މާލޭގައި ހިންގާ ޕްރީ ސްކޫލެއްގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާއާ ކުރިމަތިލާން ޖެހުނު މައްސަލައިގެ ތަހުގީގު ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ތަހުގީގު އަވަސްކޮށް ދިނުމަށް ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލާ "ރައިޒް އަޕް އެމްވީ" ގޮވާލައިފިއެވެ.

"ރައިޒް އަޕް އެމްވީ" އާއި ބެލެނިވެރިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ސްކޫލް މާހައުލުން މުދައްރިސުންނާއި، ސްކޫލްގެ އެހެން މުވައްޒަފުންގެ ފަރާތުން ދަރިވަރުންނަށް ޖިންސީ އަނިޔާއާ ކުރިމަތިލާން ޖެހުމަކީ ބަަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިއީ ކުދިންގެ މިނިވަންކަމާއެކު އުނގެނުމަށް ލިބިފައިވާ ހައްގަށް ބުރޫ އަރައި އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ބޮޑު ހުރަހެއް" ޖިންސީ ގޯނާ ފަދަ ކުށްތައް ސްކޫލެއްގެ މާހައުލުގައި ހިނގައިގެން ނުވާނެ ކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޕްރީ ސްކޫލުގައި ތައުލީމް ހާސިލްކުރަމުންދާ ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަން ފެށީ މި މަހުގެ 16ވަނަ ދުވަހުއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި މައްސަލަ ތަހުގީގުކޮށް ނިމެންދެން ތުހުމަތުކުރެވޭ މުވައްޒަފު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް، މި މައްސަލައާ ގުޅޭ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ. ރައިސްއަޕް މޯލްޑިވްސްއިން ވަނީ ތަހުގީގް ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް، މި މައްސަލަ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

މީގެ އިތުރުން ރައިސްއަޕް މޯލްޑިވްސްއިން ވަނީ މި މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބު ހާމަކުރުމަށާއި، އެ ސްކޫލުގައި އެހެން އެއްވެސް ކުއްޖަކަށް ޖިންސީ އަނިޔާއެއް ކުރިމަތިވެފައިވޭތޯ ބަލާ ތަހުގީގު ކުރުމަށް ގޮވާލައިފައެވެ.

އަދި ސްކޫލުތަކުގެ މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރުމަށް ސޭފްޓީ އޯޑިޓް ކުރިޔަށް ގެންދިއުމަށާއި، ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަމުން ގެންދޭތޯ މިނިސްޓްރީއިން މޮނިޓަ ކުރުމަށް އެދިފައިވެއެވެ.

ޕްރީސްކޫލެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަމުން އަންނަ އިރު، އަމީނިއްޔާ ސްކޫލުގެ ދަރިވަރަކަށް ޓީޗަރަކު ބޭއަދަބީ ބަހުން މުއާމަލާތް ރި މައްސަލައެއް ވެސް އިއްޔެ ފެންމަތިވެ ތުހުމަތު ކުރެވޭ ޓީޗަރު ވަނީ ސަސްޕެންޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބަބޫ

  ކުޑަކުދިންނާ ބޭހޭ ޖަނަވާރުންތަށް މަރަންވީ.

  5
  1
 2. ލުތުފީ

  ރައްޔިތުން ނިކުންނަންޖެހޭ މިކަމުގަ😠

 3. އިންސާފް

  ފިރިހެނެއްނަމަ މިހާރު އޮންނާނީ ގޮޅީގަ. ޢަންހެނެއް ވީމާ ސަސްޕެންޝަނަކުން

  2
  1