މިއަދު ރާއްޖެ އިން އިތުރު 173 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 137 މީހުން ފައްސިވިއެވެ. އިތުރު 27 މީހަކު މިއަދު މާލެ އިން ފައްސިވިއެވެ. އަދި ރިސޯޓްތަކުން ނުވަ މީހުން ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3685 މީހުންނެވެ. އޭގެތެރެއިން %4.69 މީހުން މިއަދު ކޮވިޑަށް ފައްސިވިއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު މިހާރު ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 1651 އަށް އަރާފައެވެ. މިއަދަކީ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހަށް ފަހު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ބޮޑަށް މައްޗަށް ދިޔަ ދުވަހެވެ. މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން 26 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއަދަކީ ސެޕްޓެމްބަރ މަހުގެ 04 ވަނަ ދުވަހަށް ފަހު އެންމެ ގިނަ ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ދުވަހެވެ.

އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު 2550 އަށް އަރައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 75 މީހުން މިއަދު ކޮވިޑުން ރަނގަޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް ޖުމްލަ 87359 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ. އޭގެތެރެއިން 85453 މީހުން މިހާރު ކޮވިޑުން ރަނގަޅު ވެއްޖެއެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 242 މީހުން ވަނީ ކޮވިޑްގައި މިހާތަނަށް ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު