އިނގިރޭސި ވިލާތުގެ ގްލެސްގޯގައި ބާއްވާ މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގްވާމީ ބައްދަލުވުން، ކޮޕް 26 ގައި ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރަން ބޭނުންވާ މާލީ އެހީތައް ހޯދަން މަސައްކަތްކޮށް އަޑު އުފުލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެންވަޔަރަމަންޓް ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ކަންބޮޑުވުން ފާޅުކުރެއްވި އެއް ކަމަކީ ކޮޕް ގައި ގައުމުތަކުން ކުރިން ވެފައި އޮތް އެއްބަސްވުންތަކަށް އަމަލު ނުކުރުމުގެ މައްސަލައެވެ.

މިއިން އެއް މައްސަލައެއްގެ ގޮތުގައި ސައްލެ ފާހަގަ ކުރެއްވީ، ތިމާވެށި ނާޒުކު ގައުމުތަކަށް ތަަރައްގީ ވެފައިވާ ގައުމުތަކުން ދިނުމަށް އެއްބަސްވެފައިވާ މާލީ އެހީ ނުދިނުމެވެ. މި ވާހަކަ ދެއްކެވީ ރަށްރަށް ގިރުމުގެ މައްސަލާގައި އެންވަޔަރަމަންޓް ކޮމިޓީން އެކުލަވާލި ރިޕޯޓެއް ތަޅުމަށް އިއްވަވަމުންނެވެ.

ސައްލެގެ ވާހަކަ ނިމުމުން، އެހެން މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން، ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުގައި އެ ބައްދަލުވުމަށް ވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާތީ އެ މައްސަލަ ފާހަގަ ކުރައްވާނެ ކަމަށެވެ.

"ތަރައްގީ ވެފައިވާ ގައުމުތަކުން އެއްބަސްވެފައި މި ވަނީ ކޮންމެ އަހަރަކު 100 ބިލިއަން ޑޮލަރުގެ އެހީ ގައުމުތަކަށް ދިނުމަށް، އެހެން ނަމަވެސް އެ އަދަދު ހަމައެއް ނުވޭ މި ބައްދަލުވުމަށް އަޅުގަނޑުމެން ދާއިރު ވެސް، އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާއަށް ވެސް ވީ ވަރަކުން ބައިނަލްއަގްވާމީ ދުނިޔޭގެ ސަމާލުކަމަށް ރާއްޖެ ފަދަ ތިމާވެށި ނާޒުކު ރަށްތަކުގެ ވާހަކަ ގެނެސްދޭން މަސައްކަތް ކުރާނަން،" ނަޝީދު ވިދާޅުވިއެވެ.

ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ގައުމުތަކުގެ މެދުގައި ގިނަ އެއްބަސްވުންތަކެއް އެކުލެވިފައި އޮތް ނަމަވެސް ވެއްޓަށް ގެއްލުން ލިބޭ ގޮތަށް މަޝްރޫއުތައް ހިންގުމުގެ ކަންކަން ގެންދިއުން ހުއްޓުމަކަށް ގެނެވިފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަބްދޫ

    ގައުމު ތަކުން މާލީ އެހީ ދޭ ހާލަތަކު ދިވެހިރާއްޖެ ނެތް. ދިވެހިގައުމު ބަގުރޫޓް ވުމުގެ ފެންވަރަށް ދަށްވެގެން އދިޔައި އެއްޑީޕީ ވެރިކަމަށް އައި ދެފަހަރު އެކަނި އެނޫން ދުވަސް ތަކުގަ އެކަށީގެންވާ ގައުމީ ރިޒާވްއެއް ގައުމުގާ ހުރި ގިނައަދަދކަށް ތަރައްގީގެ މަސްރޫއު ހިންގާ ތަރއްގީވަމުންދާ ގައުމުތަކުގެ ލިސްތަށް ޕްރޮމޯޓްވި. އެމްޑީޕީ ވެރިކަމަށް 2008 ގައައިސް ގައުމުން ބޭރުފައިސާ ހުސްކޮށްލުމުގެ ސަބަބބުން ދިވެހިފައިސާގެ އަގުދަށްވެގެން ދިޔަ. ދަރަނީގެ ގޮތުން ޓީބިލް ވިއްކާ 3 އަހަރުގެތެރޭ 16 ބިލިއަން ޓީބިލްގެ ދަރަންޏާ. ފިނޭންސަ ޖަމާކުރި ޕޭކުރަންޖެހޭ ބިލް 2.5 ބިލިއަން ރުފިޔާއަށް އެރުވި މާނަޔަކީ ފުރަތަމަ އެމްޑީޕީ ގެވެރިކަމުގަ 18.5 ބިލިއަންދަރަނި 3 އަހަރުތެރޭ ނެގި ތަރައްގިއަށް ހަރަދެއްނުކުރޭ ތިމާއަށް ސަޕޯޓް ހޯދުމަށް މީހުނަށް ބެހުމަށް ފައިސާ ހޭދަކުރީ. މިއީ ތަހުގީގު ކޮށް ބަލަންޖެހޭ މައްސަލައެއް .ރަށްރަށުގެ އެކައުންޓް ދަކާ އަތޮޅު އެކައުންޓް ތަކުގާ ހުރި ރައްޔިތުންގެ އެތައްމިލިއަން ރުފިޔާއަށް ހެދިގޮތެއް އަދިއަދަށް ވެސް ނެގެ. ބިދޭސީން ޖަމާކޮށްފާހުރި ޑިޕޮޒިޓް ފައިސާއަށް ހެދިގޮތެއްނޭގޭ. ހަރުމުދާ ވިއްކުމުގެ ސަބަބުންވެސް ދަވްލަތަށް އެތައް ބޮޑުގެއްލުމެއް ލިބުނު. އެމްޑީޕީ ގެ 2 ވަނަ ވެރިކަމުގާވެސް ގައުމު މިވަނީ އަރައިނުގަނެވޭ މިންވަރަށް ސޮކޫކް ވިއްކާފަ .އެމްޑީޕީ ގެ ވެރިކަމުގާ އާންމުކޮށް ދިވެހިންނަށް ނޭގޭ ނަންނަމުން މުހާތަބް ކޮށް ދަރަނި ނަގަނީ ރައްޔިތުންނަށް އޮޅުވާލަންބާ؟ މިއަދު ގައުމު ނާޒުކު ފައްތަރަކަށް ދާންޖެހުނީ އަދި ގައުމުގެ ހާލަތު މިހިސާބަށް ދަށްވީ ގާބިލްނޫން މީހުން ވެރިކަމުގަ ތިބީމާ ކަން ބެރުގައުމުތަކަށް އެގޭ .ދިވެހިގައުމު އޮތީ ފަގިރު ގައުމުތަކުގެ ލިސްތަކު ނޫން. ދިވެހިގައުމު އޮތީ ތަރައްގިވަމުންދަ ގައުމުތަކުގެ ލިސްޓުގަ ބެރުގައުމުތަކުން މާލީ އެހީ ނުދެނި މިހެންވެ. އެމްޑީޕީ ގެ ވެރިކަމަުގަ ނޫނީ ގައުމު ފަގިރު ނުވާކަން ދުނިޔޭގެ މާލީ އިދަރަ ތަކަށް އެގޭ. ގައުމަށް ވަފާތެރިވެ އިހުލާސް ތެރިނުވާނަމަ ގައުމު ފަގީރުވެގެން ސަލާންޖަހަން ޖެހޭނެ.

  2. ޖާނޭ

    މިޤައުމުގެ ރައީސަކީ އަންނިއެއް ނުނޭ. ރައީސަކީ ސްލޯލިޙް އޭ. ވެރިކަން ކުރާ ހިތުން ނުހުރެވިގެން ކޮޕް-26 އަށަ ހުށައަޅާއިއިރު މިސޮރުގެ ކޮޓަރި ކުއްޔަށް ދުވާލަކު 7000:00 ޑޮލަރު ދައުލަތުގެ ބަޖެޓުން އެބަ ނަގައޭ. ލަދުކޮބާ!

  3. ކުޑަބެހަރީ

    ލާރިނުދެނީ މިހާކުޑައާބާދީއެއް ހުރިހާރަށެއްގަ މީހުން އާބާދު ކޮއްގެން ބޮޑެތި އިސްރާފު ކުރާތީ މިސާލަކައް ބ ކުޑަރިކިލިފަދަ 4 ބޯ ތިބިރަށެއްގަވެސް ނެރުގޮއްވާ ބަނދަރުހެދުމުގެ ބޭނުމެއް ނުވިސްނޭ ބ ގޮއެދޫ އެއީ މާސިންގާ ބިޔަރަށެއް 15 ބުރީގެ 1 އިމާރާތް އަޅާފަ ކުޑަރިކިލު މީހުން އެތަނައް ބަދަލު ކުރަންޖެހޭ ކޮންމެ ގޮތަކުންވެސް ވީމާ ކިޔަވައިގެން ތިބެ އެންމެ ނުވިސްނޭ މީހުންގެ އަމަލުތައް ހުންނަގޮތައް ކަންކުރީމަ އެމީހުން ނުދޭނެ އެހީއެއް ކަރުން ހަންދާނީ ސަރުކާރުން އެކަށީގެންވާ ހަރުދަނާ ފިޔަވަޅު ފުރަތަމަ އަޅުއްވާ ނެރުނުގޮއްވާ ބަނދަރު ހުރިހާރަށެއްގަ ނުހަދާ. ޢެއްފަސްކުރަންފަށާ

  4. Anonymous

    ގައުމުތަކުން އެހީއެއްދިނަސް އެވަންނަނީ މަނިކުފާނުންމެންގެ ޖީބައް. ދެން ކޮންމެސް ދޮގެއް ހަދާ އެ ފޫބައްދާލާނެއެވެ.

  5. ބޯހަލާކު

    މުދޭނެ އެއްވެސް ބަޔަކު އިންޑިޔާ އަކީ އެޤައުމުގެ ރަތްޔަތުން ނުބެލެހެއްޓިގެން އުޅޭބަޔަކަށް މިޤައުމު ތިހަވާލުކުރީކަމެއްކުރެވޭ ކަހަލަ ބަޔަކާގުޅުމެއް ނެތް އިންޑިޔާ ރުއްސަން ޓެކުސް ފައިސާ ޕާަޓީ ކުދިންނަށް ބަހާލައިގެން ރަތްޔަތުމީހާހާގެ ޖީބު ފޫދުއްވާލަނީ

  6. އެހީ

    ޤައުމުތަކުން އެހީ ދިނީމަ ސަރުކާރުން ރައްޔިތުންންށް ފައިދާވާ ކަމެއް ނުކުރާކަން ފާހަގަވެ އެހީތައް މެދުކަނޑާލައިފި.

  7. ކޮވިޑް

    ހެޔޮނުވާނެ މާލީ އެހީ މިޤައުމަށް މި އޮއް ވަގު ސަރުކާރު އޮއްވާދޭން ޔަގީނޭ ދީފިނަމަ އަޅާނީ ޖީބުތަކަށްކަން. ވަގު ވަގު ގޮވަމުން އައި ވަގު ސަރުކާރެއް މީ.

  8. އަބްދޫ

    މާލީ އެހީ ނުދޭނެ. 37 ބިލިއަންރުފިޔާ ގެއާމަދަނީ ބަޖެޓް ފާސްކުރާ ގައުމަކަށް މާލީއެހީ ނުދޭނެ. ގައުމާ އެކަށީގެންނުވާ ފެންވަރުގެ ބޮޑު މުސާރަ ދޭ ގައުމަކަށް މާލި އެހީ ނުދޭނެ. ބޭނުމެއްނެތް އެތައްބަޔަކަށް ސިޔާސީ މަގާމްދޭ ގައުމަކަށް މާލީއެހީ ނުދޭނެ. ދިވެހި ރާއްޖެއަކީ ފަގީރު ގައުމެއްނޫން . ރާއްޖެ މިހާރު އޮތީ ތަރައްގި ވަމުންދާގައުމުތަކުގެ ލިސްޓްގާ . ބޭރުގެ މާލީ އެހީދޭފަރާތްތަކަށް އެގޭ އެމްޑީޕީ ވެރިކަމަށް އައިމާކަން ދިވެހިގައުމު ފަގީރުވަނީ.

  9. އަލީނަޖީބު

    އެހެންބަޔަކު ވެރިކަމައް ނާދެވޭނެ ވޭކަމައްހީކޮށް ރާއްޖޭގެހުރިހާ ފަޅުރައްތައްވިއްކާ ބޭތުލްމާލައް ވަންނަށްޖެހޭ ހުރިހާފައިސާ ތަފާތުއެކައުންޑު ތަކުގާލައިގެންއުޅުނީމާ އަގުވަޒަން ދޭޖެހޭއިނާމު މިހާލިބެމުންތިޔަދަނީ