އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަތަކުގެ ތަހުގީގުގެ ދުވެލި އަވަސް ކުރަން އިތުރު 12 މުވައްޒަފުންނާއި، ހަތަރު މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، މަޖިލީހުގެ މެންބަރަކު ސުވާލު ކުރުމުން އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވީ މިހާރު ހުރި ވަސީލަތްތަކުން އެ ޚިޔާނާތުގެ މައްސަލައެއް ބަލަން ވެސް އާންމު ގޮތެއްގައި އަށް މަސް ދުވަހުގެ މުއްދަތެއް ނަގާ ކަމަށެވެ.

"އެވެރެޖްކޮށް އެމްއެމްޕީއާރުސީގެ މައްސަލަ ނިންމަން އަށް މަސް އެބަ ނަގާ، މިހާރު ހުރި މުވައްޒަފުންނާއި ވަސީލަތްތައް ހުރި ވަރުން، ސަރުކާރުން އެ އެދޭ ދުވެލީގައި މައްސަލަ ނުނިންމޭނެ، މި ކަމެއް ނުވާނެ،" ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި އިތުރު ހަތަރު މިލިއަން ރުފިޔާގެ ބަޖެޓެއް ހިމެނޭ ގޮތަށް، 12 މުވައްޒަފުން އިތުރަށް ނަގަން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. އެ ކަމާ ގުޅިގެން މަޝްވަރާ ކުރަން މި ހަފުތާ ތެރޭ ބައްދަލުވުމެއް ބާއްވާނެ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

"މި ބޭނުންވާ ހަލުވި ދުވެލީގައި އެމްއެމްޕީއާރުސީގެ މައްސަލަތައް ނިންމަން، އަޅުގަނޑުމެންގެ ޓީމަށް އިތުރު 12 އިންވެސްޓިގޭޓަރުން ބޭނުންވާނެ، ހަތަރު މިލިއަން ރުފިޔާ އެބަ ބޭނުންވޭ، އެއީ މި މައްސަލައިގެ ތަހުގީގަށް އެކަނި ޚާއްސަ ކުރަން،" ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ މިހާރު ތިއްބެވި މެންބަރުންނާއެކު އޭސީސީގެ ދުވެލި ވަރަށް ރަނގަޅު ވެގެން ގޮސްފައިވާ ކަމަށެވެ. އެކަމަކު ވެސް، ބޮޑު ޚިޔާނާތުގެ ތަހުގީގުގެ ދުވެލި ލަސް ކަމުގައި ޝިއުނާ ވެސް ގަބޫލު ކުރެއްވިއެވެ. އިތުރު ވަސީލަތަށް އެދެނީ ވެސް މައްސަލަ އަވަސް ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ރަށްރަށާއި ފަޅުތަކާއި ގިރިތައް ވިއްކައިގެނާއި ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލާގައި މިހާތަނަށް ދައުލަތަށް އެއްވެސް ފައިސާއެއް އަނބުރާ ހޯދިފައެއް ނުވެއެވެ.

މި މައްސަލާގައި މިހާތަނަށް ދައުވާ އުފުލިގެން ހުކުމަކާ ހަމައަށް އައީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީން، އަދި ކުށަށް އިއުތިރާފް ވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަހުގީގުގެ ދުވެލި ލަސްވެގެން އާންމުންގެ ފާޑުކިއުންތައް އިންތިހާއަށް އަމާޒުވެފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ރައްޔިތުން

  ވައްކަމެއްކުރީމާ އަނެއްކާ އެވައްކަން ހޯދަން އިތުރު ޚަރަދުކޮށްގެން ދައުލަތުން ބޭކާރު ފައިސާ ނަގަނީ އެއީވެސް ނޫފެއްބެއްދޭނެ ބޮޑު ގެއްލުމެއް، ތިޔަ ފަދަ ކަންކަން ހައްލުކުރާނެ ގޮތެއް ނޭގިގެން އުޅޭބައެއްހޭ ހާދަ ހީވޭ މި އުޅެނީ،

 2. ތެދު

  އިންތިހާބް ކައިރިވަނީ ހެހެހެހެ..މރުތަކުގެވާހަކަ އަދިއައްނާނެތާ...ހެހެ ރައްޔިތުން ގުނބޯހައްދަންވެގެން އަދިވެސް...؟؟!!

 3. މަސްއޫދު

  ބޮޑު ޚިޔާނާތުގެ ތަޙުގީގުއޭ ތިޔަކިޔަނީ އެންމީހެއްގެ މައްސަލައެއް ނޫންތޯ ތިޔަބަލަނީ! ބަޖެޓައް އެދޭއިރު ކޮބައިތަ ލަދުހަޔާތް! ތިޔަމީހުންނަށް އެގެނީ ނިކަމެތި ރައްޔިތުން އަތުން ނެގޭ ފައިސާއިން އިސްރާފުކުރަން! އެންމެ މީހެއްގެ ތަހުގީގަށް 4 މިލިޔަން ރުފިޔާއެއް ބޭނުމެއް ނުވާނެ! މިތިބަ ޚިޔާނާތްތެރެިންނޭ!ތަންތަނުގައި ބޭކާރުވެފައި ތިބޭ ޖާހިލުންނަށް ކައިބޮއި އުޅެވޭނީ ގޮތެއް ހޯދަނީދޯ!

 4. ފަރޭ

  4000000ރ 12 މުވައްޒަފުން. ބޮލަކަށް 333333.33ރ. މިވަރުންވެސް މިކަން ވާނެބާ

  18
 5. ޕީއާރސީޣެ

  މިގައުމުގަ މިހާތަނައް ހިންގި އެންމެ ބޮޑު އެންމެ ބިޔަ ޙިޔާނާތަކީ ޖީއެމްއާރ ކިޔާބެންކް ކުރަޕްޓް ކުންފުންޏަކައް މިގައުމުގެ ރައްޔިތުން މައިދޮރޯށި އެއަރ ޕޯޓްދީގެން ޙިޔާނަތް (ހިންގިޖަރީމާ) އާއި މިގައުމުގަ އޮއްކަމައްބުނާ 98 އާގްބޯޓް ޙިޔާނަތް ދެން ތިޔަކިޔާ އެމްއެމް ޕީ އާރގެ ޙިޔާނަތް މިހާރުތިދާގޮދުން ހީވަނީ ތިޔަ އެމްއެމްޕީއާރގެ ޙިޔާނަތް ތަހުގީގް ކުރަން އެމްއެމްޕީއާރސީގެ ޙިޔާނާތްގެ ފައިސާއައްވުރެ ވަކިސަހަލައެއްނުވާނެހެން ތިޔަދާވަރުބން ދަންޏާ ރިޔާސީއިންތިހާބް ގާއްވިވަރަކައް ތިޔަ ޕީއާރ ސީއެއްގެ ޙިޔާނާތުގެ ވާހަކައިގެ އަޑުބާރުވޭ ހީވަނީ ވޯޓްހޯދަން ކުރާ ކެންޕޭނެންހެން ބަލަ ތިޔަ ޕީއާރސީސެ ރައްތަކުގެވާހަކަދައްކައިރު ޕުރިޕެއިޑް އަކާއި ބިލެތަކައް ދިންރައްތަކުގެ ވަހަކަވެސް ދައްކާލަބަލަ އޭރުން މަމެންގަބޫލްކުރާނޫ ތިޔައުޅެނީ އިޙުލާސްތެރިކޮއްބަލާށޭ ވެދުން

 6. ނުކެރޭނެ

  ކިތަންމެ ބޮޑު ބަޖެޓެއް ދީފާ ކިތަންމެގިނަ މުވައްޒަފުންލިޔަސް ތަހުޤީޤު އަވަހެއް ނުވާނެ ތިޔައުޅެނީ އަނެއްކާވެސް ޕާޓީކުދިންކޮޅަކައް މަގާމްތަކެއް ހަމަޖައްސަންވެގެން ތިޔައެމްއެމްޕީއާރުސީގެ މައްސަލަތައް ބަލާކައް މިސަރުކާރަކައް ނުކެރޭނެ މިސަރުކާރައް ތާއީދުކުރާފަރާތްތަކުގަ ތިބީ އެލާރި ލިބިފަތިބިމީހުން ދެން ކިހިނެއް މައްސަލަ ބަލާނީ

  11
 7. Anonymous

  އަނެއްކާ ވަކިބައެއްގެ ބަނޑަށް ލާރިކޮޅެއް ވެއްދޭތޯއާއި އާއިލީ ކުދިންކޮޅަކަށް މުސާރަބޮޑު ވަޒީފާތަކެއް ދޭން މިސަރުކާރުން އަނެއްކާވެސް ހިންގަންއުޅޭ ޖަރީމާއެއްކަން އެނގިއްޖެ، މުޖުރިމުންނާއ ގެއްލިފައިވާ މީންގެ މައްސަލަ ތަހުގީގުކުރަން ރިޔާސީކޮމިޝަން އުފެއްދީ ރ.ސާލިހު ރައީސްކަމަށް ހުވާކުރި ވަގުތު، އެކަންތައް ޒީރޯ ޓޮލެރެންސްގަ ކުރިއަށްގެންދަން ވައުދުވެ ކޮންމަހަކު 1މިލިއަން ޚަރަދު ކުރޭ، ނަތީޖާ ދައްކާދެނީ އިބްލީސަށް؟

  2
  1
 8. ރައްޔިތުމީހުން

  ފައްކަލެއްނު..

  14
 9. Anonymous

  ޢަވަސް ސްޕީޑްގަ ތަހުގީގު ހިންގާ ނިންމަންވައުދުވި ތިބޮޑު ޚިޔާނާތް ނުނިންމި 3އަހަރު ފާއިތުވެއްޖެ، ދެން ބިލިޔަންސް ފައިސާތަކެއް ޚަރަދުކުރިއަސް މިދައުރުގަ ނިންމާލެވޭނެކަމަށް ފަބޫލުނުރެވޭ، ޚިޔާނާތުގެ މައި މޭސްތިރި އަދީބުމެން ފިނިކޮޓަރީގަ އަރާމުގައި، ގައުމުގެ ރައީސަކީ 35މިލިޔަން ޑޮލަރ ނަގައިގެން ވެރިކަމަށް އަރައިގެންހުރި ރ.އިބޫސާލިހު، ދެން ޚިޔާނާތް ލިސްޓުގައިވާ މީހުން ބައެއްމީހުން ބުނަނީ ތިމެންނަމެންގެ މައްސަލަ ބަލައިފިއްޔާ ސަރުކާރު އޮރިޔާންވާނެކަމަށް އަނެއްބަޔަކު ބުނަނީ ލިސްޓް ހާމަކުރުން ނަތީޖާ ރަނގަޅު ނުވާނެކަމަށް ވުވާއިއެކު އިތުރު ބަޔަކަށް ޝަރީއަތް ހިންގޭނެގޮތެއް ނެތް، ދެން ޚިޔާނާތް ކިތައްމެ ބޮޑުކަމުގަވިޔަސް ތިޝަރީއަށް ކުރަންޖެހެނީ އެއްމެ ހަމައެކަނި ރ.ޔާމީނު ކަމަށްވާތީ އެމީހާއަށް ދަޢުވާކޮށް ހުކުމްކޮށް ހަވަރަށް ދެމުންނޫންތޯ އެގެންދަނީ، ދެންއިތުރު ކޮން ޝަރީއަތެއްހިންގަންތޯ ފައިސާގެ އިތުރު ބަޖެޓެއް ހޯދަން ތިއުޅެނީ؟؟؟

 10. ހާމިދު ޝާހިދު

  ހިޔާނާތް ބަލަން އަނެއްކާ އިތުރު 4 މިލިއަން ނަގައިގެން ވާ ހިޔާނާތް ބަލަން އަނެއްކާ އިތުރު 5 މިލިއަންދީގެން ވާ ހިޔާނާތް ބަލަން އިތުރު 10 މިލިއަންދީގެން ވާ ހިޔާނާތް ބަލަން އިތުރު 15 މިލިއަންދީގެން ވާ ހިޔާނާތް ބެލުމަށް އިތުރު 20 މިލިއަންދީގެން ވާ ހިޔާނާތް ބަލަން އިތުރު 25 މިލިއަންދީގެން ވާ ހިޔާނާތަށް އިތުރު 35 މިލިއަންދީގެން ވާ ހިޔާނާތައް އިތުރު 50 މިލިއަންދީގެން ވާހިޔާނާތް ބަލަން އިތުރު 100 މިލިއަންދީގެން ވާ ހިޔާނާތް ބަލަން އިތުރު 150 މިލިއަންދީ، މިހެންގޮސް ކޮޅުންލައިގެން ދާވަރަށް އަދަދުން ފައިސާ ހަރަދުކޮށް އިސްރާފުކުރަނީ ހިޔާނާތް ތަހުގީގު ކުރުމާ ބެހޭ ކޮމެޓީއެއް ހަދައިގެން....

  1
  1
 11. ކޮރަލް

  ތަހުގީގު ކުރާ މީޙުންގެ ތަހުގީގަކަށް ދާން ޖެހި ދާނެ އެވެ.

 12. ޢަދުރޭ

  ކުރީ ސަރުކާރޭ ކިޔައިގެން އެމްޑީޕީން މި ގެންދަނީ އެކިގޮތްގޮތަށް ބަޖެޓް ކައި ހުސްކުރަމުން .އެމްޑީޕީން އަދީބު ލައްވާ ހިންގި ޖަރީމާއެއް އެއީ .. ރައްޔިތުން ހޭލާ ތިބޭތި

  11
 13. Anonymous

  ޚިޔާނާތް ކިތައްމެ ފުޅާވެފައި ބިޔަވިޔަކަސް އުންސުރު ޝަމީމީނިޒާމާއި ހިސާނީނިޒާމާއި އަންނީނިޒާމާއި ރިއްޕަތީ ނިޒާމުން ބުނަނީ ޚިޔާނާތްގެ އެއްމެ މައިރޫޓުން ފަށައިގެން މަތްޗަށް ޝަރީއަތް ހިންގާގޮތަކަށް ނެތީމޭ އެހެންވީމާ އެއްމެތިލައަށް މައްޗަށް އަރާފައިވާ މީހާ ރ.ޔާމީން މައްޗަށް މުލުވަގު އަދީބާއި ޒިޔަތުގެ ފަރާތުން ހެކިހޯދައިގެން ރައީސު އިބޫސާލިހު ވައުދުވިފަދައިން އަވަސް ސްޕީޑްގައި ޝަރީއަތް ހިންގާ ނިންމާފައިވަނީ، އެއްގޮތަކީ ކުއްވެރިޔާ އުމުރަށް ޖަލަށް، 5ބިލޔަން ޑޮލަރގެ ޖުރިމާއިނާއިއެކު އަނެއްގޮތަކީ މިނިވަންވުން މިފަދަ ގޮތަކަށް ނިމުމަކަށް އައިސްފައިވާ ކަމަކަށް ހުއްޖަތް ދައްކައިގެން އިތުރު މުވައްޒަފުންނާއި އިތުރު ފައިސާ ބިލިޔަނެއް ބޭނުންކޮށް ކޮންކުޅިއެއް ކުޅެންބާ؟؟ ތަންފުކެއް ބޮޑުވަރު

 14. ހުސޭނުބޭ

  ޚިޔާނާތެއްގެ ތަޙްޤީޤަށް ޚިޔާނާތްތެރިވާންޖެހޭ 4 މިލިއަން ރުފިޔާ ދޯ! ދެން ތިވީގޮތުން ކޮންމެ ތަޙްޤީޤަކަށް ދެތިން މިލިއަން ބޭނުންވާނެތާ! ބައިތުލްމާލު ކޮޅާލުކަށް މުޅިން އާ އުކުޅެއް ތި ބޭނުންނުރެވެނީ!

  13
 15. ފޮނި ބައިސާ

  ތިކަމެއް ބަލާތާ 3 އަހަރުވީ. ކޯޗެއް ފެނުނީ. ކޮބާ މަރުގެ މައްސަލަތައް. ކޮންކަމެއް ހާސިލްވީ. ފައިސާ ފައިސާ ފައިސާ ފައިސާ ފައިސާ ފައިސާ ފައިސާ ފައިސާ ފައިސާ ފައިސާ.

  11
 16. ޙހހހ

  ޕޮލިސް އެއްކޮށް ދިނިއްޔާ ވާނެތަ ،ހެހެހެހެހ

 17. އަދަގޮނޑި

  ތަހުގީގު ކުރެވެންނެތްވާހަކަ އެދައްކަނީ އޮޅުވާލުމަށް އަނެއްކާވެސް ފައިސާގަނޑަކުން ޚިޔާނަތްތެރިވެ ޤައުމު ދަވަލުމުގެ ބޭނުމުގައި ބަލަ ހަމައެކަނި ޔާމީނުގެމައްޗަށް އަނިވާވަން ޖަހާމަކަރެއްތީ