މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ބޮޑު ހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ހަތަރު ވަނަ ޝިޕްމަންޓް ރަށަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، 384 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 121 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.