ޖުމްހޫރީ ޕާޓީ ބައިވެރިވާ ކޯލިޝަން ސަރުކާރެއްގައި ދައުލަތުން ގެއްލުމުގެ ބަދަލު ހޯދާ ގޮތަށް ޖެޕީން ހުށައެޅުމެއް ހުށައަޅައިފިއެވެ.

ޖުމްހޫރީ ޕާޓީ ބައިވެރިވާ ވެރިކަމެއްގެ ކޯލިޝަން އެއްބަސްވުމުގެ މައިގަނޑު އަސާސްތައް ހިމެނޭގޮތަށް 11 ހުށަހެޅުމެއް އެޕާޓީން ކޯލިޝަން ބައިވެރިންނަށް ހުށަހަޅާފައިވާއިރު މި ހުށައެޅުންތަކުގެ ތެރޭގައި ބުނެފައިވަނީ ރާއްޖޭގެ ބިން ބޭރު ބަޔަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާއި، 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިނުލެވޭގޮތަށް ގާނޫނުއަސާސީގެ އަސާސީ ހައްގުތަކުގެ ބާބަށް އުނިކަމެއް ލިބޭނެފަދަ ގޮތަށް ގެނެވުނު އިސްލާހާއި، މީގެ އިތުރަށް 2008 ގައި ތަސްދީގު ކުރެވުނު ފެހި ގާނޫނުއަސާސީގެ އަސްލާއި އޭގެ ރޫހާ ޚިލާފު އެންމެހައި ކަންކަން އަލުން ގާނޫނުއަސާސީގެ އަސްލަށް ރުޖޫއަކުރުމަށް ހުށަހަޅާ ކަމަށެވެ.

" ރައްޔިތުންގެ އަސާސީ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށާއި، ޚިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމާއި، ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ މެންބަރުންގެ ހައްގުތަކާއި، ފަނޑިޔާރުގެއާއި ފަނޑިޔާރުންގެ ހައްގުތަކާއި، މުޅި ދައުލަތާއި ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ފާސްކުރެވުނު އެންމެހާ ގާނޫނުތަކާއި ގަވާއިދެއް އަލުން އިސްލާހު ކުރުން " ޖޭޕީން އެދޭ ކަމަށް މި ހުށައެޅުތަކުގެ ތެރޭގައި ހިމެނެއެވެ.

ކޯލިޝަން ސަރުކާރުގެ ބޮޑެތި ހުރިހާ ނިންމުމެއް ކޯލިޝަންގެ އިސްވެރިންގެ ކައުންސިލެއް އުފައްދާ އެކައުންސިލުން ފާސްކޮށް ކުރިއަށް ގެންދިއުމަށް ވެސް ޖޭޕީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އަނިޔާލިބި، މަރުވެ، ގެއްލުވާލެވި، ޖަލަށްލެވި، އަރުވާލެވި، މުދަލަށް ގެއްލުން ލިބުނު ހުރިހާ ރައްޔިތުންނަށް އިންސާފު ލިބިދެވި ދައުލަތުން އޭގެ ގެއްލުމުގެ ބަދަލު ލިބިދިނުމަށް ވެސް ޖޭޕީން ވަނީ ގުޅިފައިވާ ޕާޓީތަކަށް ހުށަހަޅާފައެވެ.

އަދި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ނުކުރުމަށާއި، ކޮމަންވެލްތުގައި އަލުން ބައިވެރިވެ، ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުންބަދަހިކޮށް މިނިވަން ޚާރިޖީ ސިޔާސަތެއް ގާއިމްކުރުމަށް އެދިފައެވެ.

ޖުމްހޫރީ ޕާޓީން ބުނީ މިއީ ކޯލިޝަން އެއްބަސްވުމެއްގެ މައިގަނޑު ރުކުންތަކާއި އަސާސްތަކުގެ ތެރޭގައި ހިމަނަން ކޮންމެހެންވެސް އެދޭ މުހިންމު އުންސުރުތައް ކަމަށެވެ.އަދި ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އެންމެ ހަމަޖެހޭ ގޮތަކަށް ކަމަށާއި އެއީ ރާއްޖޭގެ އާންމު ރައްޔިތުންގެ ޕާޓީއެއް ކަމަށެވެ.

އެ ޕާޓީން ބުނީ އަބަދުވެސް ތިބޭނީ ގައުމާއި ރައްޔިތުންނާ އެކުގައި ކަަމަށާއި ވައުދުވާން ބޭނުންވަނީ، ކޯލިޝަން ހަދަން ބޭނުންވަނީ ދިވެހި ގައުމާ އެކުގައި، ދިވެހި ރައްޔިތުންނާ އެކުގައި ކަމަށެވެ.

ޖުމުހޫރީ ޕާޓީން ބުނީ މިއީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުވެސް އެޕާޓީން ޕާޓީން ވަރަށް އިޚުލާސްތެރިކަމާއި ވަރަށް ފޮނި އުންމީދާއެކު ރައްޔިތުންނާއި ގައުމުގެ ހައްގުގައި ނިންމި ނިންމުމާއި ކުރި ބުރަ މަސައްކަތުގެ ނަތީޖާއިން އުފެދުނު ސަރުކާރުތަކުން ކަންތައްތައް ވެގެންދިޔަގޮތުން ހުަށައެޅި ހުށައެޅުން ތަކެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީން ބުނީ މިއީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ހަމަޖެހުމާއި ގައުމުގެ އިސްތިގުލާލާއި ސަލާމާއި މިއަދު ދިވެހިރާއްޖެ އޮތް ހާލަތުން ގައުމު ސަލާމަތްކުރުމަށްޓަކައި އެޕާޓީން ކޯލިޝަން ބައިވެރިންގެ ކިބައިން ވައުދުވާން އެދޭ ވައުދުތައް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސާހިބާ

    ހައްގުތަކުގެ ވާހަކަދައްކާއިރުު ކޮބާތޯ ވިލާގެ ރިސޯޓް ތަކުގެ މުއައްޒަފުންނަށް ދޭން ގެސްޓުން އަތުން ނަގާފަހުރި ސާވިސްޗާރޖް ހަތަރުމަސްް ފަހަނައެޅީ؟ މީފިސާރި ވާހަކަ. އަޅުގަޑުމެންގެ
    އަޅުގަޑުމެންގެ ހައްގުފައިސާކޮޅު އަވަހަށްދީ.

    • ޝާނާ

      ޤާސިމްބެޔަށްހެޔޮތިކުދިންގެ ހައްޤުނުލިބުނަސް ޤާސިމްބެގެ އާ އާއިޝާގެ ހައްޤު ލިބެނިކޮށް

  2. މޮހޮނު

    މި ޕާޓީތަކުގެ މީހުންގެ ކަންތައްތައް ކޮށްދީފަ ރައްޔިތުންނަށް ކަމެއް ކޮށްދޭނެ ވަގުތެއް ހީއެއްނުވޭ ވާނެހެނެއް. ދެން މަހެއް ނުވަނީސް މިވެރިން ފަށާނީ ކޯޅެން. ހީއެއްނުވޭ ކޯލިޝަނަކީ ރަގަޅު ޗޮއިސްއަކަށްވާނެ ހެނެއް

  3. ބުރާންތި

    މުޅިލިޔުމުން ވަގުތައް ފެނުނީ ގެއްލުމުގެ ބަދަލު އެކަނިތަ؟؟

  4. މަރޭ

    ކޯލިސަނެއް ބެނުމެއް ނުން.. އިތުރަށް މިރާއްޖެ ހަލާކުވާނީ. ޔާމީނު ބަހަށް ޓާ.

  5. ކުނޫޒް ބޭބެ

    ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ބައެއް...ގެއްލުމުގެ ބަދަލު ހޯދާށޯ....ބަޔަކު އަޖައިބެއް ނުވާނެތަ؟ކޮބާ ތި މުވައްޒަފުމީހާގެ ހައްގު އޭނާގެ މުސާރަ އޭނާ މަސައްކަތް ކުރަމުން އެގެންދަނީ އޭނާގެ އާއިލާ ނުވަތަ އަނބި ދަރިން ނަށްޓަކައި...އެއްމަހު މުސާރަ ދީފިއްޔާ އަނެއް 15 މަސް ދުވަހު ނުދޭ...ކުންފުނީ ގެ މަާލީހާލަތު ދަށިީއޯ...އެކަމަކު ވެރިކަން ހޯދަން ކެންޕޭނަށް މާލީހާލަތު ދަށެއްނުވޭ...އަރަތެއްނު؟މިހާރުވެސް ހުސްވި މަހުގައި އެއޮތީ ސާރވިސްޗާރޖް ލިބުން ތަންކޮޅެއް ދަތި ވެދާނެޔޯ އެއްވެސް މުވައްޒަފަކު ހިތްބުރަ ނުކުރައްޗޯ...ރަނގަޅެއްނު....މި ސާރވިސްޗާރޖް އަކީ ހީވަނީ ކުންފުނީގެ ބަޖެޓުން ދޭއެއްޗެއްހެން...ދެންމިވަރު މީހުން ރަގަޅެއްނު ބަދަލު ހޯދަން އުޅެން....މިގައުމުގެ ވެރިކަން ރައްޔިތުން މިމީހުންނާ ހަވާލު ކޮއްފިއްޔާމު ރައްޔިތު މީހާ ބަނޑަށް މަރާކަށް ފަސް ނުޖެހޭނެ ކަމީ ފެންނަން އޮތް ހަގީގަތެއް...މީ ވ ވާހަކަ

  6. މަރުތެޔޮ މޮހޮރު

    އަދި ތީގެ އިތުރުން ދައުލަތުގެ އާމްދަނީގެ %70 ވިލާ ކުންފުންޏަށް ލިބެންޖެހޭނެ ކަމަށާއި، ވިލާކުންފުނިން ކުއްޔަށް ހިފާފައިވާ ބިންތަކާއި ރަށްތަކަށް ދައްކަންޖޭހޭ ފައިސާ ދައުލަތުން ވިލާކުންފުންޏަށް ދައްކަންޖެހޭކަމަށާއި، ވިލާގެ ރިސޯޓްތަކުން ވަޒީފާ ހޯދާ އެއްވެސް މީހަކަށް މުސާރައާއި އެއްވެސް އިނާޔަތެއް ދޭންނުޖެހޭގޮތަށް އޮތުމަށްވެސް ފެނޭ

  7. ހަބޭސް

    މޮޔަފުޅު ވެލެއްވީތޯ؟ ބިންތައް ވިއްކަން ވޯޓުދެއްވީ ހަމަ ހެއިގަނޫންތޯ 65 އަހަރުންމަތީމީހުންނަށް ވެރިކަމަށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށް ޤާނޫނު ފަސްކުރެއްވީ ތި އިއްތިހާދު ހަމަހެއިގަ އޮވެގެންނޫންތޯ؟ ހޭއަރާ ޤަސިމު ހޭއަރާ އެއްކަށި ޖަހައިފި ދެވަނަ ކަށިވެސް ޖަހަނެ

  8. މަލަކުރި

    ތިޔައީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަންތައްތައް

  9. ބަނާނާ ނިހާނު

    ސޭޓު އެއުޅެނީ ދަޢުލަތުން ލާރިގަނޑެއް ކާލަން! ނުހައްގުން އަނިޔާ ލިބުނު ކަމަށް ބުނާ ބަޔަކަށް ދަޢުލަތުން ބަދަލުދޭކަށް ނުޖެހޭނެ! ތި ބުނާ އަނިޔާ ދިންމީހުން (ދޮގު ހެކި ދިންމީހުންނާ، ނުހައްޤު ހުކުމްތައްކުރި މީހުން) ގެ މުދާ ހިފާ ބަދަލުދޭންޖެހޭނީ! އަނެއްކާވެސް ޓެކުސް ޕޭޔަރުންގެ ފައިސާއެއްނޫން އިސްރާފުކުރާނީ! މިނޫންގޮތަކަށް ބަދަލުދޭން ބޭނުންނަމަ ވިލާ ކުންފުނިން ބަދަލުދިނަސް މައްސަލައެއްނެތް!

  10. ހުސޭނުބޭ

    އެހެންވިއްޔާ މި މީހުންނަށް ސަރުކާރު ހިންގުމުގެ ބާރުތައް ލިބުނިއްޔާ ދައުލަތްވެސް މި މީހުންގެ އަތްދަށަށް ގެންދާނެދޯ! އޭރުން އޮންނާނީ ވިލާ މޯލްޑިވްސް..............

  11. ޝާނާ

    ޤާސިމްބެ ފުރަތަމަވެސްތި އިސްކުރީ އަމިއްލަ އެދުން އެހެންވީމާ ކުފޫވެސް ހަމަ ނުވި ކަމަށް ބަލާ ޖޭޕީއަށް ފުރުސަތު ގެއްލުވާލުމަށް ކުޅިފައިވާ ޕާޓީތަކުގެ ކޯޅޭޝަންއަށް ގޮވާލަން

  12. މަތާރަން

    ގަވަރުމެންޓް އޮފް ދަ ވިލާމޯލްޑިވްސް ސަޅި.