ސަރުކާރު ކޯލިޝަންގެ ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު ދެކުވުނު ވާހަކަތަކުގެ ތަފްސީލް ދޭން ދެކޮޅު ހަދައިފިއެވެ.

އެނގިފައިވާ ގޮތުގައި ނަޝީދުގެ އެދިވަޑައިގަތުމަކަށް ގާސިމް، އެމަނިކުފާނާ އިއްޔެ ބައްދަލު ކުރެއްވީ ސަން އައިލެންޑް ރިސޯޓުގައެވެ. ގާސިމްއާ ބައްދަލު ކުރެއްވުމަށް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ފްލައިމީގެ މަތިންދާ ބޯޓެއްގައި އދ. މާމިގިއްޔަށެވެ.

މާމިގިލި އެއާޕޯޓުން ނަޝީދަށް ރަތް ދޫލައިގެ މަރުހަބާ އެއް ދެންނެވީ ގާސިމާއި އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. މާމިގިލީގައި ކުޑަ ވަގުތުކޮޅަކު މަޑު ކުރެއްވުމަށް ފަހު، ގާސިމް އާއި ނަޝީދު އެކީގައި ލޯންޗުގައި ވަޑައިގަތީ ސަން އައިލެންޑް ރިސޯޓަށެވެ.

ޓްވިޓާގައި އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ރިސޯޓުގައި ބޭއްވި އެ ބައްދަލުވުމުގައި ނަޝީދާއެކުގައި ރައްޔިތުން މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްވަރާތަކުގެ މައުލޫމާތު ހޯދަން ގުޅާލުމުން ގާސިމް "ވަގުތު" އަށް ވިދާޅުވީ ނަޝީދުއާ ބައްދަލު ކުރެއްވީ އެމަނިކުފާނު އެދިވަޑައިގަތުމާ ގުޅިގެން ކަމަށެވެ. އެހެންވެ، ރިސޯޓުގައި ބައްދަލު ކުރެއްވޭނެ ގޮތް ހަމަޖައްސައި ދެއްވީ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ކޮންމެ ބޭފުޅަކަށްވެސް އަޅުގަނޑާ ބައްދަލުކުރެވޭނެ ވަގުތު އޮތް ވަރަކުން" މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ވިދާޅުވިއެވެ.

ދެ ބޭފުޅުންނާ ދެމެދު ދެކެވުނީ ކޮން ވާހަކަތަކެއްތޯ ސުވާލުކުރުމުން ގާސިމް ވިދާޅުވީ އެ ވާހަކަތައް އަދި ހާމަކުރައްވަން ބޭނުން ނުވާ ކަމަށެވެ.

"އަދި އެ ވާހަކަތައް ދައްކަން ބޭނުމެއް ނޫން. ފަހަރެއްގައި ހާމަކުރަން ނުވާ ވާހަކަތަކަށްވުން އެކަށީގެންވޭ،" ގާސިމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އަލީ އާޒިމް ވެސް މަޝްވަރާތަކުގެ ތަފްސީލް ދެއްވަން ދެކޮޅު ހެއްދެވިއެވެ. އޭނާ ވިދާޅުވީ އެ މައުލޫމާތުތައް ހިއްސާކުރައްވާނީ ނަޝީދު ކަމަށެވެ. ހަސަން ލަތީފްއަށް ގުޅާލުމުން ފޯނު ނުނަންގަވާތީވެ އޭނާގެ ބަހެއްވެސް ލިބޭގޮތް ވަނީ ނުވެފައެވެ.

ގާސިމާ، ނަޝީދު ބައްދަލުކުރައްވާފައިމިވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމާއި ގުޅޭ ގޮތުން ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މަޝްވަރާތަކެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

އޭގެ ފަހުން އެމަނިކުފާނު ވަނީ މަޖިލީހުގައި ތިއްބަވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި އިދިކޮޅު މެންބަރުން އެންގެވި ހަމައެކަނި ކަމަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށްގެން ނޫން ގޮތަކަށް އެއްވެސް މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމެވެ.

އިދިކޮޅުގެ ބައެއް މެންބަރުންނާއި ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވަނީ - ފޮޓޯ: އާދަމް ޝަރީފް ޓްވިޓާ

ނަޝީދު ސިޔާސީ ބައެއް ލީޑަރުންނާ ބައްދަލު ކުރައްވަމުން ގެންދަވާ އިރު، އެމަނިކުފާނު އިސްވެ ހުންނަވައި ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމުގެ މަސައްކަތްޕުޅު ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާ ކަން ފާހަގަކޮށްލެވެއެވެ. އެމަނިކުފާނުގެ އަމާޒަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމެވެ.

ނަޝީދު ވަނީ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކޮށް އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޖާގަ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީ ރިޔާސީ ޕްރިއިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވެއެވެ. އެކަމަކު ރައީސް އޭރު ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ކަނޑައެޅީ ރައްޔިތުން ކަމަށާއި ދެން ވެސް އެކަމުގައި ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމާ ގާސިމް ދެކޮޅުކަން އޭނާ ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައެވެ. މަޖިލީހުގެ އިންތިހާބުގެ ގޮނޑިތައް ބެހި ގޮތުން ހިނގާދިޔާ ކަންތައްތަކާއި އެކު އޭނާ ގެންދަވަނީ ނަޝީދަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެއިން ކޮންމެ ފަހަރަކުވެސް ސަރުކާރު ދިފާއުކުރައްވައެވެ. އަބަދުވެސް ވިދާޅުވަނީ އޭނާ ހުންނަވާނީ ސާބިތުކަމާއެކު ރައީސް ސޯލިހުއާ އެކު ކަމަށެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްޓަކައި ގާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ފަށަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަފާ ދެއްވާފައިވާތީ އެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ނުކުރެވޭނެ ގޮތަކަށް ވާދަވެރި ސިޔާސީ އެއްވެސް މަސައްކަތްޕުޅެއް ދެން ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"ވާދަވެރި ސިޔާސީ އެއްވެސް ކަމެއްގައި ދެން އުޅޭނީ (ބަރުލަމާނީއަށް) ބަދަލުކުރެވޭނެ ހައިސިއްޔަތު ހޯދުމަށް. އެ ވެދާނެ ފެންނަ ނުފެންނަ ވޯޓަކަށް ނުވަތަ ރިޔާސީ އިންތިހާބަކަށް ވެސް. ކޮންމެ ކަމެއް ކުރިޔަސް ކުރާނީ (ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް) ބަދަލުކުރުމުގެ ހައިސިއްޔަތު ހޯދުމަށް،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހަވާސާ ހަމީދު

    24 ގަޑި އިރު ޓަޢިއަޅައިގެން ހުއްޓަސް ނަސީދުވާނީ ލާދީނީ މީހަކަށް،

    57
    3
    • ޙައްގުބަސް

      ވަރަށް ސާފު! ނަޝީދުގެ ބޭނުމަކީ އެކިއެކި ވާހަކަތައް ދައްކައިގެން އެވެނިކަމެއް ނުވަތަ މިވެނި މޮޅެއް ލިބޭނެކަމަށް ބުނެ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ގެނެވޭނެގޮތަށް މަގުފަހިކުރުމަށް ގާނޫނަށް އިސްލާހު ގެނައުން!! މިކަން މިހިނގައި ގަތީ ދާދިފަހުން ރައިސް އިބޫއާއި ބައްދަލުކޮށް އިބޫގެ އާންބަސް ލިބެގެން ކަމުގައި ދެކެން!! އިބޫ ދީފައިވާ ޚިޔާލާ އެއްގޮތަށް ޕާޓީތަކާ ބައްދަލުކޮށް ޕާޓީތަކުގެ ރުހުން “ހިޔަޅު” ޚިޔާލު ބޭނުންކޮށްގެން ހޯދައިގެން!! އެގޮތުން ނަޝީދު ފުރަތަމަ ބައްދަލުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރާ! ދެން ޕީޕީއެމާ! ޕީޕީއެމުން ސާފުކޮށް ޖަވާބު ދީފައި އެވަނީ އެއްވެސް ވާހަކައެއް ދައްކާނީ ޔާމީން ދޫކޮށްލުމުންކަމަށް ބުނެފަ! ގާސިމް އެއުޅެނީ އެވާހަކަ ސިއްރުކޮށްގެން! ދެން އިއްޔެ ރަޖިސްޓްރީވި އެމްއެންޕީއިން އެވަނީ އެމީހުނާ ނަޝީދު ބައްދަލުކޮށް ދެކެވުނު ވާހަކަ ހާމަކޮށްފަ! އެއީ “ހިޔަޅު” ވާހަކަތައް ހިމަނައިގެން ގާނޫނު އަސާސީ ބަދަލުކޮށް ބަރުލަމާނީ ގެނައުމަށް ތާޢީދުކޮށްދޭން އެދުނު ވާހަކަ ހާމަކޮށްފަ! މިކަން މިހާރުކުރަން އެމްޑީޕީން ބޭނުންވާނެ! އެއީ އިންތިޚާބަކުން ދެން އެޕާޓީގެ ކެންޑިޑޭޓަކު ރައްޔިތުން ނޮހުވާނެކަން އެނގޭތީ! މިކަން މިގޮތަށްކުރުމަށް (ގާނޫނު އަސާސީ ބަދަލުކޮށް ވެރިަކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުން) އިންޑިޔާއިން ވަރަށްބޮޑަށް ނަޝީދަށާ ރައިސްއަށް ބާރުއަޅަމުންދާކަމަށް މިކަން އެނގޭ ފަރާތަކުން ހާމަކުރާކަމަށްވޭ!! ރައްޔިތުންނޭ ހޭލާ ތިބޭތި! އިންޑިޔާ އަޑީގައި އޮވެގެން މިއުޅެނީ މިގައުމު މަކަރާ ޖަހައިގެން ހަމަ ފޭރިގަތުމަށް! ޣައްދާރުންނާ ގުޅިގެން!!

  2. އަހުމަދު

    ނަޝީދު އައުޓް. ނަޝީދަކީ މިހާރު ސިޔާސީ ދާއިރާގައި އަގުވެއްޓިފަވާ މީހެއް

    53
    5
  3. ލައުރާ

    ހޯ ހޯ ހިބަރު ވަދަކު ދެއްރައްޔިތުން ނުޖެހޭނެ!

    24
  4. ހަގީގަތަކީ

    އަހަރުމެންނައްތާ އޮޅުވާލެވޭނީ އެކަމަކު މާތްﷲ އައް އޮޅުވައެއްނުލެވޭނެ އެފަރާތައް ސިއްރެއްނުކުރެވޭނެ ކިތަންމެވަރަކައް ރޭވިއަސް އޮޅުވާލިޔަސް މާތﷲގެ އިރާދަފުޅަކާއި ދެކޮޅެއްނުހެދޭނެ މާތްﷲ މިނުލަފާމީހުންގެ ކިބައިންމިގައުމައި އިސްލަމްދީން ހިމާޔައް ކޮއްދެއްވާނެ އާމީން އާމީން އާމީން ވައްސަލާމް

  5. ކޮރަލް

    އިންތިހާބު ކައިރި ވާ ވަރަކަށް ލޯބި ވެރީންނަށް ބަދަލު ވާނެ އެވެ.

    23
  6. ޢަދުރޭ

    ތި ދެމީހުންނަކީވެސް މި ޤައުމަށް ކަމެއް ކޮށްދީފަ އޮތް ބައެއް ނޫން.

    23
    1
  7. ބީތާ

    ގާސިމް ބޮލައް ޗިޕު ޖެހީ ނިޒާމް ބަދަލު ކުރަން. މަޔާ ސަޓަނި އައްނި ތެޅެނީ ވެރި ކަމާ

    27
  8. ދަނާލް

    ސިއްރެއްނޫން އަހަރެމެނަށް އެނގޭ ދައްކާނީ ބަރުލަމާނީގެ ވާހަކަ ކަން . ގާސިމް އެއްބަސްވެފަ ވާނީ. ބުނި މުއުމިނެއް ގަޔަށް އެއް ހަރަކުން ދެފަހަރު ކައްޓެއް ނުޖަހާނެޔޭ. ގާސިމް ގަޔަށް އެއްހަރުން ހަފަހަރުވެސް ކަށި ޖަހާނެ . މުމިނެއްކަން ނޫންކަން އެނގޭނީ ހަމަ ގާސިިމަށް. ބުނާނެ ކަންނޭގެ ޑިފެންސް މިނިސްޓަަރ ކަން ދޭނަމޭ.

    17
  9. ދޫނިދޫ ޕޮލިސް

    މިވެރިކަމަކީ ﷲގެ ކޯފާއެއް

    16
    2
  10. އައްބެ

    ހީވަނީ ގާސިމަށް ރައީސްކަން އަންނިއަށް ބޮޑުވަޒީރުކަން ލިބޭގޮތަށް ދެއްކިވާހަކައެއްހެން.

  11. ނާދިރާ

    ތިޔަކީ މާކަ އަގެއްހުރި 2 މީހެއް ނޫން.

  12. ޙހހހ

    ނަޝީދު ދައްކާނީ ބަރުލަމާނީ ވާހަކަ ، ޤާސިމް އިދިކޮޅުހެދީމަތި ޤަބޫލުނުކުރީ

  13. ރަބަރޭ

    ވެރިކަމުގެ ދަހިވެތި ކަމުގައި ރޭވުންތައް ރާވަންފެށީ

  14. ނަހުލާ

    ސިއްރެއްނޫން ދޮތަ. ނިދަން އޮށޯންނަ އިރު އެހެންމީހުން ކިޔާ ޒިކުރުތަކުގެ ބަދަލުގަ އެސޮރަށް ކިޔެނީ " ބަރުލަ މާނީ ބަރުލަމާނީޔޯ " އެހެންވީމަ ގާސިމް ކައިރީގަވެސް ދައްކާނީ ހަމަ އެވާހަކަތާ . އަނެއްކާ އިބޫއާ ބައްދަލު ކޮށްފަ ބުނެފި އިބޫ ބުންޏޯ ވެރިކަމުގެ ނިޒާމް ބަދަލުކުރު މަސައްކަތައިިގެން ކުރިޔަށްދާށޯ. ދެއްކޭނީ ހަމަ ދައްކާނީ ވެސް އެވާހަކަތާ.

  15. Anonymous

    71 އހަރުގެ ގާސިމް ހީވަނީ ޒުވާނެއް ހެން ، ހުރިހާވެސް އެއްޗަކީ ސިއްހަތު! އަންނި 54 އަހަރުގަ ގާސިމް އަށްވުރެން ހާލު ދެރަ ހެން ހީވަނީ! 71 އހަރުގެ ކަސިމްބެ ޒޔވާނަކަށް ހެދިގެން !

  16. ލަތީފް

    ދިވެހިރައްޔިތުންނާއު ގައުމާއި ސިޔާދަތަށް އޮތް ބޮޑުވެގެންވާ ބޮޑު މުސީބާތެއް ނަޝީދަކީ! އެއްއިރެއްގައިވެސް ނެތް މިކަލޭގެ ދައްކާ ވާހަކައާއި ކުރާކަމެއްގައި ހެޔޮގޮތެއްވެފަައެއް! މާދަމާ އެމްޑީޕީ މީހަކު ބުނާނެ މިކަލޭގެ ވަރަށް މަސައްކަތްކުރައޭ! ހިތްވަރުގަދައޭ! މީނަ މިކުރަނީ ކޮންކަމެއްބާ؟ އިސްލާމިކް ގައުމެއް ވީރާނަ ކޮށްލަނީ! އިނގޮރޭސިބިލާތުގެ މަގުމަތީ ޕާޓޯ ގްރޫޕް ޖަމުއްޔާތަކާއި ގުޅިގެން މި ގައުމަށް ބުދުދީނާއި ބޭނުންދީނަކަށް އުޅެވޭ ގޮތަށް މިގައުމު ހެދުން! މިކަ:ލޭގެ ވެރިކަމުގައި އައްޑޫގައި އެކަން ފަށާފައޮތީ! އެކަމަކު ބުނީީ އެއީ އައްޑޫގެ މީހަކުކުރި ކަމެކޭ! ރައްޔިތުން ހޭ އަރާ . މިކަލޭގެ މީ ބޮޑު ޢަދާވާތްތެރިއެއް މުސްލިމުންގެ . ޚާއްޞަކޮށް މިގައުމަށް. މާދަމާވެސް ވެރިކަން ވެއްޓޭއިރަށް ބޭރުގައުމެއްގައި އޮންނާނީ! މިގައުމުގައި ހުޅުޖަހާނެ! ބޑ ޝއޠނ

  17. އަދުނާނު

    މުނާފިގުން އެގެއްޖެ ގާސިމޫ!

  18. ޢަލީ

    ޕީޕީއެމްގެ މެމްބަރުންނާ ބައްދަލުކުރާ ފޮޓޯއަށް ބަލާއިރު، ހީވަނީ އެއީ ދައުލަތުގެ މުހިއްމު އިދާރާއެއްގެ އެތެރެހެން، އެކަމަކު އެތާ އެ ހިނގަނީ އެތަނާގުޅުންހުރި ކަމެއްނޫން، ނަޝީދާ ޝިފާޒަކީ އެއްއޮފީހެއްްގައި ވަޒީފާ އަދާކުރާ ދެމީހުނެއްނޫން، އެހެންކަމުން މިއީ އެމްޑީޕީގެ ކަމެއް، ދައުލަތުގެ އިދާރާއެއްގެ ވަސީލަތްތައް ބޭނުންއެކުރަނީ، އަމިއްލަ ޕާޓީގެ ބޭނުމަށް، މިއީ ކޮރަޕްޝަން، އޭސީސީން މި މައްސަލަ ބަލާނެބާ؟

  19. މަރިޔަމް މޫސާ

    ގާސިމް ގޯންޏަށް ލާން ވަރަށް ފަސޭހަވާނެ. ބޮޑުވަޒީރުކަމުގެ ހުވަފެން ދައްކައިގެން ނަޝީދު އޭނާ ހައްލައިލާނެ. ބޭނުމަކީ ނަޝީދު ބޮޑުވަޒީރަކަށް އަދި ކަމެއް ނުކުރާ އިބޫ ކަމެއްކުރާން ނުޖެހޭ ރައީސަކަށް ވެގެން ރާއްޖެ ކުރިއެރިޔަ ނުދީ އިންޑިއާގެ އަތްދަށުގައި ބާއްވައިގެން ލާދީނިއްޔަތު ފެތުރުން. އޭގެ ސަބަބުން ނަޝީދާއި އިބޫއަށް ނޮބެލް އިނާމު ހޯދުން.