ވައްކަމުގެ މައްސަލައެއްގައި ހައި ކޯޓުން ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރުމުގެ މަސައްކަތް ކުރަނިކޮށް ފިލި މީހާ ހޯދައިފިއެވެ.

މއ. ވިއަވަތި ޝިނާހް އާމިރު ނަމަކަށް ކިޔާ އެ މީހާ ފިލާފައި ވަނީ ހައިކޯޓުގައި އިންދާ މި މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ ފިލުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ.

އެ މަސައްކަތުން ފުލުހުން ޝިނާހް ހޯދާފައި ވަނީ އިއްޔެ އެވެ. އަދި މިހާރު އޭނާ ވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވަނީ، އޭނާ އެ ސާވިސްއާ އިއްޔެ ހަވާލުކޮށްފައިވާ ކަން ކަށަވަރުކޮށްދެއްވާފައެވެ.

ޝިނާހްއަކީ ވައްކަމުގެ މައްސަލަ ސާބިތުވެގެން ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލި މީހެކެވެ.

ޑިސެމްބަރު 29، 2013 ގައި މާލޭގެ ގެއަކަށް ވަދެ ކަބަޑެއްގެ ތެރޭގައި ހުރި 170،000ރ. އާއި 10،000 ތައިލެންޑް ބާތު އަދި ސޮނީ ބްރޭންޑުގެ ކެމެރާއެއް ވަގަށް ނެގި މައްސަލައިގައި އޭނާގެ އިތުރުން އިތުރު މީހާކައަށް ކުރިއެވެ.

ޝިނާހްގެ މައްޗަށް ކުށް ސާބިތު ނުވީ އެކަށީގެންވާ ހެކި ނެތުމުންނާއި ވަގަށް ނެގި ތަކެއްޗަށް ދެވަނަ މީހާ ޒިންމާ ނެގުމުންނެވެ.

ނަމަވެސް މި މައްސަލަ ހައި ކޯޓުން އިސްތިއުނާފް ކުރުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމިއެވެ.

ޝިނާހުގެ މައްޗަށް ހުކުމް ކުރުމުން ހުކުމް ތަންފީޒު ކުރަން ކަމާ ބެހޭ ފަރާތްތަކާ ހަވާލު ކުރަންދެން އޭނާ ބަހައްޓާފައި ހުރީ ހައި ކޯޓުގެ ލޮބީ އޭރިއާގައެވެ. ޝިނާހް ފިލީ މުވައްޒަފުންނަށް އޮޅުވާލުމަށްފަހު ކަމަށްވެއެވެ.