މަގުމަތީގައި ޕާކު ކޮށްފައިހުރި ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި ދެމީހަކު ހޯދަން ފުލުހުން މިއަދު ވީޑއޯއެއް އާއްމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ހޯދަމުން އަންނަ ދެ މީހުންނަކީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ ކާނޭޝަން މަގު، ފަރީދީ މިސްކިތް ކައިރީގައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހުން ކަމަށެވެ.

https://www.youtube.com/watch?v=io1g8fUdZwg&feature=emb_imp_woyt

މިމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 497007 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ވެސް ފުލުހުން ވަނީ ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަނޭ

    ތި ބޯދިގު ސޮރު ުުުުުުުުުުުުުުުުުުުުުުއުޅޭނެ ރިއަލިޓީ ކެފޭ ކުރިމަތީ ހަކުރު ވިއްކަން ޑޮކުޓަރ ވަހީދު އަންހެނުން ގޭ ކުރިމތީ

  2. ހަމްދަ

    ތިކަމެއްނުވާެނެ. ފާޅުގައި ނެގިޔަސް ޕޮލިހުން ކުރާކަމެއް ކޮބާތޯ؟ ނިކަމެއްޗެއްގެ އެއްޗެއްވީމަ އިސްތިހާރެެއް ތިޔަޖަހާލަނީ! އެހިސާބުން ނިމުނީ! ވީޑިޔޯ ހުއްޓަސް ހޯދާދެވޭބާ އެބަ؟؟ ރޯމާ ދުވާލު ފާޅުގައި ވައްކަންތަައްކޮށް ނިކަމެތިރައްޔިތުން ހަނާކުރަނީ އެތިބެ! އަނެއްދޮރުން އެބަ ދޫކޮށްލާ! ކިތައްވީޑިއޯ ފޮނުވިއްޖެ! ޕާޓޭ އިންނާ ބަންގާޅީ ވަގުން މަގުމަތީ މިނިވަނުންހެން ހަމަ ވައްކަމާ ފޭރުމުގައި. ގާނޫނެއް ގަވައިދެއް ހިނގާބައެއްނޫން، ކީއްކުރަން ޢައްމުންގެ އެހީ ހޯދަނީ!

  3. ރައްޔިތުމީހާ

    ޕޮލިހުންގެ ތެރޭ އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާ ބަޔަކުއެޅޭ...ވަރަށް ބުރަކޮށް ވަރަށް ހިއްވަރާއެކު ޕާޓޭންނާއި ކުރިމަތިލާ ކުއްވެރިން ކުށުގެ މާހައުލުން އަތުލާގަނެ ހެއްކާއެކު ކަމާބެހޭ ފަރާތަށް ހުށަހަޅާއިރުވެސް ސަރިއަތާއިހަމައަށް ނުފޯރާ އެތަށް މައްސަލައެއް....ފުނިޖެހިފަ...ހުކްމް ނުކުރާ މައްސަލަތައްވެސް ބައިވަރު... އިސްލާމީ ސަރިއަތުގައިވާގޮތަށް ހުކްމްކޮށް ތަންފީޒްކޮށްގެންމެނުވީ އާއްމުރައްޔިތުމީހާގެ މުދާކޮޅާއި ފައިސާކޮޅު ރައްކާތެރިކުރެވޭނެގޮތެއްނެތް

    4
    1