ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމްގެ ކުރީގެ ދޮންދަރި ދިފްލާ ޖުނައިދު އުޅުނީ ބަނޑުގައި ޖަހަން ކަމަށާއި، އެކަމަކު އެކަން ނުވި ކަމަށް ހައިތަމްގެ މިހާރުގެ އަނބިކަބަލުން ޝަޖާން މުއާޒް ވިދާޅުވެއްޖެއެވެ.

ޝަޖާން މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ ދިފްލާ އޭނާގެ ބަނޑުގައި ޖެހި ވާހަކައަކީ ދޮގު ވާހަކައެއް ކަމަށެވެ. ނަމަވެސް، ބަނޑާ ދިމާލަށް ދިފްލާ ފައި ނަގައި، ބަނޑުގައި ޖަހަން މަސައްކަތް ކުރި ކަމަށާއި ދުރަށް ޖެއްސީ ހައިތަމް ކަމަށް ޝަޖާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

"އެ ހާދިސާގެ ބިރުވެރިކަމާ ގުޅިގެން ވަގުތުން ހޮސްޕިޓަލުގައި އެނދުމަތި ކުރި. އަދި ބަނޑަށް 26 ހަފްތާގައި ދުވަސްނުފުރާ ވިހަން ޖެހުމުން ވަގުތުން ބޭރަށް ފުރަން ޖެހުނު" ސަޖާން ވިދާޅުވެފައިވެއެވެ

މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، ޝަޖާން ވިދާޅުވީ މައްސަލަ ޖައްސާފައިވަނީ ދަރިންގެ ހައްގުގައި ކަމަށެވެ. ޝަޖާން އާއި ހައިތަމް އަށް ދާދި ފަހުން ވަނީ އެއްމާބަނޑު ދެ ކުދިން ލިބިވަޑައިގެންފައެވެ. އެއީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ.

މެންބަރު ޚައިތަމާއި އަނބިކަނބަލުންނަށް ހައިތަމްގެ ކުރީގެ އަނބިކަނބަލުން ނަޖުމާ މޫސާ އާއި އޭނާގެ ދަރިފުޅު ދިފްލާ އިންޒާރު ދިން ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުއެވެ. ސަޖާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި މައްސަލަ އަނބުރާ ގެންދަން ނަޖުމާ އާއި ދިފްލާގެ ސިޔާސީ ނުފޫޒާއި، ފައިސާ ބޭނުންކޮށްގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހައިތަމްގެ ކުރީގެ އަނބިކަނބަލުން ނަޖުމާ މޫސާ ވިދާޅުވީ ހައިތަމްގެ ކައިރިން ފައިސާގެ ވާހަކަ އަހާލުން ނޫން އިތުރު ކަމެއް ނުހިނގާ ކަމަށެވެ. އެއްވެސް ހާލެއްގައި ބަނޑުގައި ޖަހާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއް އިމާރާތެއްގައި މިއުޅެނީ. ހަމައެކަނި އަޅުގަނޑަށް ދޭންހުރި ފައިސާގެ ވާހަކަ ހައިތަމް ކައިރިން އަހާލިން. އިތުރު ކަމެއް ނުވޭ، ސަޖާނުގެ ބަނޑުގައެއް، ދަރިއެއް ގައިގައެއް ނުޖަހަން" ހައިތަމްގެ ކުރީގެ އަނބިކަނބަލުން ނަޖުމާ ވިދާޅުވިއެވެ.

މީގެ އިތުރުން ނަޖުމާ ވިދާޅުވީ ސަޖާންގެ ގައިގައި ޖަހާނެހާ ހިތްވަރެއް ދިފްލާގެ ގައިގައި ހުރެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙަސަން

    މީވާ ކަމެއް. ދައުރު ހަމަވާ އިރުވެސް މެންބަރު އުޅުއްވަނީ ކުރީގެ އަނބިމީޙާ ކައިރިން ސަލާމަތް ނުވެވިގެން. ކޮންކަމެއްތޯ ދާއިރާއަށް ކޮއްދެވުނީ.. ބޯ ހަލާކު.

    56
    2
  2. ފީފް

    އަޖައިބެއް ކޮން ދިފްލާއެއްތަ.؟ ކުރީގެ ލަވަކިޔުންތެރިޔާ ދިފްލާ އަދި މިހާރު އެއީ ޑޮކްޓަރެއް ދިފްލާއަކީ. ކީއްވެ އެހެން ނުލިޔެގެން އުޅެނީ

    24
    3
  3. Anonymous

    މަގޭ ދޮންމަންމަ ވ ރަނގަޅުވާނެ ދޮންމަންމަ ދެކެ އަހަރެން ވ ލޯބިވޭ އެނގޭ ޑެޑީ ވެސް ލޯބިވާކަން ދޮންމަންމަދެކެވެސް ދޮންމަންމަގެ ދަރިންގެ ކޮންމެ ކާމިޔާބެއްގެ ފަހަތުގައި ހުރީ ދޮންމަންމަ ތި ކަހަލަ ގުންޑާ ބަފައިންނާއި ދޮންމަންމައިންގެ ވާހަކަ ަަުަަުަަުަަުަަުަަުަަުަަަަުަަުަަުަަުަަުަަުަަުަަިމއިވުނީމަ ކޮސްވެއްޖެ

    12
    3
  4. ވާނުވާ

    މިދެން މާ މުހިއްމު ވާހަކައެއްތަ؟

    21
    3
  5. ޑީއެންއޭ

    ޢިއްޒަތްތެރި މެމްބަރައް އެނގިލައްވާތޯ ޑީއެންއޭ ގަރީނާއިން ޒިނޭގެ ދައުވާ ކުރެވޭނެކަމަށް އެންމެ މަތީ ކޯޓުން ހުކުމްކޮށްފިކަން......މީ ވަރަށް ވާހަކަ...މިހިސާބުން ކުރުކޮށްލާނަން

    12
    2
    • ޝަރިއްޔާވަލްޤާނޫނު

      ތި ދޮގެއް.. ޑީއެންއޭ އިން ޒިނޭގެ ހައްދު ސާބިތު ނުކުރެވޭނެއޭ އެ ހުކުމުގަ އޮތީ އެކަމަކު ޤަރީނާއަކަށް ބަލާ ތަޢުޒީރީ އަދަބެއް ދެވިދާނެއޭ.. ހެކި އެއަި ވަކި އެއްޗެއް ޤަރީނާއެއީ އަދި ތަފާތު އެއްޗެއް.. އިލްމެއް ހިލްމެއް ނެތް ޖާހިލުން ނުކުމެ ފިތުނަ ވެރިވާހަކަ ދައްކަން އުޅުމަކީ ސީދާ ފަސާދައިގެ ޢަމަލެއް.. ވި މިލިޔަން ވާހަކަ އިނގޭތޯ

      6
      1
      • ތެދު

        ޙެހެހެހެހެ....އަނގަބާނަން ޖެހޭނެ ...ހުކުމުގައި އޮތް އެއްޗެއްގެ ވާހަކަ ބުނެފައި އެ އޮތީ...އެއީ އަދި ރަނގަޅު ގޮތެކޭ ގޯސް ގޮތެކޭ އެއްނޫން އެ އޮތީ....

        1
        1
  6. މަލް

    ދިފުލާ ހާދަ ގޯހޭ ދޯ؟

    15
    5
  7. Anonymous

    ޑޮކްޓަރަކަށް ވީމަތަ މާބަނޑު އަންހެނެއްގެ ބަނޑުގައި ޖަހަން އުޅުނީ،؟؟ތިވާނީ ހަމައެކަނި ނަމެއްގައި ޑޮކްޓަރެއް، ހަގީގީޑޮކްޓރެއްނަމަ އިންސާނީ ހިތެއްވެސް އޮންނާނެތާ، ތިމަންނަ ކިތައްމެ ހަސަދަވެރި މީހަކާ މެދުވެސް، އަދަބު އަޚުލާގު އަދި އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތްމީހަކަށް ކީއްކުރަންކިޔާ ޑޮކްޓަރެއް!! ތަންފުކެއް ބޮޑުވަރު

    9
    2
  8. Anonymous

    ވ. ދެރަކަމެއް.
    އަހަރެމެންގެ ތިން ދޮންމަންމަ ހުރޭ.
    ދުވަހަކު ވެސް މަންމަ ނޫނޭ ހީނުވާހާ ރަނގަޅު
    ނުބައި ނަސޭހަތެއް ނުދޭ.
    ވ. އޯގާވެރި. ހުލްޤް ރަނގަޅު
    ދަރިނަށް ރަނގަޅު ތަރުބިއްޔަތު ދެއްވާ ނަމަ މިހެންނުވާނެ.
    ދިފްލާގެ އަގު ވެއްޓިއްޖެ މީ ތެދެއްކަމަށް ވަންޏާ
    އިސްލާމީ ސިފަތަށް ދަސްކުރޭ .
    ޑރ އަކަސް ލިވަކިޔަކަސް ފަހު ދުވަހަށް ތައްޔާރުވުން މުހިންމެވެ

    7
    1
  9. ލޮލް

    ތި ބުނީ އެއީ އެހެން މީހެއްގެ ދަރިންނޭތަ

  10. ކަޕް

    ކޮންހާ ޑުރާމާއެއް ކުޅެން ތިއުޅެނީ..

  11. ޑޮކްޓަރ

    ޑރ.ދިފްލާ އެއީ ކުރީގެ ލަވަކިއުންތެރިއެއް އެެހެން ޖަހާބަލަ

  12. ނޫނާ

    އަދިކިރިޔާދޯ އަނގަހުޅުވާފަ ތިހެންބުނަން އިނގުނީ؟ މިއޮތްހުރިހާ ދުވަހުކީ އެހެންއެއްޗެއް. ބަޔެއްގެ ބޮލުގަ ތުހުތަމުއަޅުވާފަ އުފަލުގަހަމަ އުޅެވޭބާއޭ ހިތަށްއަރާ! ދަރީންގެ ހައްގުގަވިއްޔާ ފުރަތަމަ ތިދެމީހުން ތެދުވެރިބަޔަކަށް ވާންއެބަޖެހޭ. ނޫނީ ދަރީންގެ ހައްގޭކިޔާނެކަމެއްނެތް

    7
    1
  13. ކޮއްކޮ ނިންދަވަން އުޅުނީ

    ދިފްލާ އެއީ ކުރީގަ ނާނާ މިކިޔާދޭ ދެން ކޮއްކޮ ނިދާލާ ކީ އަންހެން މީހާ މިހާރު ޑޮކްޓަރެކޭ ކިޔާ އެކަމު ޕްރެކްޓިސް ކުރަނީ ކޮންތާކު ކަމެއްނޭނގެ.