22:07

އިތުރު 115 މީހުން ކޮވިޑަށް ފައްސިވެއްޖެ.

16:16

އައްޑޫ ސިޓީން ކޮވިޑް-19ގައި މިއަދު ދެވަނަ މީހަކު ނިޔާވެއްޖެ

10:45

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ތިން ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް މިހާތަނަށް އައިއިރު، 1،577 މީހުން ޖަހާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި.

08:56

ކޮވިޑް ޖެހިގެން އައްޑޫން އިތުރު މީހަކު ނިޔާވެއްޖެ.

ކޮވިޑް-19 ގައި ރާއްޖެއަށް މެއި މަހު ނެގި ބޮޑު ރާޅަށް ފަހު ހާލަތު ރަނގަޅު ވަމުން އައި ނަމަވެސް މިހާރު އަނެއްކާވެސް ހާލަތައް އައިސްދާނެ ބަދަލަކާއިމެދު ވިސްނަން ޖެހޭކަން އަދަދުތަކުން ފެންނަން ފަށައިފިއެވެ.

ރާއްޖެ އިން ހޮނިހިރު ދުވަހު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވިއެވެ. އެދުވަހު 225 މީހުން ފައްސިވިއެވެ. އިއްޔެ ފައްސިވި މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވިއެވެ. އިއްޔެ ފައްސިވީ 92 މީހުންނެވެ. ނަމަވެސް މިއަދު ފައްސިވި މީހުންގެ އަދަދު އަނެއްކާވެސް މިވަނީ އިތުރުވެފައެވެ. މިއަދު 149 މީހުން ފައްސިވިއެވެ. މިއަދަކީ މިމަހު ދެވަނަ އަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު މިހާރު ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 1550 އަށް އަރާފައެވެ. މިއަދަކީ މިމަހު ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 22 މީހަކަށް މިހާރު ވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ. މިއަދަކީ މިމަހުގެ 01 ވަނަ ދުވަހަށް ފަހު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ.

އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު 2262 އަށް އަރައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު