އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ އަންހެން ނަރުހަކު ވަނީ ގަސްދުގައި މަރާލާފައި ކަމަށް ތުހުމަތުކޮށް ފުލުހުން ތަހްގީގު ފަށައިފިއެވެ.

އޭނާގެ މަރުގެ މައްސަލައިގައި ފުލުހުން ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާއަށް ކަމަށް މައުލޫމާތު ލިބެއެވެ. ފިރިމީހާ އަކީ ވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހެކެވެ.

ނަރުސްގެ މަރާއި ގުޅިގެން ފުލުހުން ތުހުމަތުތައް ކުރަން ފެށީ ދަން ޖެހިފައި ހުރި ކަމަށް ބުނެ ނަރުސް މީހާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާގެ ހަށިގަނޑުން ދަން ޖެހިފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުން ކަމަށް ވެއެވެ. ފިރިމީހާ ރިޕޯޓް ކޮށްފައިވާ ގޮތުގައި ނަރުސް މީހާ ދަން ޖެހުނީ އެމީހުން ދިރިއުޅެމުން އައި ގޭގައެވެ.

މިމައްސަލައިގައި ފުލުހުން އެއްވެސް މައުލޫމާތެއް ނުދެއެވެ. އާއްމުގޮތެއްގައި ދަން ޖެހިފައި ހުންނަ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ފުލުހުން މީޑިއާއަށް މައުލޫމާތު ހާމައެއް ނުކުރެއެވެ.

މަރުވި ނަރުސް މީހާގެ ޕޯސްޓްމޯޓަމެއް ހަދަން ފުލުހުން ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް އެކަން ވެސް ފުލުހުން ރަސްމީކޮށް ކަށަވަރުކޮށެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒާ

    ފުލުހުން އެއްވެސްމަޢުލޫމާތެއް ނުދޭއިރު ދެން ކޮންކަމަކާ ތޯ މިއުޅެނީ.

    10
    1
  2. Anonymous

    މިއީ ކޮންއިރަކު ހިނގައިގެންއުޅޭކަ ހާދިސާމެއްއްވެސް އެނގެންވާނެ ނޫންތޯ؟؟؟

    9
    2
  3. ބޮލި މުލައް

    ތިޔަ ތަނުގަ ތި އޮންނަ ލޯބީގެ ކުޅިގަނޑުގަ އެސޮރުވެސް ޖެހުނީތޯއްޗެއް.

    8
    2
  4. ނަމޫ

    ނޮޅިވަރަމުގައިވެސް ތިފަދަ ހާދިސާއެއް ހިނގި... ޔަގީނާ ގާތަށް އެނގޭ... ތިކިޔާ މޯޓަމެއް ވެސް ހެދި... ބިން މައްޗަށް އަޅާލި ފެން ފުޅިޔަކުން އެކަން ނިމިއްޖެ..