އަމީނިއްޔާ ސްކޫލްގައި ބޭއަދަބީ ބަހުން ދަރިވަރަކާ މުއާމަލާތް ކުރި ޓީޗަރަކު ސަސްޕެންޑްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަހުމަދު އަލީ "ވަގުތު" އަށް މިއަދު ވިދާޅުވީ ބޭއަދަބީކޮށް ވާހަކަ ދެއްކި ޓީޗަރެއްގެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއަށް ލިބުމާ ގުޅިގެން އެ މައްސަލަ ބަލައި އެ މީހާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެކަމަކު، އެއީ ކޮން ސްކޫލެއްގެ ޓީޗަރެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ އަމީނިއްޔާ ސްކޫލްގެ ޓީޗަރެކެވެ.

މީގެ ދެ ހަފްތާއެއް ކުރިން ސަސްޕެންޑްކުރީ މަތީ ގްރޭޑްތަކަށް އަރަބި ކިޔަވައިދޭ ފިރިހެން ޓީޗަރެކެވެ. އެ ޓީޗަަރު ޖިންސީ ގޯނާ ކުރި ކަމަށް މީސް މީޑިއާގައި ތުހުމަތު ކުރެވުނު ނަމަވެސް އެފަދަ ކަމެއް ހިނގާފައި އަދި މިނިސްޓްރީން ބަލާފައި ނުވާ ކަމަށްވެއެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭގެ ސްކޫލުގެ ޓީޗަރަކު ދަރިވަރުންނަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ލިބިފައިވާ ކަމަށެވެ. އެކަމަކު މިއީ ސީދާ އެއް މައްސަލައެއް ކަމެއް ނުވަތަ ނޫންކަމެއް ސާފުވާގޮތް ވަނީ ނުވެފައެވެ.

މި ފަހަކަށް އައިސް ސްކޫލުތަކުގެ ޓީޗަރުންގެ ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ. އެންމެ ގިނައިން ފެންމަތިވަނީ ޓީީޗަރުން ދަރިވަރުންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކެވެ.

ދާދި ފަހުންވެސް، ޖިންސީ ގޯނާގެ މައްސަލައެއްގައި ޓީޗަރަކު ވަނީ ސަސްޕެންޑް ކޮށްފައެވެ. ޓީޗަރުންގެ ފަރާތުން އެފަދަ މައްސަލަތައް ކުރިމަތިވުމަކީ ގިނަ ބެލެނިވެރިންގެ އޮތް ކަންބޮޑުވުމެކެވެ. ޖިންސީ ގޯނާއާ ދެކޮޅަށް ގައުމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރިއަށް އެންމެ އެންމެ އެކަށީގެންވާ ވަރަށް އެކަންތައްތަކެއް ހައްލެއް ނުލިބެއެވެ. އާއްމުންގެ އެންމެ ކަންބޮޑުވުމަކީ ޖިންސީ ގޯނާގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން ދޫވެގެން ދިޔުމެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ވަހީދާ

    އަމީނިއްޔާއޭތޯ. އެހެންވިއްޔާ ބޭއަދަބީ ބަސް އެހެން މީހުންނަށް ކިޔަވައިދޭ ފެންވަރު އެކުދިންގެ ކިބައިގަ ހުންންަނެ. ގައުމު މާ ތުއިވާނެ ކަމެއް ނެތް. ފުރާއުމުރުގެ ކުދިން ނުދަންނަ ބޭއަދަބީ ބަހެއް އަވަގުރާނިއްޔަތެއް މިގައުމަކު ނެތް. ހަގީގަތް ގަބޫލު ކުރައްވާ. ވިސްނާށޭ ގައުމު. !

    50
    6
  2. އަހުމަދު

    ތާޖުއްދީންކަހަލަ ތަންތަންވެސް ބައެއް ޓީޗަރުންގެ ވާހަކަ ދެއްކުމުގެ ވައްޓަފާޅި ބަލާލުން ރަގނޅުކަން ނޭންގެ...ބާރުގަދަ ބައެއް ވީމަ ފިޔަވަޅެއް ނޭޅޭނެ ތޯޗެ.

    26
    3
  3. Anonymous

    ތީ ދިން ލަނޑަކަށްވެސް ވެދާނެ ކުދިން މާ މޮޅުވާނެ އައުގުރާނަ ގޮވަން

    27
    2
  4. ކުރެފިގުދަނަށްލީސޮރު

    ކިޔަވައިދިނުމަކީ ޓީޗަރުގެ ވަޒީފާ ކަމާއި ހަގީގަތުގައި އެއްވެސް ބާރެއް ނެތް ބަޔެއް ކަން ވިސްނައިދޭން ޖެހޭ ކުއްޖަކު ގޯސް ކުއްޖަކަށް ނުވާނެ އެކަން އެނގިގެނެއް ދަރިން ބުނާ ވާހަކަ ގަބޫލު ކުރާނެ ކަން އަންގަން ޖެހޭ ކުދިންނަށް މަށަށް ދިމާވި ހަމަ ސީދާ ހަސަދަވެރި ޓީޗަރުން އެހެން ވިޔަސް ގިނަ ޓީޗަރުން ވަރަށް ރަނގަޅު އަދިވެސް ވަރަށް އިހުތިރާމު ކުރެވާ އެޓީޗަރުންނަށް

    10
    • މަބުނީ

      ހަހަހަ..އަސްލު ކުރަފި ގުދަނަށް ލީ ސޮރެއްތަ ތީ؟؟

      2
      2
  5. މަސްއޮޑި ސުވޭ

    މަޖީދިއްޔާގަ ވެސް އުޅޭ ތިކަހަލަ ޓީޗަރެއް

    11
    1
  6. ްފަފަ

    ދެން ދަރިވަރުން ބޭ އަދަބީ ބަހުން މުދައްރިސުންނާއި ވާހަކަ ދައްކާއިރު މުދައްރިސުންގެ ހައްޤުތައް ކޮބާތޯ

    34
    3
  7. ދޯނި

    ސިޔާސީ ވެރިން ރައްޔިތުންނާއު ރައްޔިތުން އެމީހުންނާއި ވާހަކަދައްކަނީ ހުތުރު ބަހުން.
    ދަރިވަރުން ޓީޗަރުންނާއި، ޓީޗަރުން ދަރިވަރުންނާއި، ދަރިން މައިންބަފައިނާއި، މައިންބަފައިން ދަރިންނާއި

    ވާހަކަދައްކަނީ މިހާރު ހުތުރު ބަހުން. މިގައުމު ހަލާކު ކުރަން ފޫގަޅައިގެން ތިބި މީހުންގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާށިއެވެ.

  8. ލީނާ

    ހެހެހެ އަދީބުގެ ތިމާގެ ކުއްޖެއް ތިޔަ ބުނާ ޢަރަބި ޓީޗަރަކީ..

    1
    1
  9. ޢަލީ

    އަޅަމެންގެ ނަބިއްޔާ މުޙައްމަދު (ޞ) އަށް ހަޖޫޖެހި ޓީޗަރަށް ޕްރޮމޯޝަން، ކިހާމޮޅު

    2
    1
  10. ހުމަާ

    އަޅުގަނޑުގެ ދަރިފުޅަށް ކިޔަވާދިނީ މި ސާރ
    ވަރަށް ޑިސަޕޮއިންތް ވެފަ