ގައުމީ ރޫހު އާލާ ކުރުމުގެ ބޭނުމުގައި ހަދާ ދިވެހި ފިލްމް ސީރީސްއަކަށް ސްކްރީން ޕްލޭ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ދިވެހިންގެ މެދުގައި ގައުމީ އަދި ވަތަނީ ރޫހު އާލާކޮށް، ދިވެހި ގައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރުން ހިމެނިފައިވާ ކަމަށާއި އެކަމަށް ސީރީސްއެއް އުފައްދަން ތައްޔާރުވެފައިވާކަމަށެވެ.

ގައުމީ ރޫހު އާލާކޮށްދޭ މި ފިލްމު ސީރީސްގައި އަކީ ތިން ސީޒަނަކަށް ބަހާލައިގެން ކޮންމެ ސީޒަނެއްގައި 50 މިނިޓްގެ 10 އެޕިސޯޑް ހިމެނޭ ގޮތަށް އުފައްދާ ސީރީސް އެކެވެ. އަދި މިސީރީޒްގެ ވާހަކަ އާއި ސްކްރީންޕްލޭ ތައްޔާރު ކޮށްދޭނެ ފަރާތެއް އެ މިނިސްޓްރީން ދަނީ ހޯދަމުންނެވެ.

މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 8 ނޮވެންބަރު 2021 ވާ ހޯމަ ދުވަހު ހެނދުނު 9:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ނޮވެންބަރު 2021 ވާ ބުދަ ދުވަހު ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެ މިނިސްޓްރީން އެދެއެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމަށް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ަަަަަަްަަަަަައައްޕަން

    ފަހަރި ސީޒަން ހަދަން ފެނޭ

  2. ހުސޭނުބޭ

    ތި ސީރީޒްގައި ޑޮކިއުމެންޓް ގިނަގިނައިން އޮންނާނެދޯ! މިހިރީ ހެތްކޭ ކިޔާފަ އަވަސްއަވަހަށް ޖެހޭނެ ޑޮކިއުމަންޓް ދައްކަން

  3. ދަބާ

    ކެމެރާމަން އަކަށް ޖޭމްސް ކެމެރޮން ގެންނަށްވާނެ

  4. ނޯނޭމް

    ކޮންމެސް ބަޔަކަށް ލާރިގަނޑެއް ދޭނެގޮތެއް ނެތިގެން

  5. ދިދަ ދަނޑި

    ތިނޫން ކަމެއް ތިތަނުން ކުރޭތަ… މިނިސްޓްރީގެ ނަން ބަދަލުކުރަންވީނު މިނިސްޓްރީ އޮފް ފިލްމް އެފެއާރޒް އަށް…

  6. Anonymous

    ﷲގެ ކަލިމަފުޅުތަކަށް ގޮންޖަހާ ބޮޑުބެރު ޖަހާ ނަށާއިރު ކޮބާތޯ ޚިޔާލު ފުޅަކީ

  7. ސުވާލު

    ތިއީ އަނެއްކާ ހޯމް މިނިސްޓްރީގެ އިހުތިސޯސާ މެންޑޭޓުތެރެއިން ވާ ކަމެއްތަ؟

    ފުލުހުން ވެސް ހޯމް މިނިސްޓްރީއާ ވަކި ކުރީމަ ނޭންގެ މިއީ ކޮން ބޭނުމެއްގަ އޮންނަ ތަނެއް ކަމެއް.

    ބޮލަށް ފަސޭހަވާނީ ހުރިހާ މިނިސްޓްރީއެއް އުވާލާފަ "ރައްޔިތުންގެ ރަސްގެފާނު" ކިޔާ މަގާމެއް ހަދާފަ ނަށީދަށް ދިނިއްޔާ.

  8. އުމަރުބެ

    ކޮންގައުމީ ރޫހެއް! އުފަންގައުމުގަ އަމިއްލަ މިކުގަކުގަ ބިންކޮޅެއް ނެއް ރައްޔިތުން ގިނަވާވަކައް ގައުމީ ރޫހެއް ނުހުންނާނެ ރިސޯޓު އޯނަރުންނާ އެމިހުންގެ ދަރިންލައިގެން ފިލުމުކުޅިނިންމާލާ

  9. ވާނުވާ

    ފަހަރި ބޭރީ ކިޔަން ފެނޭ

  10. ކިނބޫ

    ފޮޓޯއިން ތިފެންނަނީ ފިލްމްގެ ބަތަލު، ކާކުބާ ތިފިލްމުގެ ބަތަލާއަކީ