ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެކު މަސައްކަތްނުކުރާ ބަޔަކާ އެކު، ޕީޕީއެމް ކޯލިޝަނުން މަސައްކަތް ނުކުރާނެ ކަމަށް، އިދިކޮޅު ކޯލިޝަން ހިންގުމާއ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުލްރަހީމް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށާއި ނަމަވެސް ޕީޕީއެމް އާއިއެކު މަސައްކަތް ކޮށްފާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީކުރުމަށްފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވުމުންނެވެ.
އަބްދުލްރަހީމް މިރޭ "ވަގުތު" އަށް ވިދާޅުވީ ޕީޕީއެމް އަކީ ޔާމީންގެ ޕާޓީއެއް ކަމަށާއި ޕީއެންސީއަކީ ވެސް އެ މަނިކުފާނުގެ ވިސްނުންފުޅަށް ތާއީދުކުރާ ޕާޓީއެއް ކަމަށެވެ. "ޔާމީން ބަލައިނުގަންނަ ބަޔަކާއެކު އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން." އަބްދުލްރަހީމް ވިދާޅުވިއެވެ.
އަބްދުލްރަހީމް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރަކީ ޔާމީން ކަމަށާއި ގައުމަށް ދިމާވެފައި ހުރި މައްސަލަތަކުގެ ހައްލަކީ ވެސް ޔާމީން ކަމަށެވެ.
ނާޒިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޔާމީނާއިއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ސަބަބަކީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައެއްގައި ނާޒިމް ޖަލަށް ލުމެވެ. ނަމަވެސް މިއަދު ނާޒިމް ވިދާޅުވީ ޔާމީނާއިއެކު މަސައްކަތް ނުކުރެވޭނެ އެއްސަބަބަކީ ޔާމީންގެ އެކައުންޓްގައި 100 މިލިއަން ރުފިޔާ ހުރުން ކަމަށެވެ.
ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައިގައި ޔާމީން ކުރިން ވިދާޅުވެފައި ވަނީ ނާޒިމްގެ ގެއިން ފެނުނީ އޭނާ ގެންގުޅުނު ހަތިޔާރެއް ނޫންކަން ސާބިތުކޮށްދިނުމަކީ ނާޒިމްގެ ޒިންމާއެކެވެ. އެމައްސަލަ ފެންމަތިވުމުން ރައީސުލްޖުމްހޫރިއްޔާ އަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.
ރަހީމް ގެ ސިޔާސީ ރޭވުމެއްނެތް. މިހާރު ތިޔަރާވަނީ މިގައުމު ބަރުލަމާނީ އަކަށް ބަދަލު ކޮށް ދާއިމީކޮށް އެމްޑީޕީ ވެރިކަމުގާ ބޭއްވުމަށް. ޔާމީނު އެކަނި ޕާޓީ ން ނިކުމެ ޕާލަމެންޓުގެ ގޮނޑިއެއް ނުލިބޭނެ. އަބްދުއްރަހީމަށް އަމިއްލަރަށުންވެސް ގޮނޑިއެއް ނުލިބޭނެ. ވީމާ ސިޔާސީ ހަރަކާތުން ދުރުވެ ހުރިހާ ކުދި ސިޔާސީ ޕާޓީތައް ޕިޕީއެމާ އެއްގަލަކަށް އެރުވޭނެ މާހައުލެއް ތަނަވަސް ކޮށްދީ . 2018 ގެ ރިޔާސީ އިންތިހާބުގަ ޔާމީނު ފެއްިލް ކޮށްލުމުގެ ބޮޑު ރޯލް ކުޅުނީ ވެސް ތރަހީމާ ފާތުމަ. އަނެއްކާވެސް އެ ކުޅިގަނޑު ކުލެންފެށީތަ؟ ޔާމީނުގެ ފަހަތަށް އަރާނެ ސިޔާސީ އެކަކުވެސް މިގައުމަކުނެތް. އެމްޑީޕީ އަށް 65 ގޮނޑި ހޯދާ ދިނުމުގެ އެންމެ ބޮޑު ރޯލް ކުޅުނީ ރަހިމާ ފާތުމަ. އަނެއްކާވެސް އެ ކުޅިގަނޑު ފެށީތަ؟
ނާޒިމް ސާ ކޮންމެސް އެކައްޗެއް ވިދާޅުވޭ ތީ ވަރަށް ގަދަރުކުރާ ބޭފުޅެއް އެކަމް ޔާމިން ރިޖެކްޓް ކުރައްވަން ފަހަރަކު އެކިފަހަރު އެކިގޮތައް ވިދާޅުވީމަ މިހާރު ކަޑައޭބުނެވޭނީ. އެހެންވީމް މަމެއްވެސް މިހިސާބުން ސާ ރިޖެކްޓް. ޥ. ސަލާމް
ރ..ޔާމީން އެބައުޅޭތަ އިތުބާރާއިއެކު މަގާމު ހަވާލުކުރީމަ މަގާމަށް އައްދާރުވި މީހަކާއި ގުޅިގެން މަސައްކަތްކުރަން، އޭނަ އުޅުނީ އައްދާރު އަދީބުއާއި ތިމަރަ އެމްޕީރިޔާޒުއާއި ގުޅިގެން ރ.ޔާމީން ހަށިކޮޅަށް ފިސްތޯލައިން ހަމަލާދީ ފުރާނަ ދުއްވާލާފަ ތިމަންނަމެން ވެރިކަމަށް އަރަން، ދެންވެސް ރ.ޔާމީނު ޖެހެނީ މީނަ ވީތީ ގާނޫނަކީ ނެތްއެއްޗަކަށް ހަދާފަ މިނިވަންކަމާއިއެކު މަގާމުގައި ބަހައްޓަންތަ؟؟ ނިކަމެތި ރައްޔިތުމީހާގެ ބެލުގެ ދަށުގައި އެމީގެ ގޭގައި މަނާ ހަތިޔާރެއް ބަހައްޓާފައި ވަނިކޮށް ސާބިތުވީމަ ޝަރީއަތް ހިންގާގޮތަށް މިނިސްޓަރަކުވިޔަސް އެފަދަ އަމަލެއްގައި ބެދޭހިނދު ގާނޫނާއި އެއްގޮތަށް ދަޢުވާއުފުލި ޝަރީއަތް ހިންގާ ހައްގު އަދަބު ލިބެންޖެހޭނެ،
ސާބަހޭ އަދުރޭ، ރައީސު ޔާމީން އަށް ތެދުވެރި ވަފާތެރި ހިތްވަރުގަދަ ފަހުލަވާނުން އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިޔަގޮތުގައި ކުރިއަށް ވަޑައިގަންނަވާ
މަ ހީކުރީ ކަލޭތީ ހާބީ އެއްކަމަށް
ޕީޕީއެމް އަކީ ޔާމީން ޔާމީން އަކީ ޕީޕީއެމް އެހެންވީމާ ގުންޑާ ނާޒިމު އާ އެކީ މަސައްކަތެއް ނުކުރެވޭނޭ
ކާނަލް ނާޒިމް އާއެކު މަސައްކަތްނުކުރާނަން ، ނާޒިމްގެ އަންހެނުންނާ އެކު މަސައްކަތްކުރާނަން
އަބްދޫ، ކަލޭގެ ކޮމެންޓަށް ބުނެވޭނީ ކަލޭހުރީ މިގައުމުގައިހޭ ރ.ޔާމީން މިދައުރުގެ ވޯޓުން ފެއިލްވި ސަބަބު އޮޅިގެން އުޅެނީ،؟؟އެސަބަބު މިހާރު މިގައުމުގެ ވެރިން ގައުމު ހިންގަމުންދާ މިސްރާބުންވެސް އިތުރަށް ފަޅާއަރަމުން މިދަނީ، ރ.ޔާމީނަށް މިދައުރު ފެއިލްވީ އެމަނިކުފާނު އީސީ އާއި ހަވާލުކުރި އީސީ ޝަރީފު ކިޔާ ޓީމަކުން ޢައްދާރުވީމަ ފައިސާ ފުންނެއްގެ ދަހިވެތިކަމުގައި، އިންޑިއާގެ ގެރިމޯދީ ސަރުކާރުން ފައިސާފުންނެއްގެ ރިޝްވަތު ދީގެން ވޯޓަށް މަކަރުހަދައިގެން ވެރިކަމަށް ގެނެސްފައިވާ ރޯނުއެދުރު ވެރިންތަކެއް މިހާރު މިގައުމު ހިންގަނީ، މިހެންވެ އިންޑިއާއަށް ދަރަނި އަދާކުރަން މިގައުމުގެ މުހިއްމު ތަރިކަތައް ވެދުންކުރަމުން އެދަނީ، ވިސްހާ ފިކުރުކުރށބަޔަކަށް މިހަގީގަތް ނޮއޮޅޭނެ އުތެ.
ޕޕ އަށް ގައުމުގެ މިނިވަންކަމައް ވުރެ މުހިއްމީ ޔާމީނުގެ މިނިވަންވުން . މިމީހުން އިންޑޔާ އައުޓު މިނިވަން މުސްތަގިއްލު ސިޔާދަތު މި ގޮވުމުގެ މައިގަނޑު ބޭނުމަކީ ޔާމީނު ދޫކުރަން ޕްރެސަރ ކުރުން !!!!! ގައުމުގެ މިނިވަންކަން ބޭނުންވެގެން ގޮވާ ގޮވުންތަކެއް ނޫން . !!!!