އައިޖީއެމްއެޗަށް ދެޑޮކްޓަރަކު ހޯދަން ކުރި އިއުލާނެއްގައި ޑޮކްޓަރެއްގެ މުސާރައަކީ -/15090 ރުފިޔާ ކަމަށް އޮތުމުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އަލުން އަނެއްކާވެސް ޑޮކްޓަރުން ހޯދަން އިއުލާން ކޮށްފިއެވެ.

ކުރިން އިއުލާން ކޮށްފައި އޮތީ ދެޑޮކްޓަރަކު އައިޖީއެމްއެޗަށް ހޯދާށެވެ. މިއަދު އަލުން އިއުލާން ކުރިއިރު ފަސް ޑޮކްޓަރަކު ހޯދަން އިއުލާންކޮށް އިތުރު ކެޓަރީތަކެއް ވަނީ ހިމަނާފައެވެ.

މިއަދު ކުރި އިއުލާންގައި ސީނިއާ މެޑިކަލް އޮފިސަރުންގެ ކެޓަރީގައި ވެސް ތިން އަދަދެއްގެ މުސާރަ ލިބޭނެ ކަމަށް ބުނެފައި ވެއެވެ. ސީއެސް 14-4 ގްރޭޑުގައި ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެއް ނަމަ މުސާރައަކީ -/22040 ކަމަށެވެ. ސީއެސް 14-3 ގްރޭޑުގައި ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެއް ނަމަ މުސާރައަކީ -/21070 ރުފިޔާ އެވެ. ސީ.އެސް 14-2 ގްރޭޑުގައި ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެއްގެ މުސާރައަކީ -/20110 ރުފިޔާ އެވެ.

މެޑިކަލް އޮފިސަރުންގެ މުސާރަ ފަސް ކެޓަގަރީއަކަށް ބަހާލައިގެން މުސާރަ ދޭނެ ކަމަށް މިއަދުގެ އިއުލާންގައި ބުނެފައި ވެއެވެ. އެންމެ ބޮޑު މުސާރައެއް ލިބޭނީ މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު ޓީޗިންގ ހޮސްޕިޓަލެއްގައި މަދުވެގެން އެއް އަހަރު ދުވަހުގެ އިންޓަރޝިޕް ފުރިހަމަކޮށްފައިވުމާއެކު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުމާއެކު މެޑިކަލް އޮފިސަރެއްގެ މަގާމުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑޮޮކްޓަރުންނަށެވެ. އެފަދަ ޑޮކްޓަރެއްގެ މުސާރައަކީ -/19230 ރުފިޔާއެވެ.

އެންމެ ކުޑަ މުސާރައެއް ލިބެނީ މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި މަދުވެގެން އެއް އަހަރު ދުވަހުގެ އިންޓަރޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރުންނަށެވެ. އެފަދަ ޑޮކްޓަރުންގެ މުސާރައަކީ -/15090 ރުފިޔާއެވެ.

މިއަދު ކުރި އިއުލާންގައި ވެސް ސާވިސް އެލަވަންސަށް -/6150 ރުފިޔާ ދޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ވެސް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

ޑޮކްޓަރެއްގެ މުސާރައަކީ -/15000 ރުފިޔާ ކަމަށް އައިޖީއެމްއެޗް އިން މިހަފްތާގައި ފުރަތަމަ އިއުލާން ކުރުމާއިއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. ކަންބޮޑުވުން ފާޅުކުރި މީހުން އެންމެ ބޮޑަށް ފާހަގަ ކުރީ ވަރަށް ބޮޑެތި ލޯނުތައް ނަގައިގެން ޑޮކްޓަރުކަން ކިޔަވައިގެން ރާއްޖެ އައިސްފައިވާ ޑޮކްޓަރުންނަށް ކުޑަކުޑަ މުސާރައެއް ދޭން ނިންމާފައި އޮތުމުންނެވެ.

ފާޑުކިޔާ ފަރާތްތަކުން ވަނީ ޑޮކްޓަރެއްގެ މުސާރައަށް ވުރެ ސަރުކާރުން ސިޔާސީ މަގާމުތައް ދީފައިވާ އެމްޑީޕީ އެކްޓިވިސްޓުންގެ މުސާރަ ވެސް ބޮޑުކަން ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަރީ

    މުސާރައަށް އެވަރު އޮތަސް އެމީހުނަށް ގެއަށް ގެންދަން 45000 ރުފިޔާ ލިބޭނެ ހުރިހާ އެލަވެންސެއް ލައިގެން

    7
    5
  2. މުރާސިލް

    ޤައުމުގެ ވެރިކަމުގައި ވަގުންނާއި ޚާއިނުންނާއި ޣައްދާރުން ތިބޭ ކޮންމެ ޤައުމެއްގައިވެސް ކަންކަން ހިނގާނީ ހަމަ މިމަގުންނެވެ. މި އަނިޔާވެރިކަމުން މިޤައުމު ސަލާމަތްވުމަކީ އަޅުގަނދުގެ ދުޢާއެވެ.

    11
    1
  3. އަބުދުﷲ

    އެއްމެ ބޮޑު މުސާރައަކީ 15000 ރުފިޔާ ކަމުގަ ހެދުމުން ވަރައްގިނަ ކަންތައް ރަނގަޅުވެގެންދާނެ .!!!!! ހަމަހަމަކަން އިންސާފު ގައުމުދެކެ ލޯބިވުން އިންފުލޭޝަން ބޭރުގައުމުތަކައް ދެރުން.

    4
    2
  4. ލީލޮ

    ކިހާ ދެރަކަމެއްތަ ނުޖެހޭ ލައްކައެއް ދޭކަށް.

    5
    3
  5. ޚީކ

    15000 ކުޑަ އެއްނޫން

    4
    2
  6. އަސްވާނު

    ހަޅޭއްލަވާ މަރުކަޒަށް މީހަކަށް 85000 ދެވޭނެ

  7. ޙުސައިން

    މިމުސާރަ ކުޑައެއްނޫން. ސިޔާސީ މީހުންގެ މުސާރަ މާބޮޑީ

  8. Anonymous

    މަޖިލިސް މެންބަރުންގެ މުސާރަ ނިކަން ކެރެންޏާ 15000 ހަދާލަބަލަ ގައުމުގަ މީހަކު ދިރި އުޅުނަ ނުދޭނެ.

  9. ގަމާރުން

    މަ ހީކުރީ މި ޑޮކްޓްރުންނަކީ ވަރަށް ބޯރަނގަޅު
    ބައެއް ކަމށް. ކީއްކުރަންތަ ބޮޑު ލޯނު ނަގައިގެން ކިޔެވީ ؟ ލޯނު ނުނަގާ ނުކިޔެންޔާ ، ނުކިޔަވާހުރެ ސިޔާސީ މަގާމަކަށް ކުރިމަތިލަބަލަ. އޭރުން ބޮޑު މުސާރަވެސް ލިބޭނެ. ކަމެެއް ކުރާކަށްވެސް ނުޖެހޭނެ. ދޭތެރެއަކުން ބަޔާނެއް ނެރެލާފަ މުޒާހަރާއެއްގަ ހަޅޭއްލަވާލީމަ އެވީ.

    2
    1
  10. ޫނެެ

    15000 އެއީ ބޭސިކް އެކަނި، ލިޔާނެ އިތުރު ހަބަރެއް ނެތީ؟

  11. އަލީ

    ޖުމްލަ ގެޔައްގެންދަން ލިބޭވަރު އިއުލަނުގަ ހިމަނާލިނަމަ ރަގަޅުވީމުސް. ކިތަންމެ ބޮދުމުސާރައެއްދިނަސް ތިމީހުން އައްނާނެދުވަހަކު އައްނަނީ.،