އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ "ކާމިޔާބު ސަފްހާތައް" ލިޔަމުން ދަނިކޮށް އެ ކާމިޔާބުތަކަށް ހިޔަނި އެޅިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްގު ނޫން ގޮތުގައި ސިޔާސީ ނުފޫޒާއި ބާރުން ޖަލުގައި ބެހެއްޓީމަ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީޕީއެމް އަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމް ހިމެނިގެންދަނީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީގެ ގޮތުގައި ކަމަށެވެ. އެގޮތުން ޕާޓީ އުފެދުނު ފަހުން ކުރިމަތިލީ އެންމެ ބޮޑު އިންތިހާބަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކަމަށްވާ އިރު އެ އިންތިހާބުގައި ޕާޓީގެ އެފަހަރުގެ ކެންޑިޑޭޓް ޔާމީން ކާމިޔާބު ކުރެއްވި ކަން ބަޔާނުގައި ފާހަގަކުރިއެވެ.

އެއާއެކު 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިގައުމާއި ރައްޔިތުންނަށް އެތައް ކާމިޔާބަކާ ކުރިއެރުން ގެނެސްދެއްވި ފަސް އަހަރުގެ ވެރިކަމެއް އެމަނިކުފާނު ފުރިހަމަ ކުރެއްވި ކަން ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޔާމީންގެ ވެރިކަމުގައި ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫއުތަކެއް ގެނައުމާއި ދިވެހިންނަސް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދިނުމާއި ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅުން ވެސް އެތައް ކާމިޔާބީއެއް ހާސިލް ކުރި ކަމަށް ބަޔާނުގައިވެއެވެ. އަދި އުމްރާނީ ގޮތުންނާއި ތައުލީމީ ދާއިރާ އިންނާއި ސިއްހީ ދާއިރާ އިންނާއި ކުޅިވަރުގެ ދާއިރާއިންނާއި އަދިވެސް އެ ނޫން ދާއިރާތަކުން ވެސް މި ގައުމާއި ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ގެނެސްދެއްވި ވެރިއަކީ ޔާމީން ކަމަށް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ދެހާސް ތޭރައިގެ ރިޔާސީ އިންތިހާބަށް ފަހު، 2014 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ވެސް ވަނީ ޕީޕީއެމް ހޯދާ އެ އިންތިހާބު ވެސް ކާމިޔާބުކޮށްފައެވެ. އެކަމަކު، އޭގެ ފަހުން އައި އިންތިހާބުތަކުގައި ޕީޕީއެމަށް ކުރި ނުހޯދުނަސް އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ.

"ޕާޓީގެ ކާމިޔާބުގެ ސަފްހާތައް ލިޔަމުން ގެންދަނިކޮށް މި ކާމިޔާބީތަކަށް ހިޔަނި އެޅިގެން ގޮސްފައިވަނީ، ޕާޓީއަށް ފާއިތުވެ ދިޔަ ތަނުގައި ކާމިޔާބީ ހޯއްދަވައިދެއްވުމުގެ އެންމެ މުހިންމު އަދި އެންމެ އިސް ދައުރެއް އަދާ ކުރެއްވި އަދިވެސް ކުރައްވަމުން ގެންދަވާ މޭސްތިރި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްގުނޫން ގޮތެއްގައި ސިޔާސީ ނުފޫޒާއި ބާރުން ޖަލުގައި ބަހައްޓައިގެން އަނިޔާދެމުން ގެންދާ ގެންދިއުމެވެ." އިދިކޮޅުގެ ބަޔާނުގައިވެއެވެ.

ޔާމީނަށް އަނިޔާ ލިބެމުން ދިޔަނަމަވެސް އެމަނިކުފާނަށް ނުހައްގުން ދެމުން ގެންދާ އަނިޔާއާއި ދެކޮޅު ހަދާ އެމަނިކުފާނު ޖަލުން މިނިވަން ކުރުމަށްޓަކައި ޕާޓިއާއިއެކު ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ގެންދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށް ބަޔާނުގައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އެޕާޓީގެ އެންމެ ބޮޑު އުންމީދަކީ ސުޕްރީމް ކޯޓު މަރުހަލާއިން ޔާމީން މިނިވަންވެ، 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭ ގޮތް ވުމެވެ. ޕާޓީއަށް ގިނަ މެމްބަރުން ސޮއިކުރަމުންދަނީ ރައީސް ޔާމީންގެ ދިފާއުގައި ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.

ޕީޕީއެމުން ބުނި ގޮތުގައި ރާއްޖެއަށް އެކި ގޮތްގޮތުން ކުރިމަތިވަމުން ދާ ގެއްލުންތަކާއި ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ހަމައެކަނި ލީޑަރަކީ ޔާމީނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަލްޖިބްރާ

    ތަންތަނުގައި ތިބި ބޮޑެތިވަގުން ލައިގެން ޕާރޓީ ހިންގަން އުޅުނީމަ ހިޔަންޏެއްނޫން ބަޑުވަތަށް ވެއްޓެންވެސް ވެއްޓޭނެ !

    10
    16
    • Anonymous

      އަލްޖިބުރާ، ވަގު އެއީ ކޮންއައްތަރެއްގެ ބަޔަކަށް ކިޔެވޭ އެއްޗެއްކަން ކަލެއަށް އެނގިއްޖެއްޔާ ރަނގަޅު!! ކަލޭގެ ރައީސު އިބޫސާލިހު ތެދުވެރިކަމުންތަ ރައީސުކަމަށްއަރާ ރޯނުއެދުރު ވެރިކަންކުރަމުން އެދަނީ، އެކަލޭގެ އުފުއްލި ކަޅު ދަބަހާއި ދިތުވާލި 35މިލިޔަން ޑޮލަރގެ ހަގީގަތް ކަލެއަށް ހަމަ ނެއެގެނީތަ؟؟؟

  2. Anonymous

    (ޕީ÷ީއެމް) ޕާޓީގެ ކާމިޔާބީއަށް ހިޔަނި އެޅުނީ ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓީމައެއްވެސް ނޫން: ސަރުކާރުން ޕާޓީތަކަށް ކޮންމެއަހަރަކު ދޭން ކނޑައަޅާފައިވާ ފައިސާތަކެއްވެސް މިއަދުގެ ޖާހިލު ސަރުކާރުން ޕީޕީއެމްއަށް ނުދީ ހިފެހެއްޓުމުންވެސް މެއެވެ، މަޖިލިސްއިން ލިބެންވާ އަދަދަށް ގޮނޑި ނުލިބި ގެއްލިގެންދިޔައީވެސް އެ ޚުދުމުޚުތާރު އަނިޔާއިގެ ސަބަބުންނެވެ.

  3. ބޮކި

    ޕީޕީއެމް ހިމެނިގެންދަނީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީގެ ގޮތުގައި އެކަމަކު އެއީ ވައްކަންކުރުމުގެ ގޮތުން.....

    9
    16
  4. ނައިފަރު މަސްވެރިން

    ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮއްލާ

    15
    5
    • ރާގޮޑިރާޖަ

      މަހައްދޭބަލަ ޗަ ކޮއެ.

  5. ނައިފަރު ޒުވާނުން

    ޒުވާނުންގެ ރައީސް ރައީސް ޔާމީން ވަގުތުން މިނިވަންކުރުމަށް ސަރުކާރަށް ނައިފަރުގެ އެންމެހާ ޒުވާނުން މިގޮވާލަނީ ސަބަބެއް އޮތީމާ. ރައީސް ޔާމީން މިނިވަންކުރޭ
    އިންޑިއާ މިލިޓަރީ އައުޓް

    15
    6
  6. އަބްދޫ

    ޖަލުގަ އޮވެގެންތޯ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވުނީ .މަޖިލީހުގެ އިންތިހާބު އެމްޑީޕި އަސް 65 ގޮނޑި ލިބުނީ ޕާޓީގެ ރިޔާސީ ރޭހުން ފެއިލް ވުމުންވެސް ޕާޓީގަ ބަގުޑި ބައްދައިގެން ޔަމީނު އޮވެ . ޕާޓީ ބައިބައިކުރަން މ ކުރި މަސައްކަތުގެ ސަބަބުން . ރިޔާސީ ނާކަމިޔާބަށް ފަހުވެސް ޕާޓީ އަށް ގިނަލީޑަރުން ގުޅުވާ ހިޔާލުތަފާތުވުން ނައްތާލަން މަސައްކަތްކުރިނަމަ އެމްޑިޕީއަށް 65 ގޮނޑި ނުލިބުނީސް .މިހާރު އަބްދުއަރަހީމް ގެ މަސައްކަތަކި ޕަޓީއަދެކޮޅު މީހުން އިތުރަށް އުފެއްދުމަށް މަސައަކްތ ކުރެއްވުން. އަމިއްލަރަށުންގޮނޑިއެއް ކާމިޔާބު ކުރެވޭފަދަ ސިޔާސީ ވިސްނުމެއް ނެތް މީހުން ސިޔާސީ މީހެކޭކިޔާ ނިކުތީމަ ޕާޓީއަށް ލިބޭނީ ގެއްލުން.

    9
    10
  7. Anonymous

    ޢަބްދޫ، ކަލޭގެ ކޮމެންޓަށް ބުނެވޭނީ ހަގީގަތާއި ޚިލާފު މައުލޫމާތެއްގެ މަތްޗަށް ލިޔެފައިވާ ޕްރަފަކެންޑާ މަޢުލޫމާތެކޭ، ކަލޭހުރީ މި ގައުމުގަތަ ކަލެއަށް ނެއެނގުނީ މަޖިލިސްގެ ގޮނޑިތަކެއް ޕީޕީއެމް އަށް ގެއްލިގެން ދިޔަގޮތް؟؟، މި އައްދާރު ސަރުކާރުން އެ ޕާޓީއަށް ލިބެންވާ ފައިސާތައް ހިފަހައްޓައި ކެމްޕެއިން އަށް ހުރަސް އެޅިކަން ހަމަ ނެއެގެނީތަ؟؟ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް މިހާރު ވެރިކަން ކުރަމުންދަނީވެސް 35 މިލިޔަން ޑޮލަރގެ ކަޅުދަބަހެއް ދިރުވާލައިގެންހުރި ވަގެއް ނޫންތަ؟؟؟ކަލޭގެ ލޮލުން ފެނުނަނީ އެއްފަރާތެއް ދޮތެ؟؟

  8. Anonymous

    އަލްޖިބުރާ، ވަގު އެއީ ކޮންއައްތަރެއްގެ ބަޔަކަށް ކިޔެވޭ އެއްޗެއްކަން ކަލެއަށް އެނގިއްޖެއްޔާ ރަނގަޅު!! ކަލޭގެ ރައީސު އިބޫސާލިހު ތެދުވެރިކަމުންތަ ރައީސުކަމަށްއަރާ ރޯނުއެދުރު ވެރިކަންކުރަމުން އެދަނީ، އެކަލޭގެ އުފުއްލި ކަޅު ދަބަހާއި ދިތުވާލި 35މިލިޔަން ޑޮލަރގެ ހަގީގަތް ކަލެއަށް ހަމަ ނެއެގެނީތަ؟؟؟

  9. Anonymous

    މީގެ ބައެއްކޮމެންޓްތަކުން އިނގޭއެއްޗަކީ ރ.ޔާމީން އެމަނިކުފާނުގެ ގެކޮޅުގެ ކިޑިކީއަކުން ފެނުނަސް ބައެއްމީހުންނަށް ހާދަބޮޑަށް އަސަރުކޮށް އަދާވާތްތެރިންގެ ހަށިގަނޑުގެ ތެރޭގައި އަނދައަނދައިހުރި އަލިފާންތަކެއް ބޭރުވާކަމެވެ. މީހަކުދެކެ ހަސަދަވެރިވެ އަދާވާތްތެރިވިޔަސް ފުކެއް ބޮޑުވަރު.

    3
    1
  10. ޙައްޕު

    ޔާމީނެއް ، ޞާލިހެއް ، ވަހީދެއް ، ނަޝީދެއް ދެން ވެރިކަމަށް ގެންނށނެކަމެއްނެތް. ދިވެހިރައްޔިތުންނަކީ އެއްވެސް ވިސްނުމެއްހުރި ބައެއްނަމަ ދިވެހިންގެ ހުރިހާ މައްސަލައެއް ހާސިލުވާނީ ، ޕޮރޮފެސަރ އުޤައިލާ އެކަން ހަވާލުކުރީމަ.އޭރުން ޕާޓީ ބިޒުނަސް ނިމި ، މަޤާމުތަކުގައި ތިބޭނީ ޤާބިލު މީހުން. ނަތީޖާއަކީ ދިވެހިން ނުދެކޭފަދަ ފުރިހަމަ ވެރިކަމެއް ފެށުން.

  11. ފަޔާޒު

    ފުރަތަމައީ ތި ޕާޓީއަ ކީ ޔާމީނު އުފެއްދި ޕާޓީއެއް ނޫން. މައުމޫނު އަތުން ފޭރިގަތީ. ދެން ކޮން ކުރިއެރުމެ ކޭ ކިޔާ ކަށް

  12. ނަންނު

    ސިޔާ ސީ . ދިވެހިބަހުން ބޭނުން ކުރެވޭ އެންމެ ނަޖިސް ދެ ބަސް. މި ކަމުގަ އުޅޭ މީހުންވެސް ނަޖިސް ވާނެ ކަމީ ށައްކެއް އޮތްކަމެއް ނޫން.

  13. މަނިކުބެ

    ޕާޓީގެ ކާމިޔާބީއަށް ހިޔަނި އެޅުނީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވައްކަންކުރީމަ.

  14. ބަކުރު

    ސޯލިހުވެސް މުސްކުޅި ވީދުވަހު ޖަލަށްދާން ޖެހޭނެ އެއީ އަލީވަހީދު އެބަހެކިދޭ ކަޅުދެދަބުހުގަ ފައިސާ އުފުލިކަމަށް އެހެންވީމާ މިމަށްސަލަ ސީރިއަސް މަށްސަލައެއްގެ ގޮތުގަބަލާ ސޯލިހު ޖަލަށްލާންޖެހޭނެ ހެކި އެހުރީ ލިބިފަ.

    • ޙަމީދު

      އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ "ކާމިޔާބު ސަފްހާތައް" ލިޔަމުން ދަނިކޮށް އެ ކާމިޔާބުތަކަށް ހިޔަނި އެޅިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޢަމިއްލަފުޅު ބޭބޭ އަށް ޚިޔާނާތްތެރިވެ ޕާޓީ ފޭރިގަތް ހިސާބުންކަން ޔަގީން އެހެނީ ރ މައުމޫނު ޕާޓީގަ ހުންނެވި އިރު ޕާޓީއަށް ހުރިހާ ކުރިއެރުމެއް އަދި ކާމިޔާބެއް ލިބިފަ ހުންނާނީ

  15. މުހައްމަދު

    ރައީސް ޔާމީންއަކީ ދިވެހިގައުމުގެ ބަތޮލެއްފަދަބޭފުޅެއް ރައީސްޔާމީންއަކީ ދިވެހިގައުމުގެ ތަަރައްޤީގެ ބާނީފަދަބޭފުޅެއް ވީމާ، ޝައްކެއްގެމަށްޗަށް ނުވަތަ ޒާތީހަސަދައެއްފިލުވާލުމަށް
    ގައުމުގެ ތަރައްޤީގެބާނީ ޖަލަށްލެއްވުމުގެ ބަދަލު ނުހައްގުން ގާޒީއަކުހިފާހައްޔަރުކޮށް މައްސަލާގައި
    13 އަހަރުގެ ޖަލުހުކުމެއްއައިސް އެހުކުމުގެ 1 ދުވަސްވެސް ތަންފީޒްނުކޮށް މިނިވަންކުރެއްވި
    ފަރާތް އެހުކުމް ތަންފީޒްކުރުމަށް ޖަލަށްލުންމާރަގަޅުވާނެ އޭރުން ބޮވޭނެ ބޮވެންވާނެ ވެރިކަންކުރަންނޭގި އިސްތިއުފާދީ އެކަމާގުޅިގެން އޮޅުވާލިއޮޅުވާލުމެއްގައި އެކަމުގެރުޅިގައި ގައުމުގެ
    ތަންތަނުގައި ހުޅުޖަހާއަންދާ ގައުމަށް ބޮޑެތިގެއްލުންވުން ކުޑަވެދާނެ

  16. އަބްދޫ

    އަބަދުވެސް 35 މިލިއަންޑޮލަރުގެ ކަޅުދަބަސް އަންނާނެ. އަނެއް ފަރާތުންވެސް ކަޅުދަބަހުގަ 50 މިލިއަންޑޮލަރު ގެންނަންވާނެ. ސިޔާސީ މީހަކަށް ވުމަކީ ތިމައާއެންމެ އިދިކޮޅު ސިޔާސީ ފިކުރުގެ މީހާގެ ވޯޓް ހޯދަން ދަންނަ މީހާ. އިދިކޮޅުސިޔާސީ ފިކުރު އެކު މަސައަކަތް ކުރަން ނެގާމީހަކި ސިޔަސީ މީހެއްނޫން. އަޅުގަނޑަށް ފެނުނީ ޔާމީންގާތުގަ ތިބި ހުރިހާ ސިޔާސީ ލީޑަރުން ކޮއްޕާ ބޭރުކޮށް އެމީހުންނަކީ ޔާމީނުގެ ދުސްމަނުންނަސް ހެދިތަން . ޔާމީން ވިދާޅުވި އަޅުގަނޑުގަެ ހަޒިރުގަ އިހްލާސްތެރިން ޔާމީނަށް ނެގޭ ކަމަށް. ސިޔާސީގޮތުން ކުފޫ ހަމަނުވާމީހަކު ވެރިކަމާ ހިފަނީ ގައުމަށް ގެއްލުންދެންބާ؟