ސ. ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއު ނިންމާލާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ބަހާއުއްދީން މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވަނީ މި މަހުގެ 15 ގައި ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ އޭޕްރިލް މަހުވެ އެއްވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫޢަކީ 41.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫއުގެ ދަށުން، 2.2 ކިލޯމީޓަރު ދިގު 8.8 މީޓަރު ފުޅާ މިމަގުގައި ތާރުއެޅުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި 6060 އަކަމީޓަރުގެ ހިނގާ ސަރަޙައްދެއް ގާއިމްކޮށްފައިވާއިރު، ފެންހިންދާ ނިޒާމެއް ގާއިމުކޮށްފައި ވެެއެވެ. އަދި ކޭބަލް ޖަންކްޝަން ވަޅުލުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، ކަފިހިހުރަސް ފާހަގަ ކުރުމުގެ މަސައްކަތް ކޮށްފައި ވެއެވެ.

އެމްޓީސީސީން ރާއްޖޭގެ ގިނަ ރަށްރަށުގައި ބޮޑެތި މަޝްރޫއުތައް ހަލުވި ކަމާއި އެކީ އަންނަނީ ކުރަމުންނެވެ. އަދި މިއަހަރުގެ މިހާތަނަށް އެކުންފުނިން 17 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިޔު

    އަލްޙަމްދު ލިﷲ.
    ވ. ބޮޑު ފަސޭހައެއް. ވ އުއްމީދުކުރި ކަމެއް.

    • ދޯދި

      ރ.ޔާމީން އަދި ޝާޑް އަށް ޝުކުރިއްޔާ، މި ހަގީގަތް އޮޅުވާ ނުލެވޭނެ

  2. ސސ

    الحمد لله ހުޅުމީދޫ އަށް ވަރަށްވެސް ބޮޑު ކުރިއެރުމެއް ، އެކަމަކު ވާރޭވެހިޖެއްޔާ ފެން އުފެދޭނީ ކުދި މަގުތަކުގައި ވީމާ ކުދި މަގުތަށްވެސް ނަރުދަމާ ނިޒާމް އާއި ގުޅާލުން އެއީ ރަގަޅުގޮތެއް ފެންހިންދަން !