އައްޑޫ ސިޓީގައި ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ 86 އަހަރުގެ ފިރިހެނަކު ރޭ 12:10 ގައި ނިޔާވެފައިވާ ކަމަށެވެ.

މިހާތަނަށް އައްޑޫން ކޮވިޑްގައި ހަތް މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވުމުން ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 241 އަށް އަރާފައެވެ.

އިއްޔެ ކޮވިޑަށް ފައްސިވި މީހުންނާއިއެކު މިހާރު ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 1550 އަށް އަރާފައެވެ. އިއްޔެ މިމަހު ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 22 މީހަކަށް އިއްޔެ އިރުއޮއްސުމާއި ހަމައަށް ހޮސްޕިޓަލްގައި ފަރުވާ ދިނެވެ.

އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު 2262 އަށް އަރައެވެ.

ރާއްޖެ އިން މިހާތަނަށް ޖުމްލަ 87071 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ. އޭގެތެރެއިން 85268 މީހުން މިހާރު ކޮވިޑުން ރަނގަޅު ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު