ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ވާންގް ލިޝިން މިއަދު ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން މަޖިލިހުގެ އިދާރާގައި އޮތް އިރު، އެ އިދާރާއިން ބުނީ ޗައިނާ ސަފީރު ނަޝީދު އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވި ކަމަށެވެ. އެ ޒިޔާރަތުގައި ދެބޭފުޅުން ދެއްކެވި ވާހަކައިގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

ޗައިނާ ސަފީރު މިއަދު ނަޝީދާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ވާން މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ ވެސް ބައްދަލު ކުރެއްވިއެވެ.

މި ދެ ބައްދަލުވުން ވެސް ކުރިއަށް ދިޔައީ މަޖިލިހުގެ އިދާރާގައި ވަކިވަކިންނެވެ.

ނަޝީދަކީ ޗައިނާއިން ގައުމުތަކަށް މާލީ ގޮތުން އެހީތެރިވުމުގައި ގެންގުޅޭ ސިޔާސަތަަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ޗައިނާ އިން އިންޓަރެސްޓް ރޭޓް ބޮޑުކޮށް، ގިނަ ލޯންތަކެއް ދެނީ ގައުމުތައް ދަރަނީގެ ދަންތުރައެއްގައި ޖައްސަން ކަމަށް ނަޝީދު މީގެކުރިން ވެސް ތުހުމަތު ކުރައްވާފައިވެއެވެ. އަދި ރާއްޖެ އިން ވެސް ޗައިނާ އަށް އެތައް ބިލިއަން ޑޮލަރަކުން ދަރާފައިވާ ކަމަށް ނަޝީދު އަބަދުވެސް ވިދާޅުވަމުން ގެންދަވައެވެ.

އެ ވާހަކަތަކަށް ޗައިނާ އިން މީގެކުރިން ރައްދު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ރައްޔިތުންގެ އިތުބާރު ގެއްލުނީމަ ކޮންމެ ވެސް ކަމެއް ކުރަނީ އެވެ.

    16
    • ބޮކަރު

      ޗައިނާ ސަފީރުތޯ ރައްޔިތުންގެ އިތުބާރު ގެއްލުނީ.