ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ނަޝީދުގެ އެދިވަޑައިގަތުމަކަށް ގާސިމް، އެމަނިކުފާނާ ބައްދަލު ކުރެއްވީ ސަން އައިލެންޑް ރިސޯޓުގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ބައެއް ކަންކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ނަޝީދާއެކު މި ބައްދަލުވުމުގައި ރައްޔިތުން މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަކު، މި ބައްދަލުވުމުގެ މާ ބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ނަޝީދު މިއަދު ފްލައިމީގެ މަތިންދާ ބޯޓެއްގައި އދ. މާމިގިއްޔަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވައިފައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގާސިމާއި އެއާޕޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ތިއްބެވެ.

ނަޝީދު މާމިގިއްޔަށް ވަޑައިގެން އެ ރަށުގައި މާގިނައިރު ނުކޮށް ގާސިމް އިބްރާހީމާ އެކު ވަޑައިގެންނެވީ ގާސިމްގެ ސަން އައިލެންޑް ރިސޯޓަށެވެ. ދެ ބޭފުޅުން އެކުގައި ވަނީ އެ ރަށުގައި މެންދުރުގެ ފަރިއްކޮޅު ވެސް ކުރިއަށް ގެންދަވައިފައެވެ.

ނަޝީދު މިއަދު ގާސިމްއާ ބައްދަލު ކުރެއްވި އިރު، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ބައެއް މެންބަރުންނާ ވެސް ނަޝީދު ވަނީ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި އިދިކޮޅު މެންބަރުން އެންގެވި ހަމައެކަނި ކަމަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށްގެން ނޫން ގޮތަކަށް އެއްވެސް މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލުން ވަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ޔާމީން ކަމުގައި ނިންމައިފައެވެ. އެކަމަކު ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އޮތުމާއި އިތުރު ދައުވާތަކެއް ވެސް އުފުލާފައިވަތީ 2023 އަށް ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނެއެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން ދެކެނީ އޭގެ ކުރިއަށް ޔާމީން މިނިވަންވެ ވާދަކުރާނެ ކަމުގައެވެ.

ނަޝީދު ސިޔާސީ ބައެއް ލީޑަރުންނާ ބައްދަލު ކުރައްވަމުން ގެންދަވާ އިރު، އެމަނިކުފާނު އިސްވެ ހުންނަވައި ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމުގެ މަސައްކަތްޕުޅު ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާ ކަން ފާހަގަކޮށްލެވެއެވެ. އެމަނިކުފާނުގެ އަމާޒަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމަށް ގޮވާލައި ނަޝީދު އިސްވެ ހުންނަވައި އެކުލަވާލާފައިވާ ޕެޓިޝަންގައި ބައި ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. އެ ޕެޓިޝަންގައި ސޮއިކުރުމުގެ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ ކުރިއަށެވެ.

ނަޝީދު ވަނީ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކޮށް އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޖާގަ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީ ރިޔާސީ ޕްރިއިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވެއެވެ. އެކަމަކު ރައީސް އޭރު ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ކަނޑައެޅީ ރައްޔިތުން ކަމަށާއި ދެން ވެސް އެކަމުގައި ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ރަބަރޭ

    ބަރުލަމާނީ ގެންނަނީ ގާސިމް ބެއާ ގުޅިގެން

    25
    1
  2. އަހުމަދު

    ނަޝީދަކީ ބަރަކާތް ކެނޑިފަ ހުރި މީހެއް. އޭނާ ތާއީދުކުރާ ސަރުކާރުތައް އަންނަ ކޮންމެ ފަހަރަކު އިގްތިސާދު ފުނޑޭ

    46
    2
  3. ދަރަނި ދަންތުރަ

    ބަރުދަމާނެ ކަމެއްނެތް ގާސިމް ހަނދާންކުރާތި މިއީ ކެނެރީގޭ ޖާހިލުގެ އަމިއްލަ ގައުމެއްނޫން

    47
    1
  4. ވަތަން

    ގާސިމް 2023 ރެޑީވަނީ
    .

    25
    2
  5. ލުޓޭރުންގެ ސަރުކާރު

    އުމަ ރު ނަސީ ރު ގާސިމު ނަޝީދާ ބައްދަލުކު ރުމުން މައްސަލައެއްނެތްތަ..އޯކޭދޯ މިކަމުގަ..އެކަމަކު ޕޕމއާ ބައްދަލުކޮއްފިއްޔާ ވަ ރަށް ބޮޑު މައްސަލައެއް..

    17
  6. ބޭކާރު

    ހޫ ކެއަރސް ދިސް ގާސިމް ޝިޓް..😂😂

    16
    4
  7. ރައްދު

    ރ ޔާމީން މިހާ ރުން މިހާ ރަށް މިނިވަންކު ރުމަށް ގޮވާލަމެވެ
    ބަލަމާނީއަށް މަސްވަ ރާ ފެށޭނީ އޭގެ ފަހުންނެވެ.

    24
    2
  8. އަޙްމަދު

    މިހާރު ޤާސިމްއަށް ޔާޤީންވާނެ އެނާއަކީ މިޤައުމުގެ ބޮޑުވަޒީރުކަމަށް!

    25
  9. އެލެކުސް

    ތިކަމެއްނުވާނެ ސޭޓް 900 ސްޓަރފުން ސަންއައިލެންޑްގައި ތިބިޔަސް ވޯޓް ދެވޭނެ ތިބޭނީ ގިނަވެގެން 150 މީހުން ހުސްބޭރުމީހުން މިހާރު ސޭޓް އަށް ސޭޓްގެ ރިސޯޓުންވެސް ވޯޓެއް ނުދޭނެ. އަދިވެސް ހަމަމުސާރަ ނުދޭ އަންނީގެ އައުލާދު ކުދިންނަށް ކާންދީފައި ސާވިސް ޗަރޖް ދީފިއްޔާ ނަސީބު. އަންނިމީ ލަދުވެސް ކުޑަމީހެއް ސޭޓްއަށް ހެސްކިޔާފަ އެއްޗެހިގޮވާނެ ނާށި ގަޑުހިފާގެން މިހާރު ކޮންތާކު މިއުޅެނީ؟؟

    35
    2
  10. ކީލި

    ބައި ވެރިވޭ! ތީ ގާސިމް ސޭޓުގެ ވެއްޓުމާ ހަލާކު.

  11. ނާޅި

    ތިޔަ ހުރިހާ ނިޒާމަކީވެސް ހަމަ މިރާއްޖޭގައި ވެރިކަން ހިންގާފައިވާ ނިޒާމްތަކެއް ނުންތޯ ؟ ތިޔަ ބުނާ ބަރުލަމާނީ ނިޒާމުން ވަކި ރައްޔިތުންނަށް ކުރީ ކޮންފައިދާ އެއްތޯ ؟ އަސްލު ތިޔަ ބަރުލަމާނީ ނިޒާމަކީ ކިންގުގެ ރަސްކަމުގެ ނިޒާމް ރައްޔިތުން އަޅުވެތި ކުރާ ނިޒާމް !

  12. ޖޭޖޭ

    އިބޫ މިނިސްޓަރުންކޮޅު ގޮވާގެން ރާއްޖެއިން ބޭރުވި ވަގުތު ބަގާވާތެއް ކުރަންބާ މިކަލޭގެ މިދުވަނީ. ރައީސް އޮފީސް މީހުން ގޮވާގެން ގާސިމް ކައިރިއަށް ހިގައްޖެ. މަޖްލީހުގައި ޕީޕީ ކުދިންކޮޅު ރަހީނުކޮށް ކަހަލަ ގޮތަކަށް ބައްދަލު ކޮށްފި. އަންނަން ވާއިރަށް ދަނޑިއަރާނެތަ

  13. ކަރާބެ

    މާލޭގައި މަސްތުވާ އެއްޗެހި ތާށިވެ ބަނގުރާ ލިބުން ދަތިވީމަ ރިސޯޓްތަކަށް އަރާ ރަލަށް ސަލާން ޖަހަނީނޫންބާ؟މުޅިން ބަނގުރާ ޓީމެއްް ގެންގޮސްފަ އޮތީވެސް. ސޭޓަށް ކެރޭނެތަ ސާވްކުރި ފުޅިތަކާއި އެެއްކޮށް ބިލު ނޫނީ މަޑުކުރި ރޫމުން މަދުވި އެއްްޗެހީގެ ލިސްްޓެއް ޖަހާލަން

  14. އަސްލު

    ތިޔަބުނީ ވަރައްރަނގަޅު ވާހަކައެއް ސިޔާސީ މަސައްކަތެއް ނުކުރެވޭނެ ލަދުރަކި މީހަކައް އެމަސްކަތް ކުރެވޭނީ ވ ލަދުކުޑަމީހުންނައް

  15. ލލ

    ބަރުލަމާނީ ނިޒާމުން ރާއްޖޭގެ ރައްޔިތުންނަށް ލިބުނު މަންފާޔަށްވުރެން ރިޔާސީ ނިޒާމުން ލިބުނު މަންފާ ބޮޑު !

  16. ރައްޔިތުމީހާ

    ކޮންބަރުލަމާނީއެއް.ކޮން ރިޔާސީއެއްގެ ވާހަކައެއް. ސިޔާސީ ޕާޓީތަކުގެ ވެރިންގެ އިޚްލާސްތެރިކަމާއި ވަރަށް ބޮޑަށް ބީރައްޓެހިވާނެ... އަމިއްލަ އެދުމަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެބާ....އާއްމު ރައްޔިތުމީހާއަށް އިންސާފެއް، ހައްޤުތަކެއް، ނެތް... އެކަމަކު ޕާޓީއަށް މީހުން ހޯދާ ޕާޓީކަންތަކުގައި ޖާނުގުރުބާންވާންޖެހެނީ ޕާޓީގެ ޢާއްމު މީހާ