22:11

އަދަދު މައްޗަށް: 173 މީހުން ފައްސިވެއްޖެ.

ކޮވިޑް-19 އަށް އަތޮޅުތެރެއިން ފައްސިވާ މީހުންގެ އަދަދު މާލެ އިން ފައްސިވާ މީހުންގެ އަދަދަށްވުރެ މަތީގައި ހުންނަތާ ދެތިން މަސް ދުވަސް ވެއްޖެއެވެ. އަދި މިހާރު އަނެއްކާވެސް މިވަނީ އަދަދުތައް ކުރިއަށްވުރެ މައްޗަށް ގޮސްފައެވެ. ނަމަވެސް އެކަމަށް ވަކި ހާއްސަ ސަމާލުކަމެއް އެޗްޕީއޭ އިން ދެމުން އަންނަ މަންޒަރެއް ނުފެނެއެވެ.

އަތޮޅުތެރޭގައި އެރަށަށް ފަހު އަނެއް ރަށެއް ކޮވިޑާއި ގުޅިގެން ބަންދު ކުރަމުން ދާއިރު ހަމައެކަނި ރަށު ކައުންސިލެއް ނޯޓިސް އެއް ފޮނުވާލުން ފިޔަވައި އެޗްޕީއޭގެ ޒިންމާއެއް ނެތެވެ. އާބާދީ މާލެ އާއި އަޅައި ބަލާއިރު ކުޑަ އެތައް ރަށެއްގެ ހާލަތު ގޯހުން ގޯހަށް ދާއިރު ވެސް ބަލި ކޮންޓްރޯލް ކުރަން އެޗްޕީއޭ އިން ކުރާ އެއްވެސް ކަމެއް ނެތެވެ.

މިއަދު މާލެ އިން ފައްސިވީ 22 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 85 މީހުން ފައްސިވިއެވެ. އިތުރު އަށް މީހުން ރިސޯޓްތަކުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3541 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %3.25 މީހުން ކޮވިޑަށް ފައްސިވިއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު މިހާރު ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 1553 އަށް އަރާފައެވެ. މިއަދަކީ މިމަހު ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 20 މީހަކަށް މިހާރު ވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަން

    މިރަށު ތެރޭގަ ހުމާރޯގާ ފުރިފަ. ޓެސްޓެ އް ނުކުރޭ ޑަކްޓަރަށް ދެ އްކިޔަސް. މިރަށުން މާލެ ަައދި ބަ އެއ އް ރަށްރަށަށް ދިޔަމީހުންވެސް ޕޮޒިޓިވް. އެކަމަކުވެސް އަޅާނުލާ އެނގިތިބެ. އަހަރުމެން މި އުޅެނީ ކޮވިޑާ އެއއ އްކޮށް. އާއ އްމު ހާލަތުގަ.