ޤާނޫނު އަސާސީ ބަދަލުކުރަން ވެރިކަން ކުރާ އެމްޑީޕީން ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމްގެ އެމްއެންޕީގެ އެހީއަށް އެދިއްޖެ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްއެންޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެޕާޓީ ހިމެނުމާ ގުޅިގެން، އެމްޑީޕީގެ ރައީސް ރައީސް މުޙަންމަދު ނަޝީދުގެ ދައުވަތަކަށް އެ ޕާޓީގެ އިސްވެރިންނާއެކު އެމްއެންޕީގެ ލީޑަރޝިޕްގެ ހިމެނޭ ފަރާތްތަކުން މިއަދު ވަނީ ބައްދަލުކޮށްފައި ކަމަށެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއަށް މިއަދު ދިމާވެފައިވާ މުހިންމު އެކިއެކި ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވި، އެކަންކަން އިސްލާހުކުރުމަށްޓަކައި އެކުގައި މަސައްކަތްކުރުމަށް ވާހަކަ ދެކެވުނު ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު އިސްލާހުތަކާ ގުޅޭގޮތުންވެސް ވާހަކަ ދެކެވުނު ކަމަށް އެމްއެންޕީ އިން ބުނެއެވެ.

"އެގޮތުން، ރައްޔިތުންގެ މެދުގައި ޖުޑީޝަރީއާމެދު އިތުބާރު އިތުރުކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި، ވެރިކަން ކުރުމުގެ ނިޒާމްގައި ހުރި ދަތިތަކަށް ޙައްލެއް ހޯދުމަށްޓަކައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭގޮތުންފަދަ މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ. މިކަންކަން ބަދަލުކުރުމަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އެމްއެންޕީގެ އެހީތެރިކަމަށް އެމްޑީޕީގެ ފަރާތުން އެދިފައިވެއެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ގައުމުގެ މުސްތަގްބަލާ ގުޅޭ މިފަދަ މުހިންމު ނިންމުންތައް ނިންމުމުގެ ކުރިން މިކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެމްއެންޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީން ހުށަހެޅި ކަންކަމާއިމެދު ގޮތެއް ނިންމާނީ، ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން މިކަންކަމާ ގުޅޭގޮތުން ދެކޭގޮތް ސާފުކުރުމަށްފަހު ކަމަށް ވެސް އެމްއެންޕީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަސަނު

    ހެހެހެހެ. މިވާހަކަ ހަމަ ޤީސިމުއާވެސްދެއްކީ. އެއީ ގައުމީސަލާމަތަށް ނުރައްކާވާތީ ސިއްރުކުރީދޯ

    12
  2. އަބްދޫ

    ވެރިކަން ކުރާ ނިޒާމް ބަދަލު ކުރުމަކުން ގައުމަށް ހުރި މަންފައެއް ނެތް . މިހާރު އެ ރާވަނި 2023 އެމްޑީޕީ އަސް ކާމިޔާބު ވުމާމެދު ސައްކު އުފެދޭތީ ޔަގީންކަމައެކު ވެރިކަމުގަ އެމްޑިޕީ ބޭއްވެފަދަ ނިޒާމެއް ކަމުގައިވާ ބަރުލަމާނީ ނިޒާމު ގައިމް ކުރަން ބަރުލަމާނީ އަކި ރައްޖެއަސް ގެއްލުން ހުރި ނިޒާމެއް. އިންޑިޔައައ ލަންޑަން ފަދަ ތަންތާގަ ފަގީރުން ގިނައީ ބަރުލަމާނީ ނިޒާމުން ވެރިކަން ކުރާތީ. މުއަސނދިން މުއްސަނދިވެ ފަގިރުން ބޮޑަށް ފަގިރުވަނެ ބަރުލަމާނީގަ. ދަވްލަތަށް ލިބޭ ހުރިހާ ފައިސާ ހަރަދު ކުރާނީ މަޖިލީހުގެ މެމްބަރުކަމުގެ ގޮޑި ގަނެލުމަށް. މިހާރު ރޭވިﷲަ އޮތް ގޮތުން ނިޒާމީ ވޯޓަކަށް ގޮއްސިނަމަ ނިޒާމް އެމްޑިޕީން ކާމިޔާބު ކުރުންގާތް. އެއީ މިހާރު ގަސިމަ މައުމޫނައި އަދާލަތާ މިއޮތީ އެޅިބަތަކަށް ރިހަވެފަ. އެޅިބަތަކަށް ރިހަނުވެ ހުރީ ހަމއެކަނި ނާޒިމް. ޔާމީނު ދޫކޮށްލާ މަތިން ޕިޕިއެމް ވެސް އެޅިބަތަކަށް ރިހަ ވާހެން އެބަހީވޭ. ދެން އަސްލު ފަޅިއަށް ޖެހިލަމާ ހިގާ . އިންޑިޔައިން މޯދީ 2 ވަނަފަހަރު ޕާލަމެންޓް ކާމިޔާބު ކުރި އުކުޅު ރާއްޖެގަ މިހާރު އޮތީ ވެގެން ގޮސް ނިމިފަ. ޕީޕިއެމް ފަޅި ބައިބައިވެ ގިނަ ކުދި ޕަޓީ އެއޮތީ އުފެދިފަ އެ ކުދި ޕަޓީ އެއްގަލަކަށް އެރިޔަ ނުދިނުމަށް ޓަކާ ހަކުރު ތިއްކެއްހެން ޔާމީނު ހުންނަވާނެ. ޔާމީނު ޕިޕީއެމްގެ ވެރިކަމުގަ ހުރިހާ ދުވަހަކު ރައްޖޭގެ ސިޔާސި ލީޑަރުން އެއްގަލަކަށް ނާރާނެ. ވީމާ ޕިޕޮިއެމްފަޅި މިވަނީ ބައިބައިވެފަ އެންމެ ފަހުގެ މަޖިލިސް އިންތިހާބުން މިކަން ކަށަވަރު ވެފައިވާނެކަމަށް ދެކެން. އެމްޑީޕީ ފަޅި ދެކަފިވެގެން ގޮސްފަ މިހާރު ވަނީ އެކަންބަދަލުވެ ހުރިހާ ފަރާތަތަކެއް އެއްގަލަކަށް އަރާފަ. ވިމާ ދެން ބައްވަ ޕަލަމެންޓްރީ އިންތިހާބު ވެސް އެމްޑިޕީން ކާމިޔާބު ކުރާނެ. ގައުމުގެ ދުވަސް ދިޔައީ.

    12
    5
  3. އަބްދޫ

    ބޭނުންވެގެންއުޅެނީ ނިޒާމް ބަދަލުކުރުންދޯ . އެމްޑިޕިއަށް މެޖޯރިޓީ އެބައޮތް ވީމާ މަޖިލީހުން ފާސްކޮށްލަންވިދޫ ނިޒާމީ ވޯޓަކަށް ދިއުމްށް އާންމު ވޯޓަކަށް ދިއުމަށް މާނަޔަކީ ރައްޖޭގަ އޮންނާނީ ރިޔާސީ ނިޒާމެއްތޯ ޕާލަމެންޓްރީ ނިޒާމެއްތޯ އާންމުރައްޔިތުންގެ ވޯޓެއްނެގުން ވޯޓުން ޕާލަމެންޓްރީ ނިޒާމަކަށް ފާސްވެއްޖެނަމަ ގާނޫނުއަސަސީ ޖެހޭނީ އިސްލާހުކުރަން . މިހާރު މިއޮތް މަޖިލީހުގެ މެމްބަރުން ބައިތިއްބައިގެން ގާނޫނުއަސާސ އިސްލާހ ކޮށްގެން ބަރުލަމާނީ ނުވަތަ ޕާލަމެންޓްރީ ސަރުކާރެއް ނުހިންގޭނެ.

    10
    1
  4. ޙައްގުބަސް

    ވަރަށް ސާފު! ނަޝީދުގެ ބޭނުމަކީ އެކިއެކި ވާހަކަތައް ދައްކައިގެން އެވެނިކަމެއް ނުވަތަ މިވެނި މޮޅެއް ލިބޭނެކަމަށް ބުނެ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ގެނެވޭނެގޮތަށް މަގުފަހިކުރުމަށް ގާނޫނަށް އިސްލާހު ގެނައުން!! މިކަން މިހިނގައި ގަތީ ދާދިފަހުން ރައިސް އިބޫއާއި ބައްދަލުކޮށް އިބޫގެ އާންބަސް ލިބެގެން ކަމުގައި ދެކެން!! އިބޫ ދީފައިވާ ޚިޔާލާ އެއްގޮތަށް ޕާޓީތަކާ ބައްދަލުކޮށް ޕާޓީތަކުގެ ރުހުން “ހިޔަޅު” ޚިޔާލު ބޭނުންކޮށްގެން ހޯދައިގެން!! އެގޮތުން ނަޝީދު ފުރަތަމަ ބައްދަލުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރާ! ދެން ޕީޕީއެމާ! ޕީޕީއެމުން ސާފުކޮށް ޖަވާބު ދީފައި އެވަނީ އެއްވެސް ވާހަކައެއް ދައްކާނީ ޔާމީން ދޫކޮށްލުމުންކަމަށް ބުނެފަ! ގާސިމް އެއުޅެނީ އެވާހަކަ ސިއްރުކޮށްގެން! ދެން އިއްޔެ ރަޖިސްޓްރީވި އެމްއެންޕީއިން އެވަނީ އެމީހުނާ ނަޝީދު ބައްދަލުކޮށް ދެކެވުނު ވާހަކަ ހާމަކޮށްފަ! އެއީ “ހިޔަޅު” ވާހަކަތައް ހިމަނައިގެން ގާނޫނު އަސާސީ ބަދަލުކޮށް ބަރުލަމާނީ ގެނައުމަށް ތާޢީދުކޮށްދޭން އެދުނު ވާހަކަ ހާމަކޮށްފަ! މިކަން މިހާރުކުރަން އެމްޑީޕީން ބޭނުންވާނެ! އެއީ އިންތިޚާބަކުން ދެން އެޕާޓީގެ ކެންޑިޑޭޓަކު ރައްޔިތުން ނޮހުވާނެކަން އެނގޭތީ! މިކަން މިގޮތަށްކުރުމަށް (ގާނޫނު އަސާސީ ބަދަލުކޮށް ވެރިަކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުން) އިންޑިޔާއިން ވަރަށްބޮޑަށް ނަޝީދަށާ ރައިސްއަށް ބާރުއަޅަމުންދާކަމަށް މިކަން އެނގޭ ފަރާތަކުން ހާމަކުރާކަމަށްވޭ!! ރައްޔިތުންނޭ ހޭލާ ތިބޭތި! އިންޑިޔާ އަޑީގައި އޮވެގެން މިއުޅެނީ މިގައުމު މަކަރާ ޖަހައިގެން ހަމަ ފޭރިގަތުމަށް! ޣައްދާރުންނާ ގުޅިގެން!!

    14
    1
  5. ޢިޔާބު

    މނޕ ގެ މަުސްތަގްބަލު ބަލާ ލޯގަނޑަކީ ނޮވެމްބަރ 3 ގެ ގެނައި މީހުން ކަމުގައި ނުހަދާނެ ކަމަށް އުއްމީދު ކުރަން

  6. ޒީ

    ނާޒިމް ތިޔަ ޕާޓީއިން އެއްވެސް މިންވަރަކަށް އެމްޑީޕީ ބުނާ ގޮތަށް ޤާނޫނު އިސްލާޙް ކުރަން ވޯޓް ދީފައި ރައްޔިތުން ކުރިމައްޗަށް ނާންނާތި، ރައްޔިތުންގެ ބާރު ކަނޑުވާލުމަށް އެކުރާ މަސައްކަތަކީ ރައްޔިތުން ނުހަނު ރުޅި އަންނަ ކަމެއް. ޢެމްޑީޕީ އަކީ (މުކޯޓާއެއް) ދެ މޫނުގެ ވެރިން. ރައްޔިތުން ތިބީ ފިސާރި ކެރިގެން ވިސްނާ ބަލަން. މިހާރުވެސް މި ޤައުމުގެ މިނިވަންކަމާމެދު ސުވާލު އުފެދޭ. އިތުރަށް ޤައުމަށް ޣައްދާރު ނުވާތި، ޭޭޭ

    15
  7. އާދަމުގެދަރި

    ތިޔަކަމަށް ތާއީދު ކުރި މީހަކަށް ދުވަހަކުވެސް ވޯޓެއް ނުދޭނަން. ދުވަހަކުވެސް ތިޔަ ބަރުލަމާނީ ނިޒާމަކަށް ތާއީދެއް ނުކުރާނަން.

  8. ިމުރުޝިދު

    ޤާނޫނުއަސާސީގޯހެއްނޫން ގޯހީ ޤާނޫނަށްއަމަލުކުރަން ތިއްބަވާފަރާތްތައް ނަމަވެސް ޤާނޫނުއަސާސީ
    ބަދަލުކުރަންބޭނުނަވާ ސަބަބަކީ މިއީކަމަށްވެދާނެ ދިވެހިރާއްޖޭގައި އެހެންދީންތަކަށް ޖާގަނެތުމާ
    ބުދުބަހައްޓާ، ފައްޅިނޭޅުމާ މުސްލިމަކަށްނޫނީ ރާއްޖޭގެ ވެރިކަންނުކުރެވޭގޮތަށްއޮތުމާ ނިޒާމްބަދަލު
    ކުރުމާ ވަކިމީހަކު ބޮޑުވަޒީރުކަމަށް ހަމަޖެއްސުން