ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދީގެން މިނޫނީ ރައްޔިތުން ދެކެ ރުޅި އަންނަ ސަރުކާރެއް ނުދެކޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހުޅުމާލޭގައި އިމާރާތްކުރި ހިޔާ މަޝްރޫއުއަކީ ކުރީ ސަރުކާރުން ހިންގި ޖަރީމާއެއް ވިދާޅުވެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހް ހުށަހެޅުއްވި މައްސަލައަށް މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ މިއީ ރައްޔިތުންނަށް ގެދޮރު ދިނުމުން ރުޅިގަދަވެގެން އުޅޭ ހަމައެކަނި ސަރުކާރު ކަމަށެވެ.

"އަޅުގަނޑު ހައިރާން ވެއްޖައިން. ރައްޔިތުންނަށް ހިދުމަތް ކުރަން އައިސް އޮތް ސަރުކާރެއް ބާއޭ. ރައްޔިތުންނަށް ހިދުމަތް ކުރަން ވަކާލާތު ކުރާ މެންބަރުން ބާއޭ. އަޅުގަނޑުގެ ހިތަށް އެބައަރާ. އެމްޑީޕީގެ މެންބަރުންނަށް އަޅުގަނޑު މިއިޝާރާތް ކުރަނީ. ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނީމަ، ދިރިއުޅޭނެ ގެދޮރު ދިނީމަ ރުޅިގަދަވެގެން އުޅޭ ސަރުކާރެއް މިނޫނިއްޔާ ނުދެކެން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރަން ގޮވަމުންދަނީ އެމަނިކުފާނު ޚިދުމަތްތަކެއް ކުރީމަ ކަމަށެވެ. އަދި މާލޭ ރައްޔިތުން މުއިއްޒު މާލޭގެ މޭޔަރުކަމަށް ބޮޑު އަޣުލަބިއްޔަތަކުން، ބޮޑު ތަފާތަކުން ހޮވާފައިވަނީ މާލޭ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވާފައިވާތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ. "ދެން ކީއްވެގެންތޯ މިތަނުގައި ރައްޔިތުން ކުއްވެރިކުރަނީ. ރައްޔިތުން އަދިވެސް އުއްމީދުތަކެއް އެބަކުރޭ. ފަސް އަހަރު ދުވަހަށް އައި ސަރުކާރެއް މިއީ. ބޯހިޔާވަހިކަން ވިއްކައިގެން އައީ. ރައްޔިތުން އެބައުއްމީދު ކުރޭ ގާފޮޅެއް ހިސާބު ވެސް ހުޅުމާލޭގައި، މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބާއްވާލައިދޭނެ ކަމަށް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ އަދިވެސް ރައީސް ޔާމީނާއި ކުރީ ސަރުކާރުގެ ކިބައިން "ނައްޓައި ނުލައިގެން" މިހާރުގެ ސަރުކާރާއި އެމްޑީޕީން އުޅެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ޝިޔާމް ވަނީ ރައްޔިތުންނަށް ސަބްސިޑީ ދިނުމަށް ފައިސާ ނެތްކަމަށް ސަރުކާރުން ބުނެ ސިޔާސީ މަގާމުތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރަމުން ގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. "މިވެރިންނަށް އެކަން އޯކޭ. އެކަމަކު މިތިބީ ސަރުކާރު ޖަވާބުދާރީ ކުރުވާ ޒިންމާދާރު ކުރުވަން." ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހީބެއްޔާ

    ހިޔާފުލެޓްގެ ވާހަކަ މިހާބޮޑުކޮއްލައިގެން މިއުޅެނީ ހީވަނީ އެހެން ގޮއްނޭންގޭ ކަންތައްގަޑެއް ހިންގާހެން ސަރުކަރުން މިދެބޯގެރިދުއްވުން ރަގަޅައް ހޭއަރައިގެންބައްލަވާ

    19
    1
  2. ސަހަރޯ

    ހިޔާފުލެޓުތަކުންނުނެއްޓިގެންއުޅެނީ އިބުރާހިމަކީވެސް މީސްމީހުންގެ ގޯތިކުއްޔައްފިފައި ގެން އެތަންތައް ބޮޑު އަގުގައި ކުއްޔައްދޭމީހެއް އެހެންވީމާ އެތަންތަންތައް ކު އްޔައްހިފާމީހުންމަދުވާތި މިއުޅެނީ ހިޔާފުލެޓުތަކުން ނުނެ އްޓިގެން!!

  3. ވާނުވާބެ

    އިންޝާﷲ، 2023 ގަ އަޅައިގަނެގެން އުޅޭ ގާފޮޅުން ނައްޓާނެ، ހިޔާ ފްލެޓް ދިރިއުޅެން ތިބި 30000 ނިކަމެތި ރައްޔިތުންގެ ޖަވާބު ފެންނާނެ ވޯޓުން، މިތިބީ ކެތްތެރިކަމާއިއެކު

  4. މާލެ ރަހޫ

    އާ އެކޭ އަހަރެމެންގެ އާމުދަނީއަށް ހާދަ އަސަރެއް ކޮއްފިއޭ..

  5. އަހުމަދު

    ދޮގެއްވާ ނޫން....
    މި ސަރު ކާރުން ހުޅުމާލެއިން ފުލެޓް ނުދޭން ހާދަ ހިއްވަރެއް އެބަ ކުރެޔޭ....