ނ. އަތޮޅު މަދަރުސާގެ މަލްޓި ޕާޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.

އެޑިއުކޭޝަނުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްއާއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒްއެވެ. އަފާމީ މޯލްޑިވް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓާ އަމީން މުހައްމަދެވެ.

މިނިސްޓްރީން ވިދާޅުވީ އެފަރާތުން މި މަސައްކަތަށް ހުށަހަޅުއްވާފައި ވަނީ 7,155,023.44 (ހަތް ހަ މިލިއަން އެއްލައްކަ ފަންސާސް ފަސް ހާސް ތޭވީސް ރުފިޔާ ސާޅީސް ހަތަރު ލާރި) އަށް ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އުއްމީދު ކުރަނީ 2022 ވަނަ އަހަރު އޭޕްރީލް މަހުގައި މިމަސައްކަތް މުޅިން ނިމޭނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަށް ބަލާއިރު މުޅި ބަޖެޓްގެ 11 އިންސައްތަ ހާއްސަކޮށްފައިވަނީ ތައުލީމީ ދާއިރާއަށެވެ. މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައި ގޮތުން ތައުލީމީ ހިދުމަތްތައް ފަސް ސަރަހައްދެއްގައި ތަރައްގީ ކުރުމަށް މި އަހަރުގެ ބަޖެޓުގައި އިސްކަމެއް ދީފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޯނޭމް

    މިހުރީ ހަމަ ވަރަށް ވަރުގަދަ ޕްރޮޖެކްޓްސް.