ނ. އަތޮޅު ކެނދިކުޅުދޫއަށް ޒިޔާރަތް ކުރި ގުޑުގުޑާ ދޫންޏަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް "ވަގުތު" އަށް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ރައޫފް ވިދާޅުވީ ގުޑުގުޑާ ދޫނި މަރުވެފައިވަނީ ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު 5:57ގައި ކަމަށެވެ.

މި ދޫނި ފެނިފައިވަނީ މިއަދު މެންދުރުފަހު 2 ހާއިރު ރާޅުގަނޑުގެ ތެރޭގައި ވަރުބަލިވެފައި އިންދާ ކަމަށް ރައޫފް ވިދާޅުވިއެވެ. ގުޑުގުޑާދޫނި ހިފައިގެން ގެނެސްފައިވަނީ އެރަށުގައި ކުޅި އޮންނަ ސަރަހައްދަށް ދޫކޮށްލަން ވެގެން ކަމަށް ރައޫފް ވިދާޅުވިއެވެ.

މީގެ އިތުރުން ރައޫފް ވިދާޅުވީ ދޫނީގެ ހާލު ދެރަވެފައިވުމުން، މާލެއަށް ގުޅައިގެން އެރަށުގައި ދޫންޏަށް ފަރުވާދީފައިވާ ކަމަށެވެ. އަދި މަރުވެފައި ވަނީ ފަރުވާދެމުން ދަނިކޮށްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިރުވައި މޫސުމުގެ ކުރިއަށް އިރުވަޔަށް އެޅުމުގެ ކުރީގައި ދޫނި ސޫފާސޫފި ދަތުރުކުރުން ގިނަވެއެވެ. ގުޑުގުޑާ ދޫންޏަކީ ބައެއް އަހަރުތަކުގައި ރާއްޖެ އަށް އަންނަ ދޫންޏެއް ކަމަށްވެއެވެ.

ހިޖުރާކުރާ ދޫނިތައް ހިފާނަމަ ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން ވަނީ ވިދާޅުވެފައެވެ. ހިޖުރަކުރާ ދޫންޏަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެކެވެ.

މި ފަހުން ގުޑުގުޑާ ދޫނި އެންމެ ފުރަތަމަ ފެނިފައިވަނީ ހއ. ފިއްލަދޫންނެވެ. ހއ. އަދި ހދ. އަތޮޅުން ފެނިފައިވާ ގުޑުގުޑާ ދޫނިތަކެއް ފެނިފައިވެއެވެ.

ހއ. ފިއްލަދޫން އެ އަތޮޅު ބާރަށަށް ދިޔަ ގުޑުގުޑާދޫނިތަކުގެ ތެރެއިން ދޫންޏެއްގެ ފިޔަ ކޮށާލުމަށްފަހު -/30000 ރުފިޔާއަށް ވިއްކާލަން ފޭސްބުކްގައި އިއުލާން ކޮށްފައި ވަނިކޮށް ދޫނި ހޯދައި އެދޫނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. މަ

  އެއީ ބަލިވެގެން ފަރުވާހޯދުމަށް އެރަށަށް ދިޔަ ދޫންޏެއްތޯ؟ އަޅެފަހެ ހައިރާނެއް ނުވާނެތަ މިކަން ޖެހޭނެ މަރުކޮމިޝަނުން ތަޙްޤީޤް ކުރަން

  42
  4
  • ދޯދި

   މާދަން ސަރުކާރު ބަންދު ތަ

 2. ސަނީމާ

  ރަނގަޅު ޑޮކްޓަކައް ދައްކަން ބޭރައް އަވަހާ ގެންދިޔަނަމަ ރަނގަޅުވީސް.. ވަރައް ދެރަ.

  27
  5
 3. ލާމު

  ގުޑުގުޑާ ދޫނި އަވަހާރަވީ ނޫންތަ!

  34
  3
 4. Anonymous

  ރަސްމީ ބަންދު ދުވަހަކަށް މިފުވަސް ހަދަން ފެނޭ.

  37
  2
 5. ވާހަކަ

  ޖަނާޒާ ކޮންއިރަކުން

  30
  4
 6. ގިގުނި

  މާދަމާ ޝަހީދުންގެ ދުވަސް

 7. ބޮލުރޮދި

  ދިދަ 3/4 ދަނޑިޔަށް ތިރިކުރަންވީނުން....

 8. ހަސަންބެ

  ޑޮކްޓަރު އުންމީދު ކަނޑާލި ހިސާބުން ތިޔަ މަރުވުމުގެ ކުރިން ކަތިލާލިނަމަ... މަސްކޮޅުކެވުނީސް ދޯ.. މިހާރު ތިޖެހުނީ ތިޔަ އެއްލާލަން... ނޫނީ ދެން ތިޔަ މައުރަޒަށްލާ

 9. Anonymous

  ތިޔަ ދޫނި ވަޔާ ބެހިގެނ

 10. ނަންނުގަތި

  އައިޖީއެމްއެޗްގައި ކިތައްމީހުންނަށްތޯ ފަރުވާނުދެވި މަރުވެގެންދަނީ ނިކަން ދިރާސާއެތްހަދާލަބަލަ

 11. ީނ

  ޢިންސާނުންގެ ފުރާނައަށްވުރެ ގުޑުގުޑާދޫނީގެ ފުރާނަދޯ މިހާރު މުހިންމީ

 12. ާއަލީ

  އެންމެނަގެ ސޯޓު ބައި ދަނޑިއަށް ތިރިކުރަން ފެނޭ!!!

 13. ޙަލީމް

  ތިޔައީ ހިފައި ފިޔަކޮށާގެން އުޅޭ ދޫނީގެ ބައިވެރިޔާ! ޢަނެއްބައިވެރިޔާ އާ ވަކިވުމުގެ ހިތާމަ ތަހައްމަލް ނުކުރެވި ބަލިވެ ނިޔާވީ

 14. Anonymous

  ދުނިޔެ ގިޔާމަތް ވީ

  2
  1
 15. ބަދަވި

  މަށައްފެނޭ އެދޫނި ހެލިހޮޕްޓްރުގަ މާލެ ގެންގޮސް ޕޯސްޓްމޯޓަމް ހަދާފަ ގަލޮޅުސަހަރާގަ ރަސްމީ އިއްޒަތުގަ ވަޅުލަންވެސް އަދި ރާއްޖޭގެ ގައުމީ ދިދަ 3 ދުވަސްވަންދެން ބައިދަނޑިއައް ތިރިކުރަނވެސް

 16. ގުޑުގުޑާއްތަ

  ބައިދަނޑިއަށް ދިދަ ތިރިކުރަންވީ..އަދި ތި ދޫނި ފޯސްމޯޓަން ހަދަންޖެހޭ..އިންޑިޔާގެ ތަޖުރިބާކާރުން ގެނެސް ތަހުގީގުކޮށް ތިކަމުގަ ޒިއްމާވާ ފަރާތްތަކަށް އަދަބުދޭން ޖެހޭ...މަޖިސް ކުއްލިޖަލްސާއެއް ބާއްވައިގެން އިއްޒަތްތެރި މެންބަރުންވެސް މިމައްސަލަ ބަލާ ރިޕޯޓް ތައްޔާރުކޮށް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއްށްދާންވީ...ރައްޔަތު މީހާ ލެއިން ތައްތެޅިފަ ކުނިވެފަ އޮތަސް ހައްޕު.

  10
 17. އަޖޭ

  މި ހުރިހާ ކޮމެންޓަކީ ސާރކާސްޓިކް ކޮމެންޓޭ މަށައް އެކަނިބާ މި ހީވަނީ ؟

  2
  4
 18. މަހުޖަނު

  މިތާ މިކޮމެންޓު މިކުރަނީ ހާދަ ޖާހިލު ބަޔެކޭ. ކަލޭމެންނަ ހީވޭތައް އިންސާނުންނަ ދުމނިޔޭގައި އުޅެވިދާނެ ހެން އެހެން ހުރިހާ ޖަނަވާރުތައް މަރާލާފަ. ހީއެއް ނުވޭ ދުނިޔޭގެ އެކޯ ސިސްޓަމް އަކީ ކޯއްޗެއްްކަންވެސް އިގޭހެން.

  4
  10
 19. މުޙައްމަދު

  އެ ސޮރު ވެސް އުފާވެެރިކޮށް އުޅެން ބޭނުންވި@ އެކަމަކު ލިބުނު އަނިޔާ އިން ދުނިޔޭގައި ހުރުމަށް އެ ސޮރަކަށް ފުރުސަތެއް ނުލިބުނު @ މި އަދު ދުނިޔޭގައި ނެތް އިރު ވެސް ބޭފުޅުން އެސޮރާއި ގުޅުވާއިގެން ކިޔާ އެއްޗިއްސާއި މެދު ހިތާމަ ކުރަން!

  4
  1
 20. މަސްއޫދު

  އީޕީއޭ އިން ހަމައެކަނި ހިމާޔަތްކުރަން އެގޭނީ މޫސުމީ ދޫނިތަކަށްތޯ! ރަށްރަށުގެ މަގުތަކުގައި އެތަކެއް މަސައްކަތުން އިންދައި ހެއްދި ހުރިހާ ހިތިގަސްތައް ކަޑައި ދުވަސްވީ ގަސްތައް ކަޑައި ހުސްކުރީ އެންޑީޕީގެ ޖައްބާރުން! މިއިންކަމަކާ އީޕީއޭ އިން ބަސްބުނާ އަޑެއް ނުއިވޭ! މިފަދަ ކަންކަމާ މެދުވެސް އިންސާފު ނުކުރޭ!

 21. ޒުވާނުން

  ގުޑުގުޑާދޫނި ހިފާ ހައްޔަރުރުކުރީތީ އެކަން އެގޮތަށް ދިމާވީ، އެދޫނި ދާންވާތަނަކާއި އަދި ކާނެތަކެތި ހޯދާ އޭގެ ދިރިއުޅުން އޭތި ވޭތުކުރާނީ އެދޫންޏަށް ލިބިފައިވާ ﷲ ގެ ދީލަތި ޙިކުމަތްތެރިކަމުގެ ދަށުން، އެދޫނީ އެ ހެއްދެވި ފަރާތަށް ތަސްބީޙަ ކިއުން ހުއްޓާނުލައި އޭތި ދުނިޔޭގެ އެތަންމިންތަ ބަލަމުން ދަތުރުކުރަމުންދާ ދިއުމުގައި އެެއްވެސް އިންސާނަކު އަދި އެއްވެސް އިދާރާއަކުން އެދޫނި ހިފުމަކީ ވަރަށް ހިތާމަ ހުރި ކަމެއް. ދެރަކަމެއް. ތިޔަ ގުޑުގުޑާދޫނިތައް އަސްލު ރާއްޖެ މި އަންނަނީ ކީތްކުރަންކަމެއް އެއްވެސް އިންސާނަކަށް އެގިގެން ނުވޭ އެކަމުގައި ފޮރުވިފައިވާ އެތައް ކަމެއްވާނެ

 22. ކާފަ

  ހިނގާބަލަ މި މައްސަލަ ހިންނަވަރު އިބްރާހީމް މަރުކޮމިޝަނަށް ހުށައަޅަން.

 23. ހަދީޖާ

  ދޫންޏަކަށް ބުރަބަހެއް ބުނުމުން ، އިންސާނުންނަށް ނިސްބަތްކޮށް ޖާހިލުންނޭ ބުނީ ކިހާ ވަރަކަށް ކަންކަން އެގޭތީބާ؟ ބަލަ އީކޯސިސްޓަމް ނޭގިގެން ނޫޅޭ ބަޔަކު..ކިތައް ނަފްސު ކަތިލާ ފޮތިފޮތި ކޮށް ގޯނިގޯންޏަށް އަޅާ އެހޫރަލަނީ..ހިތަށް ތަސައްވަރު ކުރެވޭތަ އެ އާއިލާތައް ތަހައްމަލްކުރަމުން އެދާ ވޭނާއި ކެކުޅުން..ގުޑުގުޑާއެއް މަރުވީމަ އެކަމާއި އެކަމާއިވިދިގެން ޖާހިލައްގޮވާގޮތަށް އިންސާނުން ކުށެއްނެތި މެރަމުންދާ ދިއުމަށްވެސް ތިހެން ފުންމަފުންމާއިގެން ދޭބަ..