ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއު ފެއިލްކޮށްލަން ކިތަންމެ މަސައްކަތެއް ކުރިއަސް އެކަމެއް ނުވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

އިނގިރޭސި ވިލާތުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ އަލީ ވަހީދު އެގޮތަށް ވިދާޅުވެ ޓުވީޓެއް ކުރައްވާފައި މިވަނީ ހިޔާ މަޝްރޫއުގައި ދައުލަތާއި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކޮށްފައިވާ ކަންކަމުގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގައި، އެ މީހުންނާ މެދުގައި ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައި މެމްބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގަމުން އައި ދަނޑިވަޅެއްގައެވެ.

އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ސޯޝަލް ހައުސިންއަކީ ރައްޔިތުންނަށް ދެވޭ ހިދުމަތެއް ކަމަށެވެ. އަދި އެއީ "އަރަނީ"ގެ ވިޔަފާރިއެއް ނޫން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"ތިން އަހަރުވީ އިރު ކުރީ ސަރުކާރޭ ކިޔުންނޫން ކުރެވުނު ކަމެއް ނެތް. މިސްކިތް، ސްކޫލް ކޮބާ،" ހުޅުމާލޭގައި މިހާތަނަށް އައިއިރު ވެސް ސްކޫލަކާއި މިސްކިތެއް މި ސަރުކާރަށް އެޅިފައި ނުވާތީ އެކަމަށް އިޝާރާތް ކުރައްވައި އަލީ ވަހީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު މިއަދު މަޖިލިހަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ ހިޔާގެ ނަމުގައި ފެށި މަޝްރޫއުގެ ދަށުން ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި، އެހެން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށާއި އެކަމުގައި މަކަރާއި ކޮރަޕްޝަން ހިމެނޭ ކަމަށެވެ.

ހިޔާ މަޝްރޫއު ހިންގާފައިވާ ގޮތާއި ހައުސިން ޔުނިޓުގެ އަގު ކަނޑައަޅާފައިވާ ގޮތް ދިރާސާކުރުމަށް ފަހު ހައުސިން މިނިސްޓްރީ އާއި އެޗްޑީސީގެ ފަރާތުން ކަމުގެ ހަގީގަތް އޮޅުންފިލުވައިދިނުމުގެ ގޮތުން ކުރާ މަސައްކަތަކީ ސައްހަ މައުލޫމާތު ނޫން ކަމަށް ދެއްކުމަށް ބަޔަކު މަސައްކަތްކުރާ ކަމަށް އެ މައްސަލައިގައިވެއެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އޭގައިވެއެވެ.

ފަލާހް ވިދާޅުވި ގޮތުގައި ޔާމީންގެ ވެރިކަމުގައި ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ނަމުގައި ހެދި ހިޔާ ފްލެޓުތައް މިހާރު ވެގެން ގޮސްފައި މިއޮތީ ރައްޔިތުންނަށް ބޮޑު އުނދަގުލަކަށެވެ.

"އެތަނަށް ވަންނަ މީހުންނަށް އެތަނުގައި ދިރިއުޅެވޭކަށް ނެތް. ނޫޅެ ވާކަށް ނެތް. އެހެން ތަނަކަށް ދެވޭކަށް ނެތް. އެހެން ގޮތެއް ނުމެ ނެތްމެ،" ފަލާހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޮކި

    ކަލޭ މާރީއްޗެއްނޫން ވާހަކަ ދައްކާކަށް ! ކަލޭ އޮވެބަލަ ޔޫކޭ !

    5
    3
  2. އަލީމޫސާ

    މަކަރާއި ، ދޮގުހަދައިގެންވެސް ރައްޔިތުން ބޮލަށް ޓެގް ޖަހާބަޔެއް އޭކީ އާކަމެއް ނުން. ކުރީސަރުކާރުން ކުރި އެއްވެސް ރަގަޅުކަމެއް ދެއްކުމަކީ އެމީހުންނަށް ހަޖަމުކުރެވޭނެ ކަމެއްނުނ.
    ﷲ މަކަރުވެރިންގެ މަކަރުން އަޅެމެން ސަލާމަތްކުރައްވާށި.

    11
  3. ހިޔާމަސްރޫ

    ހިޔާމަޝްރޫއޭކިޔައިގެން ސަރުކާރުތަކުން ކުރަނީ ރިޔަލް ސުޓޭޓްވިޔަފާރީ އެކަމަކު ސަރުކާރަކުން ވިޔަފާރިއެއް ނުކުރަނޯ މީދެންކޯންޝެއްތޯ

  4. ޢަދުރޭ

    ވަޢުދުވީ އެއްކަމެއްވެސް ނުކޮށްދެވުނީމާ ، ދެން ހެދެން އޮތް ގޮތަކީ ކުރީ ސަރުކާރުން ކޮށްދީފަ ހުރި ކަންކަން ގޯސްކޮށްފައި އެކަން ތަޙުޤީޤު ކުރަންށޭ ކިޔާފައި ބަޖެޓްގައި ދެންހުރި ފައިސާކޮޅުވެސް ދިރުވާލުން .

    10
  5. ފަންސުރު

    އެއް ޕާޓީން އަނެއް ޕާޓީއަށް ކަލޯ ދުވެލަ ދެވެލާ ހުރޭ....

    5
    3
  6. ތުއްތޮނާ

    ތެދުވެރިކަމައެކު ރައްޔިތުންނަށް އެއްވެސް ކަމެއްނުކޮށްދެވުނީމާ ފުލެޓޭކިޔައިގެ އުޅުނަސް އެއަޑެއް ނުކެޑޭނެ ފުލެޓުގެ އަގުބޮޑުކުރީ މި ސަރުކާރުން ހަދަނީ މަކަރު ވަޙީގުބަސް ތެދު