ސިވިލް ސާވިސް އިން ފޮރިން ސާވިސް ވަކިކޮށް ފޮރިން މިނިސްޓްރީގެ ބެލުމުގެ ދަށުން ފޮރިން ސާވިސްގ މުވައްޒަފުން ކަނޑައަޅާ ގޮތަށް ހުށަހަޅާފައިވާ ފޮރިން ސާވިސް ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކުރީ 46 މެންބަރުންގެ ވޯޓުންނެވެ.
ފޮރިން ސާވިސްގެ ބާރުތަކެއް މިނިސްޓަރަށް
ބިލުގައިވާ ގޮތުން، ބިލު ގާނޫނަކަށްވެ ތަސްދީގު ކުރާތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސްގެ ހިދުމަތް ގާއިމް ކުރަން ޖެހޭނެއެވެ. އެ ހިދުމަތުގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައި ހުންނާނީ ފޮރިން ސެކްރެޓަރީއެވެ.
ފޮރިން ސެކްރެޓަރީއަށް ބޭފުޅަކު އައްޔަން ކުރައްވާނީ ފޮރިން މިނިސްޓަރުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ތިން އަހަރުގެ ދެ ދައުރެއް އެކަކަށް އަދާ ކުރެވޭ އެ މަގާމަށް އައްޔަން ކުރެވޭނީ މިނިސްޓްރީގައި މަދުވެގެން 15 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
މިނިސްޓަރުގެ ލަފާގެ މަތިން އައްޔަން ކުރެވޭ ފޮރިން ސެކްރެޓަރީ ހިމެނޭހެން ފަސް ބޭފުޅެއްގެ މައްޗަށް ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑެއް ވެސް އެކުލަވާލަން ޖެހެއެވެ. އެ ބޯޑަށް މެންބަރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ހުރިހާ ބާރެއް ވެސް ލިބެނީ ފޮރިން މިނިސްޓަރަށެވެ.
ފޮރިން ސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އެކުލަވާލަން އޮންނަނީ ވެސް ފޮރިން މިނިސްޓަރުގެ ލަފާގެ މަތިން ރައީސް އޮފީހުން އެކުލަވާލާ ގޮތަށެވެ.
ބިލުގައި ހިމެނޭ އެހެން މުހިއްމު ބައިތައް
ސަފީރުން އައްޔަން ކުރާނެ އުސޫލުތަކެއް ވެސް ބިލުގައިވެއެވެ. ފޮރިން ސާވިސްގެ ބޭރުން ވެސް ސަފީރުން އައްޔަން ކުރެވޭއިރު، ސާވިސްގެ ބޭރުން އައްޔަން ކުރެވޭ ސަފީރުން ވެރިކަން ބަދަލުވުމާއެކު އިސްތިއުފާ ދޭން ވެސް ޖެހޭނެއެވެ.
އެއް ގައުމަކަށް ސަފީރުން ކަނޑައަޅާފައި ބެހެއްޓޭނީ ގިނަ ވެގެން ވެސް ހަތަރު އަހަރުގެ މުއްދަތަކަށް ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެ މުއްދަތު ހަމަވުމުން އާ ސަފީރަކު އެ ގައުމަކަށް ކަނޑައަޅަން ޖެހޭނެއެވެ.
ސަފީރުން އައްޔަން ކުރުމާއި ފޮރިން ސާވިސްގެ މުވައްޒަފުން ތަމްރީން ކުރަން ފޮރިން އިންސްޓްޓިއުޓެއް ގާއިމް ކުރަން ވެސް ބިލުގައިވެއެވެ. އެ އިންސްޓްޓިއުޓްގެ މަސްއޫލިއްޔަތަކީ ފޮރިން ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އޭގެ މަގްސަދުތައް ހާސިލު ކުރެވޭ ތަމްރީނާއި ތަޖުރިބާ ލިބިގެންވާ ބަޔަކަށް ހެދުމެވެ.
ފޮރިންމިނިސްޓަރުކަމުން ސާހިދު ވަކިކުރަނީ ކޮންދުވަހަކު . ގާނުނުއަސަސީގަ ބުނާގޮތުން މިނިސްތަރުގެ މަގާމްގަ ހުރެވޭނީ ވަޒިރުންގެ މަޖިލިހުގެ މެމްބަރަކަސްވާނަމަ ވަޒިރުންގެ މަޖިލީހުގެ މެމްބަރަކަށް މެނުވީ ދަވްލަތުގެ ވުޒާރާއެއް ނުހިންގެނެ. ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ވަޒީރުންގެ މަޖިލީހުގެ މެމްބަރު ކަމުގާ ހުރެ އެނޫންއެއްވެސް ވަޒިފާއެއް އަދާ ނުކުރެވޭނެ.
ސިވިލްސަރވިސް އިން ތައީމީ ދާއިރާ އާއި ސުއްހީ ދާއިރާ ވަކިކޮށް ޕަބުލިކު ސަރވުސް އަށް ހަދަންފެނޭ!
މިނިސްޓަރަކި ކާކު ؟ ފޮރިން ސެކްރެތަރިއަކީ ކާކު ؟ އިގިރޭސި ވިލާތުގަ ފޮރިން ސެކްރެޓަރީ ކިޔަސް ފޮރިންމިނިސްތަރު ކިޔަސް އެއީ އެކަކު . އިގިރޭސި ވިލާތުގަ މިނިސްތަރުގެ ބަދަލުގަ މިނިސްތްރީ ހުންގުމުގެ އިސްފަރާތަކީ ފޮރީން ސެކްރެތަރީ ފޮރިން މިނިސްތަރު ކިޔާ މީހަކު ނުހުންނާނެ. ވަޒީރުންނަށް ކިޔާ ނަމަކީ ސެކްރެޓަރީ. މިހާރު ގާނޫނު ބުނާގޮތުން އިގިރޭސި ވިލާތުގަ ހުންނަގޮތަށް ފޮރިންސެކްރެޓަރީ ކިޔާ ވަޒީރަކު ރާއްޖޭގަ ހުންނަންޖެހޭ . އަދި ފޮރިން މިނިސްތަރު ކިޔާ ވަޒިރަކު ވެސް ހުންނަން ޖެހޭ. ފޮރިން ސެކްރެޓަރިއަކީ އެ މިނިސްތްރި ހިންގުމު އިސްފަރާތް ކަމުގައިވާނަމަ އެއީ ކެބިނެޓް މިނިސްތަރެއްތޯ؟ ފޮރން މިނިސްތްރީގެ ފޮރިން ސެކްރެތަރީ ގެ މަގާމުގަ ހުންނަ ފަރާތް ކެބިނެޓްގަ ނުހިމެނޭނަމަ ނުވަތަ ވަޒިރުންގެ މަޖިލީހުގެ މެމްބަރަކަށް ނުވާނަމަ ފޮރިން މިނިސްޓްރީގެ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުން ގާނޫނުއަސަސިއާ ހިލާފު. ގާނުނުއަސަސީގަ ބުނާ ގޮތުން ދަވްލަތުގެ އެއްވެސް އިދާރާއެއް ކެބިނެޓް މިނިސްތަރެއްގެ ބެލުމުގެ ދަށުންމެނުވީ ނުހިންގޭނެ އެކަމަށް ޒިންމާވާންޖެހޭ ވަޒިރުންގެ މަޖިލީހުގެ މެމްބަރަކު ހުންނަންވާނެ. އެއީ އެއިދަރާ ހިންގަވަ އެންމެ އިސްވެރިޔާ.