ނަފްސާނީ ބަލިތަކަށް ޚާއްސަ ޑަކްޓަރ ޑރ.ނާޒްއަށާއި މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސައިކޯލޮޖިކަލް ސާރވިސް (މިޕްސުޓަރއަށް) ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.
ފޭބްކުކްގައިކޮށްފައިވާ ޕޯސްޓެއްގައި މިސްޕްޓަރ އަދި ޑރ،ނާޒްގެ ޚިދުމަތްތަކާބެހޭގޮތުން ފާޑު ކިޔަމުން މީހަކު ބުނެފައިވަނީ މިޕްސުޓަރއަކީ ކުރާ ކަންތަކަށްވުރެ ނަންވާ ބައެއް ކަމަށާއި ޑރ.ނާޒްއަކީ މަސައްކަތަށްފަރުވާ ކުޑަމީހެއް ކަމަށެވެ.
މިޕޯސްޓްގައި އޭނައަށް ދިމާވި ކަންތައް ވަނީ ކިޔައިދީފައެވެ. ޕޯސްޓްގައި ބުނެފައިވަނީ މިޕްސްޓަރއިން އޭނަ އެޕޮއިންޓްމެންޓް ހެއްދީ ޑރ.ނާޒްއަށް ކަމަށާއި ނަމަވެސް އެދުވަހު ބައްލަވަން އިންނެވީ އެހެން ބޭފުޅެއް ކަމަށެވެ. ހަތަރެއް ޖަހާއިރަށް އެޕޮއިންޓްމެންޓް ލިބުނުކަމުގައިވިޔަސް ޑަކްޓަރަށް ދެއްކުނީ ހައެއް ޖެހިފަހުންކަމަށް ވެސް މިޕޯސްޓްގައި ބުނެފައިވެއެވެ. އަދި ޑަކްޓަރ އޭނާއަށް ވާހަކަ ދައްކަންދިނީ ވަރަށް މަދު ވަގުތުކޮޅެއް ކަމަށާއި ސެޝަން ކުރިޔަށް ދިޔައީ އެންމެ 15 މިނެޓަށް ކަމަށްވެސް ޕޯސްޓްގައި ބުނެފައިވެއެވެ.
މިޕޯސްޓްގައި އިތުރަށް ބުނެފައިވަނީ އެދުވަހު ޑަކްޓަރު ދިން އެސެންމަންޓްގެ ނަތީޖާ އަދިވެސް ނުލިބޭ ކަމަށާއި ނަތީޖާ ނުލިބި ދެތެރަޕީ ހެދިކަމަށެވެ. އަދި ޑރ.ނާޒްއާ ދިމާވީ ޑަކްޓަރަށް ދިޔަ ދެވަނަ ދުވަހު ކަމަށާއި ޑރ.ނާޒްގެ ދަރިފުޅު އޭނާ ކައިރީ ހުރުމުން ކިޔަން ބޭނުންވާ އެއްޗެހި ކިޔަން ޖެހިލުންވިކަމަަށެވެ. މިޕޯސްޓްގައި ވަނީ މިތެރަޕީތަކުގެ ފެންވަރާ ބަލާ އަގުމަތިކަން ފާހަގަކޮށްފައެވެ. މިފޯސްޓާއެކު ގިނަ ބައެއްގެ ފާޑު ކިޔުންވަނީ ޑރ.ނާޒް އަދި މިޕްސްޓަރއަށް އަމާޒުވެފައެވެ. އަދި ބައެއްމީހުންދަނީ މިޕޯސްޓް ޝެއަރކޮށް އެމީހުނަށް ދިމާވި މިފަދަ ކަންކަންވެސް މީސްމީޑިޔާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ.
މިޕޯސްޓަށް ރައްދުދީ ޑރ.އައިޝަތު އަލީ ނާޒްގެ ރަސްމީ ފޭސްބުކް ފޭޖްގައިވަނީ ޕޯސްޓެއްކޮށްފައެވެ. ނާޒް ބުނެފައިވަނީ ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ހާއްސަ މަރުކަޒެއް ހެދުމަށް ނާޒްވަނީ 17 އަހަރު ކޮންމެ ދުވަހެއްގެ ގާތްގަޑަކަށް 12 ގަޑިއިރު ހޭދަކޮށްފައިކަމަށެވެ. އަދި މިހާރު މިޕްސްޓަރގައި ތަފާތު ޤައުމުތަކުން ތަޖުރިބާހުރި ގާތްގަޑަކަށް 20 މީހުންތިއްބަވާނެކަމަށާއި އޭނާ މިހާރު މަސައްކަތާ ކުޑަކޮށްދުރުވެފައިވާކަމަށެވެ. އަދި މިމަރުކަޒުގެ އަގު ވައްޓާލުމަށް މަސައްކަތްތަކެއް ކުރާނެކަން މާކުރިން ވެސް އެނގޭކަމަށް ނާޒްގެ ޕޯސްޓްގައިވެއެވެ.
ނާޒް އަކީ ރަނގަޅު މީހެއް.
ޢެއީ ތެދެއް. މަގެ ދަރިފުޅުވެސް ދެއްކިން. ޢެކަމު އެންމެ ދުވަހަކު މަށާއެކު ބައިންދައިގެން އޮބްޒާވް ކުރީ. ޢެކަމު ރިޕޯޓުގަ އޮތީ ފެނާވެސް ކުޅެ އެހެން ކުދިން ގައިގަ ތަޅާ ހެދިކަމަށް. ފެނުގަ އެއްވެސް ކަމެއް ނުކުރޭ. ޢަދި އޮބްޒާވް ކުރީ ދަރިފުޅާ މަށާ ދެމީހުން އެކަނި ތިބެ. ޢެހެން ކުއްޖެއްގެ ރިޕޯޓެއް އޮތްގޮތަށް ދީފަ އޮތްކަމަށް ބެލެވެނީ
ތީ ފައިސާއަށް ބޫތުކައިފަ ހުރި އިންސާނެއް މަށައްވެސް ދިނީ ކެހި ދަރިފުޅުގެ ޓެސްޓްގެ ނަތީޖާވީ ތަނެއް އަދިވެސް ނޭނެގެ ޓެސްޓަށް ހަރަދުވި 3500 ރުފިޔާ....
ތީވަކި މިޕްސްޓަރއެއް ނޫން ކޮންމެ ހޮސްޕިޓަލެއްގެވެސް އަދި ކުލިނިކެއްގެވެސް ހާލު ޑޮކްޓަރުން ގަޑިޔައް ނާންނާނެ، ހިދުމަތްވެސް ތިކަހަލަ ގޮތަކައް، މިހާރު ރަގަނޅުވަމުންއަންނަނީ އައިޖީއެމް އެޗް ބައެއް ހިދުމަތް، އައިޖީއެމްޗަގަވެސް ބައެއްކަންކަން ރަގަނޅު އަނެއްބައި ކަންކަން ރަގަނޅެއް ނޫން.
ވަރަށް ރަނގަޅު ވާހަކައެއް
ކާކުބާ އަގުވައްޓަންއުޅެނީ... ސަރުކާރުގެ ބޮލުގަތިއިލްޒާމު ނޭޅުވިނިމޭނެބާ. ތިކަންވެސް ނިމޭއިރު އޮންނާނީ ސިޔާސީވެފަ..
ތިތާގެ ފޭކް ކަން ތަޖުރިބާ ކުރިމީހެއް އަޅުގަނޑަކީވެސް.. އައި ކިޔޫ ޓެސްޓެއް ހަދާފަ 2 އަހަރު ވިއިރުވެސް އޭގެ ނަތީޖާ ނުލިބޭ..2 އަހަރުވާން 2 މަހަށް ވެފަ އޮތްވާ ގުޅާފަ ބުނީ އެބަލާ 1500 ރުފިޔާ ހިފާއިގެން އަންނާށޭ.
މިހާ ދުވަސް ކޮށްފަ ދެން ބޭނުންނޫނޭ ބުނީމަ ބުނީ އެމީހުން އެހެން ތަނަކަށް މޫވް ކުރީމަޔޯ ލަސްވީ..
ވަރަށް ބޮޑުތެދެއް . އަހަރެންގެ ދަރިފުޅު އެމީހުން އެބުނާ ޓެސްޓްތަކެއް ހެދިތާ ގިނަދުވަސްތަކެއްވެއްޖެ. އަދިވެސް ނަތީޖާ ނުލިބޭ. ޓެސްޓްތަށްހެދުންވެސް މީ މަޖާކަމެއް.
މިތަނަކީމީ ލާރި ނަގާ މެށިނެއް.
މީހުންގެ ސިކުނޑި ތަކާކުޅެގެން ކުރާ ބިޒްނަސް އެއް ހަމަ، މީހުން އެމީހުންގެ ދަރިން ރަނގަޅު ކުރުމަށް ކޮންމެ އަގެއް ކިޔަސް ބޭނުންވާނެ ދާން، އެކަމަކު ހިދުމަތުގެ ފެންވަރަށް ވުރެ އަގު މާބޮޑު
މީއަނެއްރާއްޖެ ފާޑުނުކިޔާކަމެއް ނޯންނާނެ ކިތައއމެރަގަޅައްކަމެއްކުރިޔަސް
ނާޒްގެމަސައްކަތާއިގެންކުރިޔަެއް ވަޑައިންނަވާ
މީހުންގެ ލާރި ހަރާމް ގޮތުގަ، ރޯމާ ދުވާލު އަތުލައިގެން ކަމުންދުވާ އަންހެނެއްތީ..
(ނާޒް ބުނެފައިވަނީ ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ހާއްސަ މަރުކަޒެއް ހެދުމަށް ނާޒްވަނީ 17 އަހަރު ކޮންމެ ދުވަހެއްގެ ގާތްގަޑަކަށް 12 ގަޑިއިރު ހޭދަކޮށްފައިކަމަށެވެ)
މީގެ މާނަޔަކީ ވަގައް، އޮޅުވައިލައިގެން މީހުން އަތުން ފައިސާ ފޭރެން ކުރިކަމެކޭ ދޯ ތިބުނީ..
ނޭނގެ މިހާރު ހަނދާން ހުރި ކަމެއް. އެއްދުވަސް ވަރެއްގައި މީނާގެ ބައްޕަވެސް ހަމަ މިކަހަލަ އަގުބޮޑު ކުލިނިކެއް ހިންގި! އަލަގަހަކުން ކެޔޮ ނިރެއް.....
ޥަރަށް ބޮޑު ތެދެއް މީ
މީ ދޮގެއް. އަހަރެންގެ ދަރިފުޅު ރަގަޅުވީ ހަމަ މިތަނަށް ގެންގޮސްގެން. ލިޔުން ތަންކޮޅެއް ލަސްވި އެކަމު ހިދުމަތް ވ ރަގަޅު
ދެން އެންމެން ހިތްހަމަޖެހޭ ނޫނީ ފާޑު ނުކިޔާގޮތަކަށް އެއްވެސްކަމެއް ނުކުރެވޭނެ.. އެހެން ނޫންނަމަ އިސްލާމުދީނަށާ ކީރިތި މާތް ނަބިއްޔާއަށްވެސް މަލާމާތާ ފާޑުކިއުމެއް ނެތީސް.. މިޕްސްޓަރއިން އެތަށް ހާސްބަޔަކު ހިދުމަތް ހޯދާ ރަނގަޅުކޮމެންޓްކޮށްފަ ހުއްޓާވެސް އެތަން ނުފެނި ވަގުތަށް ތިފެނުނީ ހިތްނުފުރޭ އެންމެ މީހަކު ކުރިކޮމެންޓެއް ހަބަރު ހަދަން.. އެހެންވެ މި ބުނަނީ ހަމަ ފިތުނައޭ ތިއުފައްދަނީ
މިޕްސްޓާރ އަކީ ވަރަށް ޕްރޮފެޝަނަލް ތަނެއް. ކޮންމެ ކުލިނިކަކުންވެސް ރިޕޯޓު ލަސްވެދާނެ. އެކަމަކު ޚިދުމަތް ވަރަށް ފުރިހަމަ.... ރާއްޖެއިން ބޭރުގައިވެސް ސައިކޮލޮޖީ އަކީ ނުހަނު އަގުބޮޑު ފަރުވާއެއް
ވަރަށް ރަނގަޅު ވާހަކަ އެކެވެ. އަޅުގަނޑުމެންގެ ކުއްޖަު 3000 ރ ދީގެން ނާޒުގެ ސެންޓަރަށް އެއްއަހަރު ގެންދިޔައީމެވެ. ކުރިން ވަރަށް ރަނގަޅަށް ކަންތައް ދިޔައީ ފަހުން ވަރަށް ސަކަރާތް .....ކުދިންނަށް އަޅާުން ކުޑަވެ ތަނުގެ ސްޓާފުންގެވެސް ފަރުވާ ކުޑަވެގެން ދިޔައީ...
މަގޭދަރި މިދިޔައަހަރު ތިތަނައްގެންދިޔަ. ފުރަތަމަވެސް 5،000 ރުފިޔާނެގި. ދެންމަހަކު 2،500 ރުފިޔާ. ކްލާސްތެރޭގަ އެތައްބައިވަރުކުދިންނެއް އެންމެ މީހެއްހުރިހާކުދިން ބަލަން. ކްލާސް އޮންނަނީ ހަފްތާއެކު އެއްދުވަހު، ބައިވަރު އޯޓިޒަމްކުދިން ތަކެއްގެތެރޭ ސްޕީޗްތެރަޕީ ހަދަންގެންދިޔަ މަގޭދަރި އިންނަނީ ބައިންދާފަ. ކުރުވާކަމަކީ ގަޑެއްގަ ހުޜިހާކުދިންލައްވާ އެއްޗެއް ކުރެހުން. އިތުރުއެއްވެސް ކަމެއްނުކުރުވަ. އެންމަސްވީމަ މަވާ ތިތަނައް އުމުރައްސަލާން ބުނެފިން.
މީހެއްގެ އަގުވައްޓާލަން ކުރާ ކަމެއް މީ.
ކިޔެވުނު އެއްޗެއްގެ ނާޖައިސްފައިދާނެގުމަކީ ހަލާލުނޫން އެއްޗެއްކެއުން ނޫނީ ބޭނުންކުރުން.
ތީ އިޙްސާން ފިހާރަ މީހުން ކުޅޭކަހަލަ މީހުންގެ ސިނކުނޑި އާއި ކުޅޭ ގޭމް ޖައްސާ ބައެއްތާ. އިޙްސާން ފިހާރަވެސް ނަމުގަ އަގުހެޔޮ އެކަމް އެތާ ކައިރި އެހެން ފިހާރައަށްވުރެ ހުރިހަާ އެއްޗެއް އަގުބޮޑު.
ފާތިމާ މުޙައްމަދު ދީ ދީ ކުލިނިކަކީވެސް ހަމަ ތީގެ ތަނެއް.
އެތަނުން ލިޔެދިން ބޭސްވެސް ގަންނަން ނުލިބުން.
އައި ސީ ޕީ ވަރެއްނެތް. މަވެސް ދަރި ގޮވައިގެން ތި މިޕްސްޓަރ އަށް ދިޔައިން. ލާރިކޮޅު ކާލާފަ ރިޕޯޓެއް ނުދޭ. މާދުވަސްވީމަ އަލުން އައިސީޕީ އަށް ދެއްކީ. 5 ދުވަސްތެރޭ ރިޕޯޓްދީފި. އަދި އަގުވެސްހެޔޮ
ވަރަށް ފަރުވާ ކުޑަ ތަނެއް އެއީ
ތި މިޕްސްޓާރ އަކީ ފޭކުތަނެއްކަމެއް ނޫންކަމެއް ބުނާކަށް އަހަރެންނަކަށް ނޭގެ...މި ދިޔަ އަހަރު މަވެސް މަގޭ ދަރި ގޮވައިގެން ތިތަނަށް ދިޔައިން...މެމޯ ހައް ދަންވެސް 600ރފ ނެގި..ޓެސްޓު ހައް ދަންށޭ ކިޔާފަ 2500ރފ ނެގި...30 މިނުޓު ތެރޭ ހަ ދާނިންމާލި ސުވާލާ ޖަވާބުގެ ކަރު ދާސްތަކަށް ފަހު ކައުންޓަރުގަ އިން ކުއްޖާ ބުނީ މިޔަ ދަކަށް ނިމުނީއޭ....ޓެސްޓު ނަތީޖާ ލިބުނީމަ ގުޅާނަމޯ، ގުޅޭނެ ނަންބަރެއް ދޭށޭ.....އޭގެ ފަހުން 4 ހަފްތާ ފަހުން ގުޅާފަ އެހީމަ ބުނީ އަދިނުނިމެޔޭ....އޭގެ 2 ހަފްތާ ފަހުން 5 ދުވަސް ވަން ދެން ކޮންމެ ދުވަހަކު އެތައްފަހަރަކު ގުޅިން....އެތަނަކުން ފޯނަށް ޖަވާބު ދިނީކީ ނޫން.... ް