ކޮވިޑް-19 އާއިއެކު ކުރިމަތިވެފައިވާ ދަތި ހާލަތުގައި ވެސް ހުޅުމާލެ އިން އެންމެ އަގުބޮޑު ލަގްޒަރީ ފްލެޓެއް ގަނެފައިވާ ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހް ރައްޔިތުންގެ މަޖިލީހުގައި ހިޔާ ފްލެޓްތަކާއި ގުޅޭ ގޮތުން ދެއްކެވި ވާހަކައަށް އާއްމުންގެ އެކުވެރި ގުޅުމުން ރައްދުދީފިއެވެ.

ފަލާހް މިއަދު ވަނީ ހިޔާ ފްލެޓްތަކަކީ ޖަރީމާއެއް ކަމަށާއި ހިޔާ ފްލެޓްގެ މަޝްރޫއު ހިންގި މީހުންނާއި އަދި ސަރުކާރުން އެތަނަށް ކަނޑައެޅި ކުއްޔާއި ދެކޮޅަށް ވާހަކަ ދެއްކި މީހުންނަށް ފިޔަވަޅު އަޅަން މަޖިލީހަށް މައްސަލައެއް ހުށަހަޅާފައެވެ.

އާއްމުންގެ ޖަމިއްޔާ އިން އާއްމުކުރި ފަލާހްގެ މާލީ ބަޔާނުން ލިބެން ހުރި މައުލޫމާތައް ބަލާއިރު އޭނާގެ ބިމެއް މާލޭގައި އެބައޮތެވެ. އަދި މިއަހަރު އޭނާ ވަނީ ހުޅުމާލޭގެ އެންމެ އަގުބޮޑު އެއް ލަގްޒަރީ ފްލެޓް ބިލްޑިންގް ކަމަށްވާ އަކްއާވިޓާ އިން ހަތަރު ކޮޓަރީގެ ފްލެޓެއް ހަތަރު މިލިއަން ރުފިޔާއަށް ގަނެފައެވެ.

ހިޔާ ފްލެޓްތަކާއި ގުޅިގެން އާއްމުންގެ ކަންބޮޑުވުންތައް ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ އާއްމުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ހިޔާ މަޝްރޫއުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ވާނަމަ އެކަމެއް ބަލައި، ތަހުގީގު ކުރުމަކީ އެޖަމިއްޔާ އިން ވެސް އެދޭ އަދި ހިތްވަރުދޭ ކަމެއް ކަމަށެވެ.

"އެހެންނަމަވެސް އެކަމާއި ގުޅުވައި ވާހަކަ ދައްކަވާއިރު 7،000 އާއިލާގެ އެ "ކޮށްޓަށް" މަލާމާތް ނުކޮށް، އެކޮށި ޑިސްކްރެޑިޓް ނުކޮށް، އެކޮށީގެ އާންމުން ހޯދަން މަސައްކަތް ކުރަމުންދާ އަސާސީ ހައްގު ހޯދުމަށް ހުރަސް ނޭޅޭ ގޮތަށް ވާހަކަ ބައްޓަން ކުރުމަކީ ވަރަށް މުހިންމުކަމެއް." ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ހާއްސަކޮށް އަމިއްލަ އަދި އާއިލީ ނަމުގައި މާލެގައި ބިންތައް ހުރި، ކުލީގެ ވިޔަފާރި ކުރާ އަދި ކޮވިޑުގެ މި ދަތި ހާލުގައިވެސް ހަތަރު މިލިއަން ރުފިޔާގެ ލަގްޒަރީ ފްލެޓު ގަނެވޭވަރުގެ "އިއްޒަތްތެރި" މެންބަރުން ސަމާލުވުމަށް ޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ.

ސަބަބަކީ ހިޔާ ފްލެޓެ (އަދި އެހެން ކޮންމެ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއަކީވެސް) ބިންވެރި ކުލިވެރިންގެ އަމިއްލަ ވިޔަފާރިއަށް ގެއްލުން ވުންކަމަށް އެޖަމިއްޔާ އިން ބުންޏެވެ.

"ރައްޔިތުންނަށް ޓަކައި" އަދި "ހައްގު މިންވަރު" ފަދަ ބެނާތައް ފަހަތުގައި ފޮރިވިގެން ތިބެ އަމިއްލަ ވިޔަފާރި ހިމަޔާތް ކުރުމަށް، އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހުރަސް އަޅައި، މިހާރު އޮތް ކުލީގެ އަޅުވެތި ކަމުގެ ނިޒާމު އެގޮތުގައި ބެހެއްޓުމަށް ޒަމާނުއްސުރެ މަސައްކަތްކުރަމުންދާ "ސިޔާސީ ވެރިންނަށް" ފާރަވެރިވެ ހުށިޔާރު ވާންޖެހޭ ކަމަށް ވެސް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

މެންބަރު ފަލާހަކީ އެފަދަ ބިންވެރި ކުލިވެރިންގެ ހަމްދަރުދީވެރިއެއް ނޫން ކަމަށް އުންމީދު ކުރާކަމަށް ވެސް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

އަދި ހިޔާ ފްލެޓުގެ މަޝްރޫއު ހިންގުމުގައި ކަރަޕްޝަންގެ އަމަލެއް ވޭތޯ ބަލަން ކުރާ މަސައްކަތުގައި އާންމުންގެ ޖަމްއިއްޔާގެ ފުރިހަމަ ތާއިދާއި އެއްބާރުލުން ލިބޭނެ ކަމަށް ވެސް އެޖަމިއްޔާ އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. މޮހޮނު

    ބަލަގަ ފަލާހުމެން ތިދައްކާވާހަކަތަކުން ދޭހަވަނީ ރައްޔިތުންނަށް އަޅާނުލާ މިންވަރު ވޯޓަށް ނާންނާތި ނިކަމެތިރައްޔިތުންނަށް ހިޔާ ފުލެޓުވަރެއްނެތް ޔާމީނުވަރެއްނެތް ޖަރީމާ ހިންގަނީ މިސަރިކާރުން ފަލާހުމެން

    77
    2
  2. އަބްދޫ

    ފަލާހު މެނަށް މުއްސަނދި ކަން ލިބުނީ ކިހިނެތް . ފަލާހު ބައްޕަޔަކީ ސިފައިންގެތެރޭ ސިފައިންގެ ބަޒާރުކުރަން އުލުއްވި ބޭކަލެއް. ފަގިރު ހާލަތުންއަރައިގަނެތޯ އެ ގެއިން އެސްޓިއޯ އަސް ފިހާރަ ތަންކޮލެއް ކުއްޔަށް ހިފާފަ ހުރޭ. ފަލާހުގެ މަންމަ އަކީ ތިނަދޫ ބެކަނބަލެއް ގެގަ ގުޅަބަޖިޔާ ހައްދަވައިގެން ވިއްކަވަ ހައްދަވާ. ފަލާހުގެ ބޭބެ ސައްތާރު އަސް އެސްޓިއޯ އެފްޕިއައިޑީގެ އެސިސްސެންތް ޑިރެކްތަރުކަމުގެ ވަޒިފާ ދިން އިރުވެސް ދުށިން އެއްވެސް ފޯރުންތެރިކަމެއްނެތް. ވަޒީފާ މަތިވަމުންގޮސް އެފްޕިއައިޑީގެ ޑިރެކްޓަރަކަށް ސައްތާރު ވެގެން ދިޔަ؛. ވަކި ހިސާބަކުން ރިސޯޓެއް ގަނެލި އެއީ އަރި ބީޗް ރެސޯޓް. ބަޔަކު ވިއްކާލީމަ 100 % ޕޭކޮށްފަ. ރާއްޖެ އިން ތައިލޭންޑަށް ގެންދިއުމަށް ބަރުކުރާމަހުން ކޮންމެ ދަތުރެއްގާވެސް ދެތިންޓަނު މަސް މަދުވާނެ. މަސްބޭރުކުރަން ކުއްޔަށް ނަގާ ބޯޓް އާއެކު ހެދިފަ އޮންނަ އެގްރިމަންޓް ތައް ހުންނަނީ ބަދަލުވެފަ.އަގު ބޮޑުވެފަ. މަސް ބަންދުކުރާދަޅުގެ ޓިނު ޖަޕާނުންގެންނައިރު ފައިސާޕޭކުރަންޖެހޭނި ކަރުދާހު ކުންފުންޏަކަށް. އެކުންފުނި ވުޖޫދު ވަނީ ހޮންކޮންގު ހިސާބުން. އެފްޕިއައިޑީން މެދުވެރިވެގެން ރާއްޖެ ގެނެވޭ ހުރިހާ ތަކެތީގަ ސައްތާރު މެންގެ ކަތް ހުރޭ .އަނބިކަނަބަލުން މަރިޔާ ހުރި ކިޔަވަވަން ލަންޑަނުގަ ބަހައްތާފަ. އަލިފުށީގަ ބަން ޔޮޓް ނުވަތަ އޮޑި ބަނުމަށް ހުރިހާލަކުޑި އޯޑަރުކޮށްގެން ގެނައީ އެފްޕީއައިޑީން ލަކުޑި ޖަމާކުރަނީ ފެލިވަރަށް ފެލިވަރުން ބޯތް ބަންނަ ތަނަށް އުފުލަނީ. އެތަނުން ބައިލިބިގެން މެމްބަރުކަމަށް ވަޑައިގަތް އިއްޒަތްތެރި އެއް ފަލަހަކީ.

    84
    1
    • މާތްކަމޯ

      ކަލޯގަޔާ

      31
      1
  3. މަސްއޫދު

    ވަގު ފަލާހު ފަޅާއަރަނީ! އަގަމަޑުކޮށްގެން ހުރިނަމަ މާރަގަޅުވީހެއްނޫން! އެންޑީޕީގައި ގިނަވާނީ ވަގުން! ރޫހާނީ ލީޑަރަކީ އެންމެ ބޮޑުވަގޫ ދައުލަތުގެ ފައިސާ ކޭވަރެއްވެސް ނޭގޭ! މިހާރު އެހުރީ ހޮޓައްޖެންގެ އެއްފުލޯ ކުއްނަގައިގެން ހައި ސިކިއުރިޓީގައި ބަހައްޓާފަ! މިކަލޭގެ ދައްކާ ވާހަކައކަށް ޒިންމާ ނަގަންޖެހޭ މި ކަލޭގެއެއް ނޫންތޯ ނިކަމެތި ރައްޔިތުންގެ ފައިސާއިން އާ މަތިކުރުމަކީ ޚިޔާނާތެއް!

    69
  4. ކަލޯގަޔާ

    ކޮތަރުކޮއްޓެއް ބަކަރިކޮއްޓެއްކިޔާނެކަމެއްނެތް 2023ގައި ވޯޓްހޯދުމައްވެސް ދޮރުން ދޮރައް ކެމްޕޭނުގައި ކޮތަރު ކޮއްޓައްވެސް އަންނާނެ ވޯޓްހޯދުމައް!!

    74
  5. ކިނބޫ

    އެފްޕީއައިޑީ ފައިސާގަނޑު އަދިވެސް އަޑިއަޅާނުލާ މުޅި އައުލާދު ކައި ނަގާއިރު. ފިސާރި ވައްކަމެއް ކޮށްފަ އެބަހުރިތާ!

    61
  6. Anonymous

    ތިޔަ މަޖިލީހާ މޑޕ އަކީ މިގައުމުން އުވާލަން ވެފަވާ ކަމެއް.

    56
  7. ފަޒީ

    ކޮތަރު ކޮއްޓޭ ކިޔައިގެން މިވާހަކަދައްކާ މެމްބަރުންނަކީ ރައްޔިތުން ވޯޓުލާދީގެން ހޮވާމަގާމަކައް ކުފޫހަމަވާ ބަޔެއްނޫން އަދި އިއްޒަތެއް ގަދަރެއް ހުރި ބަޔެއްވެސް ނޫން. ރައްޔިތުންނައް ޖޯކުޖަހާކަށެއް ނޫނޭ ކަލޭމެންނައް ބޮޑު މުސާރަލިބޭ މަގާމުތަކައް ހޮވާފަތިތިބެނީ. މަގާމު ލިބުނީމަ ތިމާމެންނައް ތިމާމެން އޮޅިފައޭތިޔަތިބެނީ. މެމްބަރުކަން ލިބުމާ ހަމަޔައް ގޭގެ ކުލި ނުދެއްކިފަ ނުވަތަ ދަރިންގެ ޚަރަދު ނުދެވިފަ މަގުމަތީ ދަމާކަނޑަން އުޅުނު މީހުން އަދި މިއުޅެނީ ރައްޔިތުންނައް ކޮތަރުކޮއްޓޭ ކިޔައިގެން ޖޯކުޖެހޭތޯ.

    57
  8. ޝަފީގާ

    ބޯހިޔާވަހިކަމުގެ މަޝްރޫތަކާއި ދެކޮޅައް ވާހަކަ ދެއްކުމަކީ ޖިނާ ކުށަކައް ހަދަން އެބަޖެހޭ. އެދައްކަނީ އެތަކެއް ނިކަމެތި ރައްޔިތެއް ދިރިއުޅުމުގެ ވޭނުގެ ވާހަކަ. މިއީ ކުޑަކަމެއްނޫން. މިފަދަ މީހުންނައް އެބަޖެހޭ ބަދު ދުއާކުރަންވެސް.

    58
  9. ނައިކް

    ހިޔާ ފުލެޓު ވާހަކަ ބަހައްޓާ ތިޔަ ހަރަ އެޗުޑީސީއަކުން އަގު ހެޔޮކޮށް ވިއްކާށޭ ކިޔާފަ ރައްޔިތުންގެ ބިމުގަ ފުލެޓުއަޅަން އެސްޖޭ އަށާ ނާޒިމްގެ އާރުސީސީއަށް ދިން ބިންތަކުގަ މަސައްކަތްވެސް ނުފަށާ އިއުލާންވެސް ނުކޮށް ހުރިހާ ފުލެޓެއް ކުންފުނީގެ މުވައްޒަފުންނަށާ ތިމާގެ މީހުންނަށާ ޕާޓީކުދިންނަށް ބަހާ ހުސްކުރި މައްސަލައިގަ ބަހެއް ބުނާނެ މެންބަރެއް ހަބަރެއް ޖަހާނެ ނޫހެއް އޭސީސީއެއް ވެސް ނެތް..

    50
  10. ދޮގެއްތަ؟

    އެފްޕީއައިޑީ ޖަރީމާ ހިންގީ އަހަރުމެންގެ ބޭބެ ނަމަ ބޭބެގެ އެހީއާއެކު 4 ކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓެއް އަހަރުމެންވެސް ގަތީހީ.

    32
    2
  11. ގުޑުގުޑާ

    ހިއުމަން ރައިޓްސް ކޮމިޝަނަށް އައްޔަންކުރި އަނިޔާވެރި މަރިޔަމް މުނާއަށް މަޤާމު ހޯދައިދިނީ ފަލާހުގެ ނުފޫޒުންކަމަށް ރަށު ތެރޭގައި ކިޔާ އަޑުއެހިން.

    32
  12. ޖުހާ

    ފަލާހުގެ ސިޔާސީނުފޫޒުން ފަލާހުގެ ކޮއްކޯއަށް ހިއުމެންރައިޓުސްކޮމިސަނުގެ މެންބަރުންކަމާ އެތަނުގެވެރިކަން ހޯދަދީފައޮތީ. މިހަގީގަތް އެންޑިޕީ މަޖުލިހު މެންބަރުންނަށް އެގޭނެ.މިކަލޭގެ އާއިލާގެ ކިތައްމި ބައަކަށް ސަރުކާރުގެ މަގާމުތަށް ނުފުޒުން ބަހާ ނިންމާފި. އޭގެގިނަ މީހުންނަކީ އެމަގާމުތަކަށް ކުނފޫ ހަމަވާ ބައެއްނޫން. އަހުލާގެއް ހިލުމެއްނެތް ހިސާބުގަޑު މީހުންނާ ޒުވާބުކޮށް ފުލުހުންނާސިފައިންނަށް އައުގުރާނަ ގޮވަމުން މަގުމަތީ އުޅުނު ބައިގަނޑެއްތި. ބޭބެ ސަތޯއާ ހަމައިން ކޮރަޕްސަން އޮތީ ފެށިފައި އޭގެން ހޮދި ފައިސާއިން ރިސޯތުވެސް ހަދާފި މިކަހަލަ ކޮރަޕްތު މީހުން ކޮތަރުކޮއްޓޭ ކިއާ ނަގަމުން ދުވަނީ

    31
    1
  13. Anonymous

    ކޮރަޕްޓް ފަލާހަކީ މައުމޫނުވެރިކަމުގައި މައުމޫނުގެ ޅިޔަނު އިލްޔާސްއިބްރާހީމް ހިންގި އެފްޕީއައިޑީ ޚިޔާނާތުގެ ނާޖާއިޒު ފައިދާ ނަގައިގެން މާލެއިން ބިންތައްގަނެ ކޮތަރު ކޮށްޓާއި މީދާކޮށިފަދަ އިމާރާތްތައް ހަދާފައި ރާއްޖެތެރޭގެ ނިކަމެތި ރައްޔިތުންނަށް ތަނާއި ނުގުޅޭފަދަ ބޮޑުކުއްޔަށް ދީ ފައިދާ ނަގަމުންދާ މީހެކެވެ.މިހާރު އޭނަ ކެކި އަރައިގެން އުޅެނީ އޭނަގެ މީދާކޮށި ތަކުގައި ކުއްޔަށްއުޅޭ ގިނައަދަދެއްގެ މީހުންނަށް ހިޔާފުލެޓްލިބިގެން އޭނަގެ ކޮށިތައް ދޫކުރަމުންދާތީ އެބިޒިނަސް ދަށައް ދިއުމުންނެވެ. މިއީ މިބިޒިނަސް މާލޭގައި ހިންގާ މީހުން ރ.ޔާމީނު ވެރިކަމުން ފެއިލްކުރަން ބޭނުންވި އެއްސަބަބުވެސް މެއެވެ.

    33
  14. ގިރާވަރު

    ފަލާހުއާ ފަލާހުގެ ފަތިފުއް މާފަންނު މީހުންނަށް ވަރަށް ސާފު. މުއްސަދިވި ގޮތާ ތިގޯތި މީހުންގެ އަސްލު ހަގީގައް ގެޓް ވޭ. ނުތާހިރު ފައިސާއިން ތަތްތެޅިފައިތިބި ބައެއް

    33
  15. ރައްޔިތުދޭސީ އަހަންމދު

    ފުރަތަމަ ތިމާއަމިއްލަ ހައްގުހޯދޭތޯ މަސަތްކައް ކުރިއްޔާ މާރަނގަޅުވާނެ ރައްރަށުގަ އެލިބެނީ ހިލޭ 2000 އަކަފޫޓްގެބިން ބަލަފަލާހައްވެސް އެވަރުގެބިމެއް މާލޭންނުވަތަ ހުޅުމަލޭން ނުވަތަ ވިލިމާލޭން ލިބެންޖެހޭނެ އެއީގާނޫނު އަސަސީގައެބުނަ ހަމަހަމަކަން އޮންނަންޖެހޭނެ ރައްޔިތަކައްވީތީ ރައްރަށުގަ ލިބޭފަދައިން މިމާލޭގެ ރައްޔިތަކައްވެސް ލިބެންޖެހޭނެ އޭރުން ތިޔަކިޔާ ކަރެޕްޝަނައް ފުލެޓް އަޅައިގެން އެފުލެޓްތަކައްވަންނާނެ މީހަކު ނުހުންނާނެ ފުލެޓް ވިޔަފާރި ސަރުކާރުތަކުން ކޮއް ރައްޔިތުނިކަމެތިމީހާ އަޅުވެތިކުރަންވެގެން ބިންތައް ހިސޯރުކޮއް މާލޭގެ ރައްޔިތުންނައް ނުދެނީ މިކަން ހައްލުކުރިއްޔާމަރަނގަޅުވާނެ މިހާރު ތިމަމީހަ އެވަނީ ބޭޒާރު އަގުބޮޑު އެޕަޓްމެންޓް ގަތީ ކޮންގޮތަކައް ލިބުނު ފައިސާއެއްތޯ ރައްޔިތުންނައް ބުނެދެވިދަނެތޯ ލަދެއްނެތީމަ ނިކަމެތި މީހާވަންނަންލިބުނު ބޯހިޔާވަހިކަމައް މަލާމަތްތިޔަކުރަނީ ބަލަ އެމިހަޔައް ގަނޑުވަރަކައްވާނޭ ތިޔަކިޔާ ކޮތަރުކޮށި 100 އަކަފޫޓްގައުޅޭ ރައްޔިތަކައް ވެދުން

    25
  16. ކެޔޮޅު

    ފަލާހު ވަގުތުން ހަށްޔަރުކޮށް ލަގުޒަރީ އެޕާރޓުމަންޓު ލިބުނުގޮތް ތަހުގީގުކޮށް ފިޔަވަޅުއެޅުމަށް ގޮވާލަން ކޮތަރުކޮށްޓޭ ބަކަރިކޮށްޓޭ މީދާކޮށްޓޭ ގުރާކޮށްޓޭ ވަށްލަކޮށްޓޭ ކުރަނގި ކޮށްޓޭ ކިޔާނެކަމެއްނެތް މިޔަދު ތިޔަކޮތަރުކޮށްޓޭ ކިޔައިގެން މަލާމާތްކުރަނީ ފައިސަާގަނޑެއް ލިބިގެންކަން ޔަގީން މިކަން އޮށްބަން އެމްޑީޕީ ސިޔާސީ މީހުންގެ އާންމުބަހަކަށް ކޮތަރުކޮށިވަނީ ވެފަ.

    33
  17. ޙަސަނާ

    ހިޔާ މަސްރޫއު އަކީ މާލޭ ގެދޮރު ކޫލީ ވެރިންގެ މޫނުމަތީ ރައީސް ޔާމިން ޖެހި އެތިފަހަރެއް އެވެރިން މިކަމާ ވަރައްމޭކަރާނެ ގިނަވާނީ މޑޕ ބޮޑުން އެހެންވެ އިބޫ އާއި ނަސީދުވެސް ގުޅިގެން ފުލެޓުތައްނުނިންމަ ގިނަދުވަސްކުރީ އަގުބޮޑުކުރީ ބަލަ މާލެން ބިންވެރިން 200އަކަފޫޓުގެ 1 ކޮޓަރި އެޕާރޓް މަންޓުގަޑެއް ކުއްޔައް ދެނީ ދެމަހުގެ ކުލި އެދުވާންސުއައްނަގާފަ އެގާރަހާސް ރުފިޔާއައް ދެން ކޮންޖަރީމާއެކޭކިއާކައް ތީ ނިކަމެތިރައްޔިތުން އިތުރައް ނިކަމެތިކުރާ ޕާޓީ ސިޔާސީ ފިތުނަ ޅަސިކުޑިތަކައްވައްދައިގެން ގައުމުގެ ޒުވާންޖީލު ހަލާކު ކުރާ ބައިގަޑަކީ ތީ..

    32
    1
    • ސައްދު

      އިރާދަފުޅު ކުރެއްވިއްޔާ އަދި 17000 ފުލެޓް ޔާމީންގެ ދެވަނަ ވެރިކަމެއްގައި ހުޅުމާލޭގައި ބިނާކުރެވޭނެ.

      22
  18. Anonymous

    ނިކަމެތިންނައް ގެދޮރުކުއްޔައްދީގެން އާސްމާނުގައުޅޭ ބެޭފުޅުނައް މަޑުން ނުތިބެވޭނެނިކަމެތިން ގަނަތެޅެން

    29
  19. Anonymous

    ފަލާހުމެންކަހަލަ މަދުބަޔަކައް އުފަލާ އަރާމު ހައްގީ އެހެންމީހުންނައް އޮތީ މަނިކުފަާނުފަދަބޭފުޅުންނައްސަލާންޖެހުމާއި ނިކަމެތިކަމުގައުމުރުދިއުންއެގޮތައްމިއޮތީ ދިވެހިންނައް މަޖުބޫރު ކޮއްފަ މިސަގާފަތް އުފެއްދީ މައުމޫނިޒަމުން

    15
  20. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ހަމަމިހާރު ސިފައިންނާ ފުލުހުންނުކުމެ އެމްޑީޕީގެ ހުރިހާ ވަގުންހިފާ ހައްޔަރުކޮށް ސަރީއަތައް ހާޒިރުކުރޭ ވެރިކަމަކީ ރައްޔަތުންހަވާލުކުރާ އަމާނާތެއް އެކަމަށްމިހާރު އެވަނީ ހަރާންކޯރުވެ ފާލުންނެއްޓިފަ އަދިވެސް ރައްޔަތުންނައް ޖެއްސުންކުރަނީ

    17
  21. ޚޮ

    ތީ ބޮޑު ވަގއް

    15
  22. އައިސާ

    ތި ފަލާހު ތީ ވަރަށް މުޑުދާރު މީހެ ދުވާ ޓްރެކް ގަ ދުވަމުން މީހަކަ ބަލާލުމެނެތި މީހުން ގަޔަކުޅުތަޅާ މީހެ އަދި 2008ގެރިޔާސީ އިންތިހާބުގަ ވޯޓު ފޮށި ބަހައްޓާފަހުނަ ޓެންޓުގެ ސަތަރީގަ ކަޓަރު އެޅި މީހެ

    18
  23. ސުނީޒާ

    އެމްޑީޕީއަކީ ހަގީގަތުގައިވެސް މޯލްޑިވުސް ޑިސްޓުރަކްޝަން ޕާޓީ..

    17
  24. ސސ

    މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން، އެމީހުންގެ މައުސޫމުކަން ދައްކާދީ ރައްޔިތުންނަށް ވަރަށް ހެޔުބަޔަކަށް ހެދިގެން އުޅޭބަޔެއް މިސިޔާސީ މީހުންނަކީ !

    16
  25. ބަތޫތާ

    މާކުންބެ ފަލާހުމެން ކަހަލަ ޖައްބާރުން މިތިބެނީ މަޖުލީހުގަ ރައްޔިތުން ރިޕްރެސެންޓްކުރަން. ވައްކަން ކޮއްގެންނާ ރައްޔިތުންނަމުގަ ވަގު ލާރި ކައިގެންތިބޭ މިކަހަލަ މީހުންގެ އާފާތުން މިއުންމަތް ސަލާމަތްކުރައްވާށި

    18
  26. ހސ

    ހުރިހާވެސް މައްސަލައަކީ މީގެ ކޮންމެ ހައުސިން ޕްރޮޖެކްޓަކާއެކީ މާލޭގަ އަޅާފަމިހުރި ބިލްޑިންތަކުގެ ކުލިތަކައް މިއަންނަ ލޮޅުންތަކުން މިމީހުންގެ ލޭއިންތިހާއައްކެކި މިމަޝްރޫއުތައް ހިންގުން ހުއްޓުވުމައް ހުރުރަސްއެޅުން. އަދިގޯތިތައްދޭން މިވަރައް ގޮވަނީވެސް ހަމަ ހުރިހާބިންތައް މިމީހުން ނަގާހުސްކުރަން. މިމީހުންނައް އެގޭ މި 7000 ފުލެޓްތަކައް މީހުންގޮސް ނިމޭއިރު މާލެއިން މިމީހުން ނިކަމެތިންނަ ބޮޑުއަގުގަ ދީފަހުރި އިންސާނުން އުޅެން ހެޔޮވަރުނުވާ ވަރުގެ މަދުވެގެން 5000 މެހި ކޮށިހުސްވުމުން އެތަން .......

  27. Anonymous

    މާކުންބެމެން ތިހިސާބައް ގެންދިޔައީ ތިހިރަ އިލްޔާސް އިބުރާހީމް ހުރިހާކަމެއްގެ މުގުލުގަ މައުމޫނިޒަމް

  28. 2023ޔާން

    ޢިރާދަ ކުރެއްވިއްޔާ ތީގެން އެކަކަށްވެސް މަޖިލީހަކުން ޖާގައެއް ނުދޭނަން..2023 (އިނޮސެންޓް) ޔާމިން އަބްދުލް ޤައްޔޫމް އަށް...އިންޝާ ﷲ....

  29. ރަދީފް

    މާކުންބެ ކަލޭގެ ލަދު ކޮބާ؟؟ ވ.ވެދުން

  30. އިޒްވީނާ

    ވޯޓް ހޯދަން ނުގުޅާތި އަދި ނާންނާތި.