މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާލެ ހިޔާ ކައިރީ ފްލޫ ކްލިނިކް ހިންގި އިމާރާތުގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ ހަވީރު 16:52 އެހާކަންހާއިރު ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއި އެކީ އެމްއެންޑީއެފްގެ އެފްއާރުއެސް އިން އެސަރަހައްދަށް ގޮސް އަލިފާން ގަނޑު ނިއްވާލާފައިވާ ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އަލިފާންގަނޑު ނިއްވާލި ނަމަވެސް، އަލިފާން ރޯވާން މެދުވެރިވި ސަބަބާއި އަލިފާން ރޯވެފައިވަނީ ކޯއްޗެއްގައި ކަމެއް އެމްއެންޑީއެފުން ހާމަ ކޮށްފައެއް ނުވެއެވެ.