ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 1،000 މީހުން ހަމަނުވާ ރަށްތަކުން މީހުން ބާލަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފުލިދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މައްސަލާގައި އެންވަޔަރަމަންޓް ކޮމިޓީން އެކުލަވާލި ރިޕޯޓުގެ ބަހުސްގައި، ޖާބިރު ވިދާޅުވީ ރާއްޖެ ސަލާމަތް ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ މައްޗަށް ކަމަށެވެ.
ޖާބިރު ވިދާޅުވީ އިންސާނުން ދިރިއުޅެވޭ ވަރަށް ރާއްޖޭގައި ހަތަރު ސިޓީއެއް ތަރައްގީކޮށް، ހަމައެކަނި އެ ސިޓީތަކުގައި މީހުން ދިރިއުޅެވޭ ގޮތަށް ކަންކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ބައެއް ރަށްރަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން މީހުން ބެހެއްޓުން ވެސް ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންސާނުން ދިރިއުޅެން ހަތަރު ސިޓީއަކަށް ގައުމު ބަދަލު ކުރަން ޖެހޭ، ބައެއް ރަށްރަށް އެބަ ޖެހޭ އަޅުގަނޑުމެން އަންނަން އޮތް ޖީލުތަކަށް ވެސް ބާއްވަން، އެހެންވީމަ 1000 މީހުން ހަމަނުވާ ރަށްތަކުން އެ މީހުން ބާލަންވީ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އެ ކަން ކުރަން ވާނީ އަސްކަރިއްޔާ ބޭނުންކޮށްގެން ނޫން ކަމަށެވެ. އެ މީހުން ބަދަލު ކުރާ ރަށްރަށުގައި އަސާސީ ޚިދުމަތްތަކާއި ވަސީލަތްތައް ގާއިމް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"މީހުން ބާލުވާ ރަށްތައް، ބައެއް އަތޮޅުތައް ވެސް ދެންވީ، ޓެކްސް ސިޓީއެއް އަޅަން ހަވާލު ކުރަން، މި ނޫން ގޮތެއް ނެތެއް ނޫންތޯ، އަޅުގަނޑުމެންގެ ދައުލަތަށް އާމްދަނީ ހޯދަން" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރާއްޖެ އަޑިއަށް ގޮސްދާނެ ވާހަކަ ދެކެވޭއިރު، އަޑިއަށް ނުދާނެ ތަނެއް ދިވެހިން ދިރިއުޅެން ހޯދަން ޖެހޭ ކަމަށެވެ. ހަމައެކަނި ވާހަކަ ދައްކަން ތިއްބަސް ނުވާނެ ކަމަށާއި މި ކަންކަމަށް ހައްލެއް ހޯދަން ޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
މީހަކު އަނެއް މޮޔަގޮވަންފެށީދޯ. މިއުޅެނީ މީގެ މަހެއްހާދުވަހު ގޮވިމޮޔަ ހަނދާން ނުނެތި އަދި.
ފުރަތަމަ ކަމަކީ ސިކުނޑި ހަމަނުޖެހޭ މީހުން މަޖްލިސްތަކުން ބޭރުކުރުން! އެކަން 1000 ހަމަ ނުވާ އާބާދީތަކުގެ ރައްޔިތުން ކުރަންވީ! ތިމަންމެނަށް ތިމަންމެންގެ މަތިން ބަސްބުނަން ޗޫސްކުރެވުނު ބައެއް ފަރާތްތަކަކީ ގަމާރުންކަމާ ތަހްޒީބު މުޖްތަމަޢުތަކުގައި އުޅެން ނޭނގޭ ބައެއްކަމާ މޮޔަގޮވާ މީހުންކަން ފާހަގަވި ހިސާބުން މިފަދަ ފަރާތްތައް ބަދަލުކުރަން ތިޔަބުނާ އާބާދީތަކުގެ ރައްޔިތުން ނިކުންނަންވީ!!
ރަގަޅުވާހަކައެއް..
މީހުން ބޭލުމަކީ ރަގަޅު ގޮތެއް ނޫން. އެރަށް ރަށުގައި ދިރިއުޅޭ މީހުން އެކަން ދަނެގެން އުޅެންވީ.
ޖާބޭ ކަހަލަ ވިސްނުންފުޅު މީހުން ތިބިނަމަ ރައްޔިތުންގެ މަޖިލީހުގެ ރަންގަޅު ވީސް،
ކަލޭ މަރެއްވެސް ނުވާނެ
ބަރާބަރު
ޖާ މިހާތަނަށް ދެއްކި އެންމެ ރަނގަޅު ވާހަކަ..
ޖާބިރު ބުންޏަސް އެއީ ބިނާކުރަނިވި ވާހަކަތަކެއް. 1000 މީހުން ހަމަނުވާ އާބާދީތައް ބިން އޮތް ރައްތަކަށް ބަދަލުކުރުން އެއީ އަވަސް ތަރައްްޤީއަށް ހުޅުވިގެންދާނެ ދޮރެއް. ޢެކަމުވެސް އެއީ ވެރިކަމުގެ ތިބި ބަޔަކު އިހްލާސް ތެރިވެ ކަރަޕްޝަން މަދުކޮށް ރައްޔިތުންގެ ލާބަޔަށް ކަމެއް ކޮށްދޭން ތިބިކަމުގައިވާނަމަ.
ތާއީދު
މާ ލަސްވެއްޖެ
ޖާބިރު 1000 މީހުން ހަމަ ނުވެއޭ ކިޔާފައި ދިވެހިންގެ ވަޒަންވެރި އެއްވެސް ރަށަކުން ދިވެހިން ބާލަން ގޮވަން ޖާބިރަކީ ކާކު. ނުޖެހޭނެ ކޮންމެހެން ބަދަލުވާކަށް. މިހާރު ފަޅު ރަށްރަށް ހުސްވީމާ ކުދި އާބާދި ތިބި ރަށްރުން މީހުން އެތަން މިތަނަށް ފޮނުވާލައިގެން އެރަށްތައް ވެސް ވަގަށް ނުނެގިގެން އުޅެނީ. އެކަމެއް ދެން ނުވާނެ ތިޔަ ސިޔާސީ މާފިޔާ ގްރޫޕަކަށެެއް. މިހާރު ދިވެހިން ވެސް މިދަނީ ހޭ އަރަމުން.
އިބްލީހުގެ ފަރާތުން ވެސް ރަނގަޅު ވާހަކަތައް އައިސްފައި އެބަހުއްޓެވެ. ތިޔައީ އެފަދަ ރަނގަޅު ވާހަކައެކެވެ. 1000 މީހުން ހަމަނުވާ ރަށްރަށުގެ މީހުންނަށް ގެދޮރު ހިލޭ ދީފައި، އަދި ދިރިއުޅެން ފެށުމަށް އާއިލާއަކަށް އެއްލައްކަ ރުފިޔާ ދިނަސް މިހާރު ރަށްތަކަށް މި ހިނގާ ޚަރަދަށްވުރެ އެތައް ގުނައެއް ކުޑަވާނެއެވެ. އެހެނީ އާބާދީގައި 50 މީހުން ހަމަނުވާ ރިނބިދޫގައި ވެސް 5 ކައުންސިލަރުން ތިބއެވެ. މީގެ އިތުރުން ކައުންސިލް އިދާރާއަކާއި، ރަށު ކޯޓަކާއި، ސްކޫލަކާއި، ސިއްޙީ މަރުކަޒަކާއި، ފެނަކަ ބްރާންޗަކާއި، މިސްކިތްތަކަށް ޚަރަދު ކުރަންޖެހެއެވެ. އަދި މިސަރުކާރުގެ ސްޕޯޓްސް ކައުންސިލަރާއި، އެގްރޯ ކޯޑިނޭޓަރާއި، ޒުވާނުންގެ މަރުކަޒު މެނޭޖަރަށް ވެސް މަހަކު އެތަކެއް ރުފިޔާ ޚަރަދުވެއެވެ.
ކުލީގެ އަޅުންނަށް ހަދަން ވެގެން.... 1000 ހަމަ ކުރަން އެތަންތާނގައި ވަޒީފާ އުފައްދަބަލަ.. ޖާބިރު.. މީ ހަމަ ބިރެއް,. ބޮޑު ބިރެއް .
ވަރަށް ރަނގަޅު ކަމެއް.. މިހާރުވެސް 2 މީހުނާ ފަޅި އުޅޭ ރަށްތައްވެސް އެބައޮތް.. މުސްކުޅިވެރިން ގޮތް ދޫނުކޮށް ތިބެނީ ރަށުން ނުފައިބަން، ބޮޑު އަގުގަ ގެސްޓްހައުސް ހަދަން ގޯތި ކުއްޔަށް ދޭން…
ތާއީދު
ތާއީދު ކުރުންލަސްވެފަ ނުކުރެވި ވާކަމެއް
ޖާބިރުގެ މުޅި އުމުރުގަ ވެސް ބުނެވުނު އެންމެ ރަނގަޅުވާހަކަ ތިޔައީ . 1000 ންދަށުގެ އާބާދީ ތަކުގަ މީހުން ދިރިއުޅުމުގެ ސަބަބުން ދަވްލަތުން ގިނައަދަދެއްގެ ފައިސާ ބޭކާރުވެގެނއެބަދޭ. ބޭކާރުގޮތުގަ ހޭދަކުރެވޭ ބައިތަކުގެތެރެ ރަށުގެ އެޑްމިން އާއި ސިއްހީ ހިދުމަތާ އެޑިޔުކޭސަން ދާއިރާ ހިމެނޭ. ސިއްހީ ހިދުމަތަށް ބޭރުން ޑޮކްތަރަކު ގެނެސް ޑިއުޓީ އަދާކުރަންޖެހޭ. އެންމެ ބަލިމީހަކު ބަލަންނުޖެހެ އެތައްދުވަހެއް މަހެއްގެތެރޭ ހިގާ ރަށްތަކެއްވެސް އެބަހުރި ވީމާ ހިދުމަތްދިނުމުގެ ބޭނުމުގަ ރައްޔިތުންގެ ޓެކްސް ފައިސާ އެކުރެވެނީ ބޭކާރު. ސްކޫލް ތައް ހުލުވަ ކްލަސްރޫމް ތައްހަދަ ކްލާސް ތަކަށް ކުދިންބަހަ އިރު މައިގަންޑު ގޮތެއްގަ 30 ދަރަިވަރުން ކޮންމެ ކްލަހެއްގަ މިނިމަމް މިންގަޑެއްކަމަށް ބެލިފަވޭ. މިގޮތަސް ދަރިވަރުންނެތި ޓީޗަރުން ގެ ގައޑިތަކުގަ އެންމެ ކްލާހެއް ނުވަތަ ދެތިން ކްލާސް ނަގަންޖެހެ ކިތައް ރަށް ރާއްޖޭގަ އެބައޮތްބާ .މިއިވެސް ހިދުމަތް ދިނުމުގެ ބަދަލުގަ ތރައްޔިތުންގެ ޓެކްސް ފައިސާން ކުރެވޭ ބޭނުމެއްނެތް ހަރަދު ތައްކަމުގާ އެބަބެވޭ. ކިޔަވަކުދިންނަށް ޓީޗަރުން ހަމަނުކުރެވޭ ވާހަކަ ދައްކަމުންދައިރު ދަރިވަރުންގެ އަބަދީ ގެ ނިސްބަތުން ބަލައިފިނަމަ ބޭނުންވަ އަދަދަށް ވުރެ ގިނައިން ޓީޗަރުން ރާއްޖޭގަ އެ ތިއްބެވި. އާބަދީ އަށް ނިސްބަތް ކޮށްބަލާއިރު ސިްހިދާއިރާވެސް އޮތީ ޑޮކްޓަރުންނާ ނަރުހުން އިތުރުވެފަ. ނަމަވެސް ނަރުހުން ޑޮކްޓަރުންނެތް އެތައްރަސެއް އެބަހުރި .މިއީވެސ ްހިދުމަތް ދިނުމުގެ ބަދަލުގަ ރައްޔިތުން އަތުން މިނަގާ ޓެކްސް ފައިސާއިން ކުރެވެމުންދަ ބެކަރު ހަރަދު . ޖާބިރުގެ ހިޔާލު ތަންފިޒު ކުރެވިއްޖެ ނަމަ ޓެކްސް ފައިސާއިން ކުރެވޭ މިހަތަދުތައް ފައިދާހުރި ހަރަދު ތަކަށް ބަދަލުވެގެންދަނެ.
މިއަދު ހަމައިގަ ހުންނެވި ދުވަހެއްހެން ހީވަނީ!
ކަލޭ އަށް ރަށް ދީ އަހަރެމެން ޖަލު ގޮޅިތަކަށް ،،ޔައުނީ ފްލެޓް، ގުރާ ކޮށިލައިފަށް ލާ ކަލޭމެން ދިވެހި ރާއްޖޭގެ ރީތިކަން ވިއްކައިގެން ފައިދާ ނަގާ، ކުދި މުސާރަ ދީ ދިވެހިން އަޅުވެތިކޮށް ގަނަ ތަޅުވަން...ދިވެހިންނަށް ހައްގީ މި ވަރެއް ނޫން
މާ ލަސްވެއްޖެ
ވަރައްރަނގަޅު ވާހަކައެއް މިސާލަކައް ބ ކުޑަރިކިލި 4 ބޯހަމަނުވޭ މާސިންގާ ބަނދަރާ އިންޖީނުގެޔާ ސްކޫލާ މީކޮންފަދަބޮޑެތި އިސްރާފު މާރަނގަޅުވާނެ ބ ގޮއެދޫ އެބޮޑުރަށައް ކުދިއާބާދީތައް ބަދަލުކުރިއްޔާ ފައިސާ އިސްރާފުވުން ކުޑަވާނެ ދައުލަތައްވެސް މީކުރަންވެއްޖެ ކަމެއް
ތިޔަ ހުރިހާ ރަށެއް ޖާބެއައްދީދެން ދޯ ޖާބޭ.
100 މީހުން ހަމަނޫވާ ރަކައް ކޭބަލު ކާރުން ގުޅަން ބުނީކީއްކުރަންތޯ! މީހުންބަލުކުމަކީ އާބާދީއައް ބަލައިގެން ކުރަންޖެހޭކަމެއް ނޫން! ރައް ޖޯގުރަފީގޮތުން އޮތްތަނާ ލިބެންހުރި ވަސީލަތް ތަކާ ބޮޑުމިނާ މިގައުމަކީ ޖަޒީރާގައުމެއް ސިޓީތަކެއް މިތާހަދާނެކަމެއްނެއް! ހިންނަރު ނައިފަރު އެއީ އުބެއްވަރު ކުދި ރައްތައް އެމަކު 5 ހާހެއްމީހުން ދިރިއުޅޭ! އެއީ ދިރިއުޅެއް އެކަށީގެންވާވާރު ވެއްޓެއްއޮތް ރައްތަކެއްނޫން! މާލެ ތިއީ އިންސާނުން ދިރި އުޅެން ވާވަރު ތަނެއްނޫން
ރާއްޖޭގައި އެހެންދީންތައް ޕްރެކްޓިސްކުރުމަށް ހުއްދަދިނުމަށް ގޮވާލާ މެމްބަރުން ގޮނޑިން ބާލަންވީ
މިފަހަރު ޖާބިރުގެ ވާހަކައަށް މަވެސް ތާެއީދު
ކިހިނެއް ވާނެ ޖާބިރު މެންބަރު ކަމުން ބާލާފަ މޮޔައިންގެ ޚާއްސަ މަރުކަޒަ ފޮނުވަން... މީ ހަމަ ހިޔާލެއް
އެންމެ ފުރަތަމަ ބާލަންވީ ޖާބިރު.. ބަނގުރަލުގެ އާވިއަރުވަމުން މަޖިލީހައް އަންނަމީހާ ވެސް ދިވެހި ފުލުހުންގެ ހުނަރުވެރިކަމުން މިހުންނަނީ އިންވިސިބަލްކޮއް.
ވަގްތުން ވަގްތައް.. އެހެންނުން ޖާބިރު. ވަގްތުން ވަގްތައް.. ހަމަ މިހާރުން މިހާރައް ބާލަންވީ.
އޭރުން ދޯ މީހުން ފައިބާ ރަށްރަށް މި މީހުންނައް ރިސޯޓު އަޅަން ލިބޭނީ!
މީހުން ބާލާފައި ވިޔަފާރި ވެރިންނަށް ދޭއްވީތަ ރިސޯޓު ހަދަން ރާވިއްކަން
ޖާ ބިރެއް ކަމަކު އެދެއްކީ ބަރާބަރު ވާހަކައެއް. 200 މީހުން ރަށެއްގަ ބައިތިއްބައިގެން ތަރައްގީ ވާނެ ނަމަ ރާއްޖެ މިހާރު އޮންނާނީ ތަރައްގީ ވެފަ.
ކާށިދޫ މީހުން ހުޅުމާލެއަށް ބަދަލުކޮއްފަ އެރަށާއި އައްޑޫއާއި ދެމެދު ކޭބަލް ކާރު ހަމަ ވަގްތުންވަގްތައް ހަމައްޖައްސާ...
100%
ޖާބިރެއްކަމަކު ތިދެއްކީ ސަތޭކައިގެ ވާހަކައެއް.
މީހުނެއް ނޫން ބާލަންވީ!! ތިސޮރުގެ ސޯޓް ބާލަންވީ!! އެއިރުން ފަހަރުގައި އެނދިދާނެ ތިގޮލާ މޮޔަގޮވާ ސަބަބު!!