތަ

  67
  1
 7. ޖާނޭ

  ޢިންދިއާ އައުަޓް

  42
 8. ލަދުކޮބާ

  ބަލަ ރައީސް ޔާމީނ ން ކައިރީ ން އަދިވެސް ކަންތަކު އެދެ ން ޖެހޭތަ؟

  35
  2
 9. ކޮތަރު

  އިންޑިއާ އައުޓް އިޑިއާ އިންދޭ އެހީތައްގިނަކަމުން ރައްޔިތުން ދެފައިކައިރިނުކުރެވިގެން މިއުޅެނީ؟

  30
 10. މުރާސިލް

  މިކަހަލަ ޚާއިން ދައުލަތުގެ މަޤާމުތަކުގައި ތިބެގެން މިދައްކާ ވާހަކައިގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ އަގެއް މިމީހުންގެ ހިތުގައި ނެތްކަން ސާބިތުވެއެވެ. ތިމާމެންގެ އަމިއްލަ ނަފުސާއި ޤައުމިއްޔަތު ވެރިކަމުގެ ދަހިވެތިކަމުގައި ވިއްކާލަން ފަސް ނުޖެހޭއިރު މި މީހުންނަށް އަހަރެމެން ދިވެހި ދަޢުލަތުން މިލިއަނުން ފައިސާ ޚަރަދުކޮށްގެން ކާރުވަށާ ދުވަން ސެކިއުރިޓީ ދީގެން މާލޭގައި ހުރި އެންމެ އަގުބޮޑު ހޮޓަލުގައި ބަހައްޓައިގެން ކަންކަން ކުރުމުގެ އޮތީ ކޮން މާނައެއް ހެއްޔެވެ؟ މިޤައުމަށް ބޭނުންވަނީ މި ފަސްގަޑާއި އަހަރެމެންގެ ދީން ދެކެ ލޯބިވާ އިޚުލާސްތެރި ވެރިންނެވެ. މިކަހަލާ ޚާއިނުންނެއް ނޫނެވެ.

  30
 11. އަހުމަދު

  އިންޑިއާ އަކާ އަޅުގަނޑުމެން ދެކޮޅެއްނޫން، ނުވެސްވާނަން ނަޝީދު ތި ހައްދަވަނީ ދޮގު އަޅުގނޑުމެން ދެކޮޅީ އިންޑިއާ ސިފައިން ރާއްޖޭގަ ތިބުން

  44
  1
 12. ރާއްޖެތެރޭ މީހާ

  އިންޑިޔާމިލިޓިރީއައުޓް އިންޑިޔާރަގަޅު

  43
 13. ބުއްޅަބެ

  އިންޑިޔާމިލިޓިރީއައުޓް

  38
 14. ޤައުމީ ރޫހު

  އިންޑިޔާމިލިޓިރީއައުޓް

  39
 15. އިބްރާހިމް

  ޔާމީނު ބޭނުމެެއްނުވާނެ އިންޑިއާއާއި ދެކޮޅުވާކަށެއް. ރ ޔާމީނުގެ ވެރިކަމުގައި އިންޑިއާއަށް އެންމެ ފަސޭހައިން ދެވުނީވެސް. ނަމަވެސް އިންޑިއާގެ އަޅުވެތިކަމަށް ޤބޫލްނުވެގެން ޖަލުގައި އެހުރީ.

  43
 16. އެމްޑީޕީގެ ސަޕޯޓަރުންނަށް މިރާއްޖެ ސަލާމަތްކޮށްދީ

  އެމްޑީޕީ ގަވެސްތިބީ ދިވެހިރައްޔިތުން ތޯ ހަމަ ސުވާލުއުފެދޭ ހިސާބައްކަންތައްތައް ވަމުންމިދަނީ ތިމާމެން ގެ ރީނދޫ ކުލައިގެ ޕާޓީ ކުދިންހަމަހޭވެރިވާކައްނުވޭތޯ މުޅިރާއްޖެ ވވވރަށް ބޮޑު ބިރުވެރިނާމާން ކަމެއްގެ ތެރޭގައި މިހާރުމިއޮތީ އޭގެގެ ނަތީޖާއަކީ ހުރިހާ ރައްޔިތުން ނިސްބަތްވާޕާޓީތަކުގެމީހުން ރުހުނަސް ނުރުހުނަސް ރައްޔިތުން ނިޒާމުބަދަލުކުރަން އެއްބަސް ނުވެއްޖިއްޔާ އެކަންކުރަން ބޭނުންވެ ކެއްމަދުވެފަތިބިބަޔަކު އެކަންކުރުމަށްޓަކައު ކެއުމެއް ބުއިމެއްނެތި އެކަންކުރުމަށް ޓަކާއެތިބަ ތެޅިފޮޅެނީ އެންގޮތެއްނެތިއްޔާ ރައްޔިތުން ނިދާފަހޭލާއިރުފެންނާނީ ބިރުވެރި ނާމާންމައްޒެއް ވިސްނާ ހޭއަރާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެހައްނުވި ރައްކަލެއް ފަހަކުންނުވެވޭނެ!

  11
 17. އިންޑިޔާމިލިޓިރީއައުޓް

  އިންޑިޔާމިލިޓިރީއައުޓް

  26
 18. އަލިބެ

  އިންޑޔާ އައުޓު

  24
 19. އަހުމަދު

  އެއްގައުމަކައްވެސް ރާއްޖެ ވިއްކާލައިގެން ނުވާނެ. ރާއްޖެ ނިކަމެތި ކޮއްފަ މިތާ ލާދީނިއްޔަތު ފަތުރަން ނަޝީދު އުޅެނީ

  12
 20. ކޮވިޑް

  ބަލަ ކާކުތަ އިންޑިއާ އާއި ދެކޮޅީ؟ އިންޑިއާގެ މިހާރު އޮތް ސަރުކާރާ މި ޤައުމުގެ ސަރުކާރުން ހާވާ ނުބައި ނުލަފާ ރޭވުން ތަކާއޭ މި ޤައުމުގެ މީހުން ރަތަށް އަރަނީ. މަނިކުފާނު ހިނދު ކޮޅުގަތޯ؟

  15
 21. މުހައްމަދު ބިން މުހައްމަދު

  ކަލޭޔާ، ޔާމީނާ، ނާޒިމާ އުމަރާ...އަދިވެސް ތިއުޅޭ ސިޔާސީ މީހުން އެއްބަސްވިޔަސް އަހަރެމެން ހުއްޓައެއްނުލާނަން.....އިންޑިޔާ ސިފައިން މިފަސްގަޑުން އައުޓް، ހަމަ ގަދަޔައްޖައްސާނަން މީދިވެހިންގެ މިނިވަން އިސްލާމީ ދިވެހިރާއްޖެ. ދެތިން ގައްދާރުންވެގެން މިކަން ބަދަލް ކުރަންނޫޅޭ، ކަލޭމެންގެ ހަލާކު ވަނީ ދާދި ގާތުގަ. އިންޝާﷲ.

  12
  1
 22. ޝަފީ

  އިންޑިޔާއިންދަނީ އެމްޑީޕީގެ މި ލާދީނީ ސަރުކާރު އެއީ އެމީހުންގެ ކޮންޑިއުޓަކައް ހަދައިގެން ރާއްޖެ އެމީހުންގެ ފުރިހަމަ ނުށުތެރެއަށް ލުމުގެ މައި ޕުލޭން ހިންގަމުން. އެކަން ނިމޭއިރު ދެނެއް ދިވެހިރާއްޖޭގެ މާބޮޑުބާރެއް ނޯންނާނެ..

 23. ޙހހހ

  ޔާމީން ބުނެގެންނެއްނޫން އެކަންކުރަނީ ، ރައްޔިތުން ބޭނުންވެގެން

 24. އާންނި

  އާއާއާގގގގ.. އިންޑިޔާއާއި ދެކޮޅުނުވޭ... އިންޑިޔާއާއި ދެކޮޅުނުވޭ.. އާއ.. މަށައް އެމީހުން އެހީނުވާނެ އެހެންނޫނީ... އާއާއާގގގ..

 25. ހުސެން

  މި އައްނިއައް މިކިޔާއެއްޗެއް ނުވެސް ވިސްނޭ މީ ހާދަ ބޯސަކަރާތް މީހެކޭ...ހަލާކު

 26. ޖާނޭ

  ތިބޭފުޅާގެ ހޫރު ކާފަ (ގަލޮޅު ޢަލީ ރަންނަ ބަނޑޭރި ކިލެގެފާނު) އަށް ދަންނވައިގެން އިންޑިއާ އާ ދެކޮޅުވުން ހުއްޓާލަން ދަންނަވަންވީ ނޫންތޯ! ފަޔަށް ހިނި އަރައިގެން އުޅޭހެން ހަލޭއްލަވާއިރު، އަހަރެމެން މިކިޔަނީ "އިންޑިއަން މިލިޓަރީ އައުޓް" އޭ. އިނަޑިއާ އައުޓެކޭ ނޫން. އުތުރު ތިލަފަޅު އެގްރިމެންޓަކީ ޞައްޙަ އެގްރިމެންތެއް ނޫނޭ. އިންޑިއަން މިލިޓަރީ އައުޓް. ދިވެހި ރާއްޖެ އަކީ އަންނިގެ، މައުމޫނުގެ، ކަސިނުގެ ނުނީ އިމްރާނުގެ އެކަނި ރާއްޖެއެއް ނޫނެ. މިރާއްޖޭ ކޮންމެ ރައްޔަތަކަށްވެސް އޮންނާނީ ހަމަ އެއް ހައްޤެއް. ރައްިޔުންގެ މުދާތައް ތިޔަ ގޮތަށް އިންޑިއާއަކަށް ނުވިއްކޭނެ. ހަމަ އަޑު އުފުލާނަން. އިންޑިއަން މިލިޓަރީ އައުޓް. އިންޑިއަން މިލިޓަރީ އައުޓް.