މިދިޔަ ދެ ދުވަހު ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް އަންނަ ބައެއް ހުށަހެޅުންތަކާ ގުޅޭ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިދިޔަ ދެ ދުވަހުގެ ތެރޭގައި ނަޝީދު ވަނީ މަޖިލީހުގައި ތިއްބަވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންނާއި، އަލަށް އުފެއްދި އެމްއެންޕީގެ ލީޑާޝިޕްއާއި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްއާ ބައްދަލު ކުރައްވައިފައެވެ. އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ވެސް އެ ޕާޓީގެ ރައީސްގެ މަގާމު ފުރުއްވާ ނަޝީދު ބައްދަލު ކުރެއްވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވި ގޮތުގައި، ބައްދަލުވުންތަކުގެ މައިގަނޑު ސަބަބަކީ އެކި ފަރާތްތަކުން ގާނޫނު އަސާސީއަށް އެކި އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅާތީ ކަމަށެވެ. އެފަދަ އިސްލާހެއް ގޮތުގައި ނަޝީދު ފާހަގަ ކުރެއްވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ހުށަހެޅުމެއް އެބަވޭ، އަދި އެ ނޫން ވެސް ގިނަ ބަދަލުތަކެއް ގާނޫނު އަސާސީއަށް ގެންނަން ވަރަށް ގިނަ ފަރާތްތަކުން ބޭނުންވާ ކަން އަޅުގަނޑަށް އެބަ ސާފުވޭ،" ނަޝީދު ވިދާޅުވިއެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަންވާނީ ހުރިހާ ސިޔާސީ ޕާޓީއެއް ވީހާވެސް ބޮޑަކަށް ބައިވެރިވެގެން ގުޅިގެން ކަމުގައި ގަބޫލު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. "އަޅުގަނޑު މި ސިޔާސީ ޕާޓީތަކާ އެކީ މަޝްވަރާ ކުރީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތަކީ ހުރިހާ ޕާޓީތަކެއް ގުޅިގެން އެކުގައި ކުރެވޭ މަސައްކަތަކަށް ވުމަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތް ކަމުގައި އަޅުގަނޑު ދެކޭތީ،" ނަޝީދު ވިދާޅުވިއެވެ.
މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަމުންދާތާ 13 ވަރަކަށް އަހަރުވީއިރު، މި ގާނޫނު އަސާސީއަށް އަމަލު ކުރުމުގައި ހުރި ދަތިތައް ހައްލު ކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ ރާއްޖޭގެ ސިޔާސީ ހަގީގަތް ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަކަށް އެތުރިގެން ދިއުން،" ނަޝީދު ވިދާޅުވިއެވެ.
ޖޭއެސްސީއާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ނަޝީދު ވިދާޅުވިއިރު، އެ ކޮމިޝަންގައި ނަޝީދު ހިމެނޭހެން ސިޔާސީ ބޭފުޅުން ތިއްބަވާތީ ރައްޔިތުންގެ ފާޑުކިއުން އިންތިހާއަށް އޮވެއެވެ.
ގާނޫނު އަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، ރައީސްގެ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވައެވެ. އެހެންވެ ކޮމިޝަން މެދުވެރިކޮށް ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެއެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ ވެރިކަމުން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި ބައްދަލުވުންތަކުގައި ނަޝީދު އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަން އެނގިފައިވެއެވެ.
ނަޝީދުގެ އިރުޝާދުގެ ދަށުން މި ކަމަށް އެދި ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށް، އެ ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެ ކަން އިންތިޒާމު ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، 50،000 އަށް ވުރެ ގިނަ މީހުން ޕެޓިޝަންގައި ސޮއިކޮށްފައިވެއެވެ.
2007 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ނަޝީދުއާއި އެމްޑީޕީން ތާއީދު ކުރީ ވެސް ބަރުލަމާނީ ނިޒާމަކަށެވެ. އެކަމަކު ރައްޔިތުންގެ 60 އިންސައްތަ އަޣުލަބިއްޔަތު ލިބުނު ރިޔާސީ ނިޒާމަށް ތާއީދު ކުރާ މީހުން ވެސް އެމްޑީޕީގައި މިހާރު މަދެއް ނޫނެވެ. މި ގޮތުން، ރައީސް ސޯލިހްގެ ފެކްޝަންގެ ގިނަ ބޭފުޅުން ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.
ނިޒަމު ބަދަލުކުރުމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވާ ހަމައެކަނި ވާހަކައަކީ، ނިޒާމުގެ ބަހުސަށް ވުރެ އެމަނިކުފާނުގެ ސަމާލުކަން ހުންނެވީ ވައުދުފުޅުތައް ފުއްދެވުމަށް ކަމަށެވެ. އަދި ނިޒާމު ބަދަލު ކުރެވޭނީ ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ވެސް ރައީސް ވިދާޅުވެއެވެ.
ޖޭއެއްސީ ކެނެރީގެއަށް ބަދަލުކުރަންތަ ވާހަކަދެކެވުނީ!
އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް ، މަޖިލީހުގެ ރައީސް ، ޖޭއެސްސީގެ ރައީސް ، ހޮޓެލް ޖެންގެ އެއް ފްލޯގެ ރައީސް، ދެން 2007 އަހަރުން ފެށިގެން މައުމޫނާ ދިމާ އަށް ގޮވި އެއްޗެތި ކޮބާ؟ ރަނގަޅަށް ވިއްޔާ ޖޭއެސްސީގެ ރައީސް ކަން ވެސް ބޭނުން ވީ ޗޯއްޗެއް؟
ހަމަ ރަގަނޅަށް ތިބުނީ!! މީނާމީ ހުރިހާބާރެއް މުށުތެރެއަށްލައުގެން ނުވިތާކަށް ރައިސް އިބޫވެސް އެންމެފަހުން ބޮޑާހާކައިގެން ޖީބަށްލއިގެން އުޅޭ ނަމުގަ ވަރަށް ޑިމޮކްރެޓިކް ބަހާ ޢަމަލުން ވަރަށް ޚުދުމުޚުތާރު މީހެއް!! ގައުމުގެ ޣައްދާރެއް!!
ދުނިޔެއަށް ކުރިމަތިވެފައި މިވާ ކޮވިޑަށް ވުރެ އުނދަގޫ ބޮޑު ސުންޕާ އެއްޗެއް
ދޮގު ބޯގެރި. ތިންއިނގިލި ކޮބާ؟ އިނގިލި ބޮއެބޮޢެ އަނެއްކާ ދިރުވާލީދޯ.
ހުސްދޮގު..
ވަރަށް ހީވޭ ކޮއްމެވެސް އަމިއްލަ އެދުމެއް ކުރިޔަށް ނެރެގެން ޕާޓީތަކުގެ ވެރިން ބޮލަށް ޗިޕެއްޖަހައިގެން އެކަންކާމިޔާބު ކުރެވޭތޯ ކުރިބައްދަލުވުން ތަކެއް ހެން ހީވަނީ
ބޮޑު ވަޒީރުކަން ލިބޭތޯ ހުރިހާ ކަމެއްވެސް ތިޔަ ކުރައްވަނީ.
ބުހުތާން ދޮގު އަދިއެގޭނެ ދޮގެއް ހެދޭނެ ގޮތެއް ނެތިއްޔާ ތެދެއް ބުނެފާނެ ތީބޮޑު މުނާފިގެއް މި އުއްމަތު އިބިލީސް
އަޅުގަނޑަކީ ވެރިކަން ބޭނުންވި މީހެއްނޫން އެކަމު ރައީސްކަމާއި ބަގުޑިބެއްދިން! އަޅުގަނޑަކީ މަޖްލީހުގެ ރައީސްކަން ބޭނުންވި މީހެއްނޫން އެކަމު މަޖްލީހުގެ ރައީސްކަމާ ބަގުޑީބެއްދިން! އަޅުގަނޑަކީ ބޮޑުވަޒީރުކަން ބޭނުން މީހެއްނޫން......! ވެރިކަމަށް ބޫތެއްނުކަން! ހަމަ ރައްޔިތުންނައްޓަކާ މިއުޅެނީ! ގިނަމީހުން ގިނަ މީހުން އެބަ ބުނޭ އަޅުގަނޑަށް މިލްކުކޮއްފަ ދައުލަތްދޭށޭ ތިންބާރުވެސް މަޖުލީހަށް ފުރޮޅާލާފަ!
ޖޭއެއްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ވައުދުވެގެން ސުޕަރ މެޖޯރިޓީ ރައްޔިތުން ދިނީ! އަދިވެސް އެކަން ނުވޭ! ހަމަ އިދިކޮޅުން އެއްބަސް ނުވެގެން އެކަން ނުވެ ތިޔަ އޮތީ؟ ނޫނީ ބޮޑު ވަޒީރުކަން ނުލިބިގެން؟
ސާބަހޭ ކޮންމެސްގޮތަކުން ވެރިކަން ލިބޭތޯ
ތިންބާރު ވަކިކޮށްފަ ތިންބާރު މުށުތެރެއަށްލުން މީނަގެ ސިޔާސަތަކީ.
ދިވެހި ތާރީހުގަ ނަަސީދުގެ ނަން ލިޔެވިގެންދާނީ ސިރިސިއްތި ބަވަނަ ސޫލާސިރާޒު މަހާރަދުން ގޮތުގަ. މީނައަކީ ޑިމޮކުރަސީއޭ ރައީސެކޭ ކިޔާވަރު މީހެއް ނޫން.