ދުބާއީގައި މިހާރު ކުރިއަށްދާ ދުބާއީ އެކްސްޕޯގައި ތައުހީދުގެ ކަލިމަތަކަށް ދިވެހި ފަންނާނުންތަކެއް ނަށާ ވީޑިއޯއެއް ޓްވިޓާގައި މީހަކު އާއްމުކޮށްފިއެވެ.
މިވީިޑިއޯ ނަގާފައި ނަގާފައި ވަނީ އެކްސްޕޯގައި ދިވެހިރާއްޖެއަށް ހާއްސަކުރި ދުވަހުގެ ހަރަކާތް ކުރިއަށް ދިޔައެވެ.
ވީޑިއޯ އިން ފެންނަ ލަވައިގައި لا إله إلا الله މިހެން ތަކުރާރުކޮށް ކިޔާ އަޑުއިވެ އެވެ. ލަވައިގައި ޝަހާދަތުގެ ކަލިމަތައް ކިޔަމުން ދިޔައިރު ދިވެހި އަންހެނުންނާއި ފިރިހެނުން ލަވަ އާއި އެއްވަރަށް ނަށަމުން ދިޔައެވެ. ވީޑިއޯ އިން ފެންނަ އަންހެނުން ތިބީ ބަތްޕޮޅި ހިފައިގެން ސަގާފީ ކަނޑިކިއާއި ލިބާސްބުރީގައެވެ. ފިރިހެނުން ތިބީ ބޮޑުބެރު ހިފައިގެން ގަމީހާއި މުންޑުލާ އަރުވާ ޖަހާފަ އެވެ.
ދުބާއީ އެކްސްޕޯގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް މިހާރު ތިއްބެވީ ދުބާއީގައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. ނަމަވެސް ވީޑިއޯ އިން އެއިން އެއްވެސް ބޭފުޅަކު ނުފެނެއެވެ. ބެލެވޭ ގޮތުގައި ވީޑިއޯ ނަގާފައި ވަނީ ރަސްމިއްޔާތު ބަލަން ހުރި މީހަކު ކަމަށް ވާތީ ރައީސް ޞާލިޙާއި ސަރުކާރުގެ ވަފްދު ވީޑިއޯ އިން ނުފެންނަނީއެވެ.
https://twitter.com/jellyna22/status/1452642059270045697
ތައުހީދުގެ ކަލިމަތަކަށް ދިވެހިން ނަށާ ވީޑިއޯއެއް އާއްމުވުމާއިއެކު ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ނަމަވެސް މިކަމާއި ގުޅޭ ގޮތުން ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.
މަވެސް ހިތަށް އެރީ ހަމަ ތިޔަހެން.
ރަގަޅު ގޮތް އިންގުނީމަ ހުއްޓަން ޖެހޭ... މި ލަވަ ޖަހާފަ ބޮޑު ބެރު ޖެހުން ހުއްޓާލާ
އެހެން އަރަބިންގެ ތެރޭގަ އުޅޭ ސޫފީންނާ އެހެން މަޒުހަބުތަކުގެ މީހުން މިޒާތުގެ ލަވަޖަހާފަ ނެށިޔަސް އަހަރެމެން ނުޖެހޭ އެކަން ކުރާކަށް.. އަރަބިން ކުރާ ހުރިހާކަމެއް އެ ހުއްދަ ބޫނީ ހަލާލު ކަންކަމެއް ނޫން.. މި ލަވައަށް މިސްރު މީހުން ހަދާފަ އިން ވީޑިއޯ އެއްވެސް ކުރިން ދައުރުވި..
ދުނިއޭގެ މުސްލިމުންގެ އާބާދީއަކީ ކިހާވަރެއްތަ؟ ތިކިޔާ ޝިއައިންނާ ސޫފީންނާ ޔަޒީދީންނާ ދެންތިބިއްޔާ ތިބި ސުންނީނޫން ބައެއްވިއްޔާ އުނިކުރީމަ
ޔަޒީދީންނަކީ އިސްލާމްދީނަށް ނިސްބަތްވާ ބައެއް ނޫން. އެއީ އިސްލާމްދީން އައުމުގެ ކުރިއްސުރެ ވެސް އަރަބިންގެ ތެރޭގައި އޮތް ދީނެއްގެ ބައެއް. އަނެއްކޮޅުން އާބާދީ އަކީ ޙައްޤު ދެނެގަތުމަށް އޮތް މިންގަނޑެއް ނޫން. އިންސާނުންގެ ތެރޭގައި ގިނައީ ބާތިލު ގޮތުގައި ތިބި މީހުންކަން ޤުރުއާނުން އެނގޭ.
މިސަރުކާރުން ތިޔަކަހަލަ ކިތަންމެ ޓެސްޓެއް ހަދައިފި.
ޔާރައްބީ!!! ކަލޭމެން އެންމެންގެ ބޮލަކަކައް ހޮނެއްނެއް ނާޅާތަ؟؟ ޔަހޫދީންވެސް ތިހާ މުރުތައްދެއް ނުވާނެ. ކަލާނގެ ހުސްތޯހިރުވަންތަަވެރިކަން. ޔާ ﷲ އަޅަމެންނައް މަދު ޣާފިލުންކޮޅެއްގެ ސަބަބުން ކޯފާ ނުދިންނަވާނދޭވެ....
ހޮނުނާޅާތީދޯ އެވައްތަރަށް ތެޅިބާލަނީ.
އަދި މި އެނގުނީ... ދިވެހި ބޮޑުބެރު ލަވައެއްގަވެސް ތި ކަލިމަތަށް ކިޔާ، ނަށާ ހެދި. އޭރަކު ނުވިސްނޭ މިކަމުގެ ފޯރީގައި މިކަންކަން ވަމުން ދަނީ މިހެންކަމެއް...
ޝޭހުންތައް ސަރުކާރު ދިފާއުކުރާނެ އިމްރާނުގެ ކޮމާންޑައް އިޔަޒުއާ ޒައިދު އެކްޓިވޭޓްވެ ތިޔައީ ކުރީ ސަރުކާރު ކުރިކަމަކައް ހަދާ އޮމާންކޮއްލާނެ މަޤާމްގެއްލިދާނެތިވެ ވެރިމީހާވެސް ބުލެކްމއެިލްކޮށްގެން މިމިހުން އުޅެނީ ހުސް ހިމާރުން ހިޔަޅުގެ ކެހެރިގަނޑުލައިގެން އުޅޭބަޔެއްގެ މިސާލު
ސުބުހާނަﷲ!
ކިޔޭއެއްޗެއްވެސް ނޭގޭވަރަށް ވަޖިދުވެ ޣާފިލްވެ މުޅި ޤައުމަށްވެސް ހުތުރުކޮށްފި.😠
أستغفرالله. މިއީ މަހުލޫފު އެބުނާ ބޮޑުުބެރު ޖެހުން. މިކިޔާ ލަވަ އެއްޗެހި މީ އެއްވެސް ތާކުން ފާސސްކުރަންވެސް ޖެހޭ އެއްޗިއްސެއް ނޫންތަ؟ ބޮޑު މުންކަރާތެއްްގެ ތެރެއަށް ރިތިކުރަން ތައުހީދުގެ ކަލިމަތައް ލައިގެން.. سبحان الله
ހިންނަވަރު މީހުންގެ ކަންތަށް ހުންނަގޮތް
ތީ ހަމަ ރާއްޖޭގައި އެންމެ ގިނައިން މީހުން ކިޔާ އުޅުނު ބޮޑުބެރު އެއް ލަވަ، އަހަރެމެންނަށް އަޑުއިވޭ
ކިޔާލެއް ގިނަކަމުން ދުވަހަކުވެސް މަށަކައް އަޑެއް ނީވެ
ރޭގަ ދުށިން ތި..ލަދުން ބޯހަލާކު..ހިތަށް އެރި ތިނޫން ބޮޑުބެރު ލަވައެއް ނެތީބާއޭވެސްް..ތައުހީދުގެ ކަލިތައް ލައިގެން ފާޑު ފާޑުގެ ލަވަތައް ހަދައިގެން ވައްތަރުތައް ޖައްސާއިރު ނޭނގެ ތިމާމެންނަށް މިކުރެވެނީ ކިހާވަރެއްގެ ކަމެއް ކަން. ތިއީ އަހަރެމެން ކުޑައިރުވެސް އަޑު އަހާ ލަވައެއް. ހޭލުންތެރިކަން ނެތީމަ އޭރު ނޭނގި ދާނެ. އެކަމަކު މިހާރު ދީނީ ގޮތުން މީހުން ހޭލުންތެރި ޒަމާނެއްގެ ތިހުންނަނީ ކުރާ ކަހަލަ ކަންކަމެއްނޫން.. އަހަރެމެން މިތިބީ 21 ވަނަ ގަރުނުގަވިޔަސް އަމަލުތައް މިހުންނަނީ ޖާހިލިއްޔަ ޒަމާނުގަ..
ތިކަހަލަ ވާހަކަ ދެއްކީމަ ތަންތަނުގެ ވެރިން ތިޔަށް ކިޔަނީ ފިތުނަ އުފެއްދުން...ގިނަ މީހުން ތިމާ ކުރަން ބޭނުންވާ ކަމެއް ކުރުމަކީ ދީނުގެ މެދުމިންކަމާއި އިޚްތިލާފަށް ޢަމަލު ކުރުން ކަމުގަ ދެކެނީ..މިމީހުނަށް ނަމާދެއް ޤުރްއާނަށް ޢަމަލު ކުރުމެއް ސުންނަތެއް އެއީ އޮންނަ އެއްޗެއް ކަމެއް ނޭނގޭ...ދޫ ދެއްވީމަ މަވަރެއް ނެތިގެން ހައްގަށް ގޮން ޖަހަނީ..ﷲ އަޅަމެންނަށް ތެދުމަގި ދައްކަވާ ސާބިތުކަން ދެއްވާށި..
ތިޔަ ކުރީ ގޯސް ކަމެކެވެ. ތައުހީދު އަކީ ސްކޫލް ތަކުގަ ކިޔަވައި ދޭން ޖެހޭ މާއްދާ އެކެވެ.
ލާދީނީ ނޫންތަ. ޖަވާބެއް ދީބަލަ
ﷲ ވަނީ މިޔުޒިކް، ބެރު ހަރާމް ކުރައްވާފަ، އެކަމަކު ބެރުޖަހާ އަދި އެވަރު ނުވެގެން ކަލިމަތަށް ބޭނުން ކޮއްގެން ނަށާ އަޢުރަ ނިވާ ނުކޮއްތިބި އަންހެން ވެރިންލައްވާ ނަށާ މަންޒަރު މިފެންނަނީ. ހުރި ހިތާމައެއްގެ ބޮޑުކަމާ
،ތި އެންމެންނަށް ދައުވާ ކުރޭ... ތި ި
މީކީ މިހާރު ކިޔާފައިވާ ލަވައެއްނޫނެވެ މިލަވަ އަކީ މީގެ 40 އަކަށް އަހަރު ކުރިން ބޮޑުބެރު ލަވަކިއުންތެރިޔާ އޮގަރު އަލިފުޅު ކިޔާފައިވާ ލަވައެކެވެ ތަނެއްދޮރެއް ނޭގުނަސް ކޮންމެވެސް އެއްޗެކޭ ކިޔާގެން ފިތުނަ އުފެއްތޭތޯ ބަލާށެވެ.
އިއްޔެ ހަވީރު ޓީވީ އެމުން ލައިވް ކޮށް ތިޔަ ކުޅިވަރު ތައް ދެއްކި 4.15 އިން ފެށިގެން ވަރަށް ގިނަ މީހުންނަށް ފެނުނު ރާއްޖޭގައި ލަވަ ރެކޯޑް ކުރުމަށް ފަހު އެ ލަވަ ތަކަށް ނެށީ ތިޔަ ކަލިމަވެސް ކުރިން ރެކޯޑް ކޮށް ފަރިތަކޮށް ހެެދީ ކިހާ ދެރަކަމެއް އެމް އެމް ޕީ އާރުސީ އަދި ޓޫރިޒަމް މިނިސްޓަރ މިކަމުގެ ޒިންމާ އުފުލަން ވާނެ ކޮންމެ ކަމެއް ލާދީ ކުރަމުން މިދަނީ
ލާދީނީ ހަމަ..
މާދަމާ ރައީސް މައުމޫނު ބުނާނެ ގުރުއާން ގައި އެގޮތަށް ލަވަ ނުކިޔޭނެއޭ ނެތެއް ނޫންހޭ
އޭނާގެ ފަތުވާ މިސަރުކާރުން ގަބޫލު ކުރަނީ....... އެންމެ ފަހުން ރަބީއުލްއައްވަލް 12 ވަނަ ދުވަހު ވެސް ބުނީ އެދުވަސް ފާހަގަ ކުރެވޭނެއެޭ.....މިހާރު ވެސް މައުމޫނު ހުންނަ ގޭގައި މީހުން ގެނެސްގެން ސޮލަވާތް ކިޔަވާ މައުލޫދު ކިޔާ ކަމަށް ވަނީ
ގައުމުގެ ނަން ހުތުރުވުން އެއްކިބާގައި އޮތެއްކަމަކު އެއަށްވުރެ ނުބައި ފާހިޝް ކަން ބޮޑު ޖާހިލުކަމުގެ އިންތިހާ ﷲ ގެ ކަލިމަ ފުޅަކީ އެވެރިން ނާޗަރަންގީ ކުޅެ ބުޑު އަނބުރަން އޮތް އެއްޗެއްނޫން ފުކެއްބޮޑުވަރު ލާރިޔަށްވެސް ކުރަންވާނީ ކުރާކަހަލަ ކަންކަން ބިރުވެތިވޭ
ޔާﷲ!!! މަދު ބަޔަކުގެ ނުބައި ޢަ،މަލުތަކުގެ ސަބަބުން އަޅަމެންގެ މައްޗަށް ކޯފާއެއް ނުފޮނުއްވާން ދޭވެ!!!!
މީގެ ގާތްގަނޑަކަށް ތިރީސް ފަސްވަރަކަށް އަހަރުކުރިން ދިވެހިރާއްޖޭގެ އަޑުން ފޮނުވި "ބާއްޖަވެރި ހެނދުނެއް" އެ ޕްރޮގުރާމުގައި، މި ބޮޑުބެރު ލަވަ ޓެލެކާސްޓް ކުރި އަޑު ހުރީ ދިވެހި ފަޒާގައި ގުގުމާލާފައި. އެދުވަހުން ފެށިގެން މިކަން ހުއްޓުވާނެ، މިކަން ފާހަގަވި މީހަކު ހުރި ބާ؟ ކުރީ ކޮންކަމެއްބާ! ހިތާމަ ހުރި. ކުރީއްސުރެން ފެށިގެން ހިނގަމުން އަންނަ މިބާވަތުގެ ނުކިއްސަރު މުސްލިމުންނާ ނުގުޅޭ ކަންކަން ވަކި ބައެއްގެ ބޮލަށް ކަނޑާނުލައި، ހުއްޓުވަން މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމުގައި ދެކެން.
އެ ލަވައިގެ ނަން ބުނެބަލަ. އެ ނެށި ވީޑިއޯ ފެންނަން އޮތީ ކޮން އެއްޗެއްގަ
އެތާ އެތިބީ ފަގުޑި އަޅައިގެން ދީން ބާވާލެއްވި އަސްލު މުސްލިމުން އެމީހުނަށް މިކަން ގޯސްނުވިއިރި ކަލޭމެންނަށް ކޮންކަމެއް
އިސްލާމްދީން ބާވާލެއްވީ އެންމެހާ މީސްތަކުންނަށް. އަރަބިންނަށް އެކަންޔެއްނޫން. ޤުރުއާން ނުކިޔަވާ މީހުނަކަށް މިކަންކަން ނޭނގޭނެ. އަސްލު މުސްލިމުން ދެނެވޮޑިގެންވަނީ ﷲ. އަހަރެމެނަކަށް ނޭނގޭނެ.
ދީން އުނގެނުމުގެ ބަދަލުގަ ތަނެއް އޮތިއްޔާ ބޯކޮަށްޕޭތޯ ބަލާ އަދިވެސް
ވަރަށް ކުރިޔަލާ ޕްލޭން ކޮށް ރޭވިގެން ހިންގާ ޖަރީމާތައް ތިޔަ އީ. އެވްރިތިންގް އިޒް ޕްލޭންޑް.
ޝިއީން ގެ ގޮތުގައި ދިވެހިން ޒަމާންގަނޑެއްވެއްޖެ ތިޔަ ލަވަކިޔާތާ އެކަމު މިހާފާޅުކަންބޮޑުގޮތެއްގައި ތިޔަ ކަންކަންކުރުން މިއީ ފުރަތަމަފަހަރަށްވެދާނެ!
މުރުތައްދު އިބޫ އިސްތިއުފާ!
ކީއް ކުރާނީ ގަމާރު ސަރުކާރު....
ގަމާރުންތަކެއް
މިމީހުންގެ ސިކުނޑިއެއް ބުއްދިއެއް ނުހުރޭހެންހީވަނީ.. ސަރުކާރަކީ ލާދީނީކަމުން ހައްދުފަހަނަޅާފައިވާ ބަޔަކު ހިންގަމުންދާ އެއްޗެއްކަން އަހަރެމެން ބުނާތާ ކިހާދުވަހެއް. އެއޮތީ ޝަހާދަތް ބޮޑުބެރުލަވަޔަކައް ހަދާފަ..
ތިލަވަ ތިވެހި ރާއްޖޭގެ އަޑުންނާ ޓީވީން އިވެމުންދާތާ އެތަކެއް އަހަރުތަކެއް ވެއްޖެ ކީއްވެބާ މިއަދު ކުއްލިއަކަށް ތިލަވައިގެ ވާހަކަ މިދައްކަންފެށީ
މިޒަމާނުގަ ދިވެހިން އަބަދުވެސް ތިބޭނީ ރަތައްއަރާ ކޮންމެކަމެއް ދީނާ ގުޅުވަންވެފަ.
ޢިމްރާނާ ޢިއާޒް އާ ޒައިދު ވިދާޅުވާނެކަންނޭގެ މިއީ އެހާވަރުކަމެއްހޭ އެކަންއެނގިގެންދަނީ މިހާތަނައް ހަނުހުރުން
މިއީ މިސަރުކާރުގެ ލަވައެއްނޫން ، އިބުރާހިމްނާސިރުގެ ދައުރުން ފެށިގެން ދިވެހިން ބޮޑުބެރާއި ތާރަޖަހާއިރު ކިޔާލަވައެއް މިއީ ، ޚާއްސަކޮށް އުތުރުގެ އަތޮޅުތަކުގައި ، މިލަވަ ރަގަޅޭކޭނޫން މިބުނަނީ ، މިއީ މާކުރިއްސުރެ ކިޔަމުންދާ ގޯސްލަވައަކަށް ވާެއިރު މިލަވަ އެއްވެސް ބަޔަކު ރަގަޅުކުރަން އެއްޗެކޭ ބުނެފައި ނުވާތީ ހައިރާންވަނީ
ސަމަރޭ މެން ބާއްޖަވެރި ހެނދުނު ގެނެސްދިން ޒަމާނުގަ ވެސް ތިޔަ ބޮޑުބެރު ލަވަ ރޭޑިޔޯ އިން ޖަހާ އުޅޭ. އެކަކުވެސް އެ ކަވަ ލާދީނީ ވގެން އޭރަކުނޫޅޭ/ މިހާރު 2021 ގައި މިކަން މި އިނގުނީ؟
އަދި ޑުބާއީގަ، ކީކޭބާ މީހުން ހިތަށް އަރާނީ
މީދޯ ވަގުބިޓް ފަޒީ ގޮވައިގެންގޮސް ޖަހާ ސަކަރާތަކީ.ކޮންމެ ތަނަކަށް ދިޔަޔަސް ގެންދާނެ.
މިސަރުކާރުން ކޮންމެފަދަކަމެއްވެސް ކޮށްފާނެ
ތި ކުރީ ވަރަށް ނުބައި ކަމެއް
މިލަވަ އަކީ މީގެ 40 އަކަށް އަހަރު ކުރިން ބޮޑުބެރު ލަވަކިއުންތެރިޔާ އޮގަރު އަލިފުޅު ކިޔާފައިވާ ލަވައެކެވެ ތަނެއްދޮރެއް ނޭގުނަސް ކޮންމެވެސް އެއްޗެކޭ ކިޔާގެން ފިތުނަ އުފެއްތޭތޯ ބަލާށެވެ
މީގެ 60 އަހަރު ކުރީގައި ކަލޭ ކިޔަސް ހަރާމް ވާނީ ހަރާމަށް... ތިކަހަލަ ޖާހިލުންނަށް ހަރާމް ކޮންމެ ކަމެއް ވާނީ މެޓަޔަކަށް...
މީގެ 60 އަހަރު ކުރީގައި ކަލޭ ކިޔަސް ހަރާމް ވާނީ ހަރާމަށް... ތިކަހަލަ ޖާހިލުންނަށް ހަރާމް ކޮންމެ ކަމެއް ވާނީ މެޓަޔަކަށް...
ޥަރަށް ދެރަ މައްސަލައެއް
މިމީހުންނަށް ވޭންދެނިވި އަޒާބު ދުނިޔެއާއި އާޚިރަތުގަވެސް ދައްކަވާށި، އާމީން ޔާރައްބަލް އާލަމީން