މާލޭ ސިޓީ ކައުންސިލްގައި ތިއްބަވާ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރުންނާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ބައްދަލު ކޮށްފި އެވެ.

މި ބައްދަލުވުން އޮތީ ޕީޕީއެމް އޮފީހުގައި މިއަދު ހަވީރު އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ބުނީ މައިގަނޑު ބޭނުމަކީ މާލޭ ސިޓީގެ ރައްޔިތުންނަށް ސޓީ ކައުންސިލުން ދެމުންދާ ހިދުމަތްތައް ހަރުދަނާ ގޮތެއްގައި ދިނުމާއި ގުޅޭ މަޝްވަރާ ކުރުން ކަމަށެވެ.

މިބައްދަލުވުމުގައި މާލޭސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިހާރު ސިޓީ ކައުންސިލްގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާ އަދި އެކި ގޮތްގޮތުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ.

އަދި ކައުންސިލުން ކުރައްވަމުން ގެންދާ މަސައްކަތްތައްވެސް މޭޔަރު ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

ޕީޕީއެމްގެ މެޖޯރިޓީ ކައުންސިލެއް އޮވެގެން މިހާރު މާލޭ ސިޓީގެ ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ދިނުމަށްޓަކައި ކުރަމުންދާ މަސައްކަތް ލީޑާޝިޕުން ފާހަގަކޮށްފައިވާ ކަމަށްވެސް އެ ކޯލިޝަނުން ބުންޏެވެ.

އަދި ރައީސް ޔާމީން ގެންގުޅުއްވި ސިޔާސަތުތަކާ އެއްގޮތަށް ސިޔާސީ އެއްވެސް ފިކުރަކަށް ތަފާތު ކުރުމެއްނެތި މާލޭ ސިޓީގެ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަކަށް ހިދުމަތްތައް ދިނުމާއި ބެހޭގޮތުން ކައުންސިލަރުންނާއެކު ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރެވުނު ކަމަށެވެ.

ޕާޓީގެ ލީޑާޝިޕުން ކައުންސިލަރުންނާއި ބައްދަލު ކުރިއިރު ކައުންސިލަރު ނަހުލާ އާއި މޭޔަރު މުއިއްޒާއި މެދު ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ނަހުލާ ވެސް ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދު

    ނިކަންބާލާބަލަ މީސްމީހުން މީޓިންތަކުގައި ތިވޭގޮތް! ބަޔަކު މީހުންނަށް މުހިންމުވަނީ ފޯނުން އެފްބީ ބަލާލާ ފޯނާ ކުޅެލުން. ދެންކޮން މީޓިންއެއްކޭ މިކިޔަނީ!

    • ރަބީނާ21

      ލިޔާތަން ނުފެނޭތަ އެހެންމީހުން ވެސް އެބަލިޔާ

  2. ވަހުތާން

    ޕީޕީއެމްގެ މެޖޯރިޓީ ކައުންސިލުން މާލޭގެ ހުރިހާ ކާނުތައް ސާފުކޮށް، ބޭނުންނުކޮށް ގިނަދުވަސްވެފައި މަގުމަތީގައި ހުރި ވެހިކަލްތައް ނަގާ، މަގުމަތީގައި ބަހައްޓާފައި ހުރި ޕެލެޓްތައްވެސް ނަގާ މިހާރުވަނީ ރައްޔިތުންނަށް ފިސާރި ފަސޭހަކޮށްދީފައި. ކާނުތައް ބެދިގެން ފެންބޮޑުވާ ކުދިގޯޅިތަކުގައި ފެންހިންދަން ވަރަށްމޮޅުގޮތެއްހަދާތީވެސް އެބަފެނޭ. ފެންޓަސީގެ ހުޅަނގު ގޯޅީގައި ކާނުތައް ނަގާ ފަސްއަޅާ މިހާރު އެއޮތީ ގާ އަތުރާފާ. ދެން ކާނުސާފުކުރާކަށް ދެންނުޖެހޭނެ. ސަލާމް ޅެންބައިގާ ވަރަށް ވަރުއަރުވާލާފާ މިހާރުއަޑެއް ބަޑެއްނީވޭ.