ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާއި އެ މީހުންގެ ވަސީލަތްތައް ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ސަރުކާރަށް ހުށަހަޅާ ޕެޓިޝަންގައި ސޮއި ހޯދަން ރަށްރަށަށް ދަތުރު ފަށައިފިއެވެ.
ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ސޮއި ކުރަން ފެށި އެ ޕެޓިޝަނުގައި ބުނެފައިވަނީ މި ސަރުކާރުން އިންޑިއާއެކު ސިއްރު އެއްބަސްވުންތައް ގާއިމްކޮށް، އިންޑިއާގެ ސިފައިންގެ ބޭނުމަށް ތަންތަނަށް ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާފައިވާ ކަމަށް ވެސް ޕެޓިޝަންގައި ބުންޏެވެ.
ޕެޓިޝަނަށް ސޮއި ހޯދުމުގެ ފުރަތަމަ ދަތުރުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އިދިކޮޅުގެ ޓީމެއް ވަނީ ކ. ހިންމަފުއްޓަށް ގޮސްފައެވެ. އެ ރަށުގައި ހުންނެވި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ވަގުތު" އަށް ވިދާޅުވީ ރަށުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
"މިހާރު ޑޯޓުޑޯ ކުރިއަށްދަނީ. ސޮއިކުރަން ވަރަށް ބޮޑު ތަރުހީބެއް އެބަ ލިބޭ" އޭނާ ވިދާޅުވިއެވެ.
ޕާޓީގެ ލީޑާޝިޕްގެ ޓީމެއްވެސް އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ ހިންމަފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހިންމަފުއްޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވަރަށް ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. ރިޔާސީ އިންތިހާބުގައި އެ ރަށުގެ 59 އިންސައްތަ މީހުން ވޯޓު ދީފައިވަނީ ޕީޕީއެމްއަށެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ރަށުގެ ކައުންސިލަށް އިންތިހާބުވި ފަސް މެންބަރަކުންނަކީ ވެސް އަމިއްލަ ގޮތުން ވާދަކުރައްވައިގެން އިންތިހާބު ކާމިޔާބުކުރި ކައުންސިލަރުންނެވެ.
އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ދޭތެރެ ދޭތެރެއިން މުޒާހަރާ ވެސް ކުރެއެވެ. ހުޅުމާލޭގައި ހުންނަ އިންޑިއާ ސަފީރު ސަންޖޭ ސުދީރު ދިރިއުޅުއްވާ ގެކޮޅު ކައިރީގައިވެސް މުޒާހަރާކޮށްފައިވެއެވެ. އުތުރު ތިލަފަޅުގައި އިންޑިއާއިން ޑޮކްޔާޑެއް އެޅުމަށް ހަދާފައިވާ "ޔޫޓީއެފް އެގްރީމެންޓް" އުވާލަންވެސް ވާދަވެރި ފަރާތްތަކުން ދަނީ ސަރުކާރުގައި ގޮވާލަމުންނެވެ.
ސާބަހޭ ސާބަހޭ ޕީ ޕީ އެމް ކުދިން ތިޔަކުރާ ހިއްވަރަށް ، އިންޑިޔާ ސިފައިން މިގައުމުން ބޭރުކުރަންޖެހޭނެ މިއީ މިނިވަން މުސްތަގިއްލު ގައުމެއް މިތާ އިންޑިޔާ ގުންޑާ ސިފައިން ތިބޭކަށް ނުޖެހޭނެ މާރިޔާމެން މިގައުމު އަޅުވެތިކޮށް ވިއްކާ ހުސްކޮށްފި އިބޫ ، ސާހިދު ، މާރިޔާ ، ސަމާލް މިއީ ބޮޑެތި ގައްދާރުން...
ސްވާލެއް ސްވާލަކީ ޕީޕީއެމް ސަރުކާރެއްގައި އިންޑިޔާ ސިފައިންބާލާނެ ގޮތަކީ ކޮބާތޯއާއި ޔާމީން ދައުރުގައިވެސް އިންޑިޔާގެ ހެލްކޮޕްޓަރާއި ޑޯނިއާ ފްލައިޓް ބޭނުންނުވާވާހަކަ ބުނުމުންވެސް އެމީހުން އެ އެއްޗެއްހި ގެންދިޔަތޯ.... އިންޑިއާ އާއި ނުރުހުންވެ އިންޑިއާ ހުށަހެޅުންތަކަށް އިޖާބްނުދީ ސަރުކާރެއް ހިންގުމަކީ އުނދަގޫ ކަމެއް.... ހާއްސަކޮށް ކާބޯތަކެއްޗާއި، ބޭސްފަދަ ތަކެތިން ދަތިކުރާނަމަ އުނދަގޫތަކެއް ކުރިމަތިވާނީ އާއްމުރައްޔަތުންނަށް
ވަރަށް ބަރާބަރު އަވަހަށް އާދޭ މިހިރީ ތަށްޔާރަށް ސޮއިކުރަން އިންޑިއާސިފައިން މިގައުމުން ބާލަން ޖެހޭ އިންޑިއާގެ ވޯރާއިން ބޭލިގޮތަށް.