ޕީޕީއެމްއަށްވުރެ އެޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް މުހިއްމީ ދިވެހި ގައުމު ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުލްރަހީމް މިހެން ވިދާޅުވީ ޕީޕީއެމްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޕާޓީގެ އޮފީހުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕީޕީއެމްގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ވެސް ޕާޓީގެ ކުލައިގެ ހެދުން ބޭނުން ނުކޮށް "މިނިވަން ކަމުގެ ދިފާއުގައި" ޖަހާފައިވާ ޓީޝާޓް ބޭނުން ކުރާކަން ފާހަގަ ކުރައްވާ އަބްދުލްރަހީމް ވިދާޅުވީ އެއީ ރައީސް ޔާމީނަށް ޕީޕީއެމްގެ ކުލައަށްވުރެ ގައުމު މުހިއްމު ކަމުގެ ދަލީލެއް ކަމަށެވެ.

ޕީޕީއެމް އަކީ ރައްޔިތުންގެ އުއްމީދުތަކާއި އެންމެ ބޮޑަށް ގުޅިފައިވާ ޕާޓީކަމަށް ވިދާޅުވެ އަބްދުލްރަހީމް މިރޭ ވެސް ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރެއްވީ "ހާއިނުންގެ ސަރުކާރު ނުހައްގުން" ޔާމީނަށް އަނިޔާ ކުރަމުން ގެންދާތީ އެކަމަށެވެ.

ޕީޕީއެމްގެ ދިދަ ނެގުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު
ޕީޕީއެމްގެ ދިދަ ނެގުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު

ޕީޕީއެމް އުފައްދަން ޖެހުނު ސަބަބު ހަނދާނަށް ގެންނަވަމުން އަބްދުލްރަހީމް މިރޭ ވިދާޅުވީ މަލްޓި ޕާޓީ ސިސްޓަމްގައި ފުރަތަމަ ރާއްޖޭގެ ވެރިކަމަށް އައީ އެމްޑީޕީ ކަމަށެވެ. ނަމަވެސް އެމްޑީޕީ އަށް ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށް ނުދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ ވެރިކަމާއިއެކު ރައްޔިތުންނަށް ލިބިގެން ދިޔައީ ހިތްދަތިކަމާއި ހިތާމަ، ގައުމުގެ ހަރު މުދާތައް ދިޔައީ ވިއްކަމުން. ތަފާތު ދީންތަކަށް ދިޔައީ ފުރުސަތު ތަނަވަސް ކޮށްދެމުން. ރައްޔިތުން ތިބީ އަނގަ އާއި އަތާއި ދިމާނުވާ ހާލަތުގައި. އޭރުގެ އިދިކޮޅު ޕާޓީ ޑީއާރްޕީއަށް ޒިންމާ އަދާނުކުރެވުމުން ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ގުޅިވަޑައިގެން ޕީޕީއެމް އުފެއްދީ." އަބްދުލްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމް އުފެދުނު ވަގުތުން ފެށީ ދިވެހިރާއްޖެ ސަލާމަތް ކުރުމުގެ މަސައްކަތް ފެށިގެން ފާހަގަ ކުރައްވާ އަބްދުލްރަހީމް ވިދާޅުވީ އޭރު އޮތް އެންމެ ބޮޑު މައްސަލައަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ދީފައި އޮތުން ކަމަށެވެ.

އެއާޕޯޓް އަތުލުމުގެ މަސައްކަތް ފެށިއިރު އޭރުގެ ހުރިހާ އިދިކޮޅު ލީޑަރުން ވެސް ތިއްބެވ ނަމަވެސް އަބްދުލްރަހީމް ވިދާޅުވީ އެއާޕޯޓް އަތުލުމުގެ މަސައްކަތް ފެށުމާއިއެކު ބައެއް ބޭފުޅުން ގެއްލިއްޖެ ކަމަށެވެ. "މިކަމުގައި ސާބިތުވެ ހުންނެވީ ރައީސް ޔާމީން. އޭރު ރާއްޖޭގައި އޮތް އަނިޔާވެރި ސަރުކާރު ނިމުމަކަށް ގެނެސް ރައްޔިތުން ބޭނުންވާފަދަ ވެރިކަމެއް ގެނައުމުގެ މަސައްކަތް ފެށުނު. ރައީސް ޔާމީނާއި ޑރ.ހަސަން ސައީދުގެ ދެކޮޅު ހެދުންތަކުގެ ސަބަބުން ރައީސް ވަހީދަށް މަޖުބޫރުވީ ޖީއެމްއާރް އަތުން އެއާޕޯޓް އަތުލަން." އަބްދުލްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ދިދަ ނެގުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު
ޕީޕީއެމްގެ ދިދަ ނެގުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު

2013 ވަނަ އަހަރު ގާއިމު ވެގެން ދިޔަ ރައީސް ޔާމީންގެ ވެރިކަމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް އެންމެ ފަހުރުވެރި އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގި ވެރިކަން ކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. "ރާއްޖޭގެ ޗާޓަށް ބަދަލު ގެނެސް އުއްމީދު ނުކުރާވަރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގައި، ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދެއްވި. ދިވެހިރާއްޖޭގެ އިސްލާމްދީނަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ނުކޮށް، އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އެއްވެސް ފުރުސަތު މިބިމުގައި އެމަނިކުފާނު ނުދެއްވާ." އަބްދުލްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ދިދަ ނެގުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު
ޕީޕީއެމްގެ ދިދަ ނެގުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު

2018 ވަނަ އަހަރު އައި ރައީސް ސޯލިހްގެ ވެރިކަމުން ހަމައެކަނި ކުރިކަމަކީ ރައީސް ޔާމީނަށް އަނިޔާ ކުރުން ކަމަށް ވެސް އަބްދުލްރަހީމް ވިދާޅުވިއެވެ.

އަބްދުލްރަހީމް ވިދާޅުވީ ރައީސް ޔާމީން އެދިވަޑައިގަންނަވަނީ ހުރިހާ ބޭފުޅުން ވެސް އެންމެ އިސް މަސްއޫލިއްޔަތަކަށް ގައުމު ސަލާމަތް ކުރުން ހައްދަވައި ދެއްވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަބްދޫ

    ޔާމީނަކީ އެންމެ މީހެއް ޕާޓީ އަކީ ދިވެހި ގައުމަށް ހެޔޮއެދޭ އެތައްބައެއް . ޕާޓީ މުހިންމު ނޫންނަމަ އެމިހަކަށް ދިވެހި ގައުމު ވެސް މުހިންމު ނުވާނެ. އެފަދަމިހާއަށް މުހިންމު ވަނީ ތިމާގެ އަމިއްލަ ނަފްސު އެކަނި ޕީޕިއެމާ ދުރަށް ޔާމީނު ޖެހިވަޑައިގަތުމުން ގައުމު ސަލާމަތް ކުރުމަށް އެދޭ އެތައބަޔަކު ޕިޕިއެމާ ގުޅިގެންދަނެ. ޕިޕީ އެމް ގައުމުގެ ބާރަކަށް ހެދުމަށް ހުރަސްއަލަނީ އަބްދުއްރަހިމަ ޔަމީނާ ފާތުމަ . މި 3 ފަރާތުން ޕިޕިއެމާ ދުރަސް ޖެހުމުން ގައުމުގެ އަބަދީގެ 60 % މީހުން ޕިޕިއެމަ ގުޅޭނެ.

    1
    5
  2. ރައްޔިތުމީހާ

    އަބްދުލްރަހީމަށް މުހިންމުވީ ރައްޔިތުންނަށް ވުރެން ބޮޑަށް ޔާމިނު

    2
    4
  3. ރައްޔިތުމީހާ

    އަބްދުލްރަހީމަށް މުހިންމުވީ ރައްޔިތުންނަށް ވުރެން ބޮޑަށް ޔާމިނު ދެން މިވަރު މީހަކު ރަނގަޅުވާނެ؟

    3
    3
  4. ޢަލިބެ

    ކިހާ ތާހިރު ގައުމު މުހިއްމު ވީމަތޯ ނަޝީދު ގާތައް ގޮސްސަވެސް ތި އާދޭސް ތިކުރަނީ ޔާމީނު ސަލާމަތް ކުރުމަށް. ކީއްވެގެންތޯ ނަޝީދު ކައިރީ ނޭދުނީ އިންޑިޔާ ސިފައިން ބޭލުމަސް
    މި މީހުންނަކީ ހަގީގަތުގަވެސް ޔާމީނު ދެކެ ލޯބިވެގެން އުޅޭ ބައިގައް ނޫން މި ބައިގަޑަށް ފެނިގެން މި އުޅެނީ ޔާމީނުގެ އެކައުންޓުގަ އިން 100 މިލިޔަން

    1
    4
  5. ޢަލިބެ

    ވަގުކަލޭގެ ރައީސު މައުމޫނުގެ މިންނެއް މަސައްކަތުން ހަދާފަ ހުރި ޕާޓީއެއް ފޭރިގަނެގެން އުޅޭއިރު އަމިއްލަ ލޭ އަށް ހަރާމް ކޯރު ވެފަ ހުރި މީހަކު ދެން ދިވެހި ރައްޔަތުންނާ ދެތެރޭ ކަންތަށް ކުރާނީ ކޮންގޮތަކަށް؟

    3
    3
  6. ނައުޒީ

    ވެރިިކަން ކުރެވުނީވެސް އަދި ވެރިކަމައް ގެނަންވެސްވީ ހަމަ ޔާމީން. މިކަން މިހާރު ގިނަ ދިވެހީންނައް އިހުސާސްކުރެވޭ. އެހެނީ ކޯލިޝަން ހަދައިގެން ދިވެހިރާއްޖޭގެ ކުރިއެރުން މަޑުޖެހި ގައުމުގެ ކުރިމަގުގެ ފޯކަސް ގެއްލި މިނިވަންކަން އިންޑިޔާއަށްގެ އަތްމައްޗައް ދޫކޮއްލުން ނޫން ކަމެއް އެ ކޯލިޝަނަކައް ހާސިލެއް ނުކުރެވޭ. އަދި އެކޯލިޝަނުގެ މަގްސަދަކީ ވަކި ފަރުދުންތަކެއް އެމީހުންގެ މައްޗައް ކުރެވިފައިވާ ޖަލުހުކުމުން މިންޖުވެގަތުންކަން މިހާރުވަނީ ސާފުވެފަ.

    3
    1
  7. ނަންނު

    ޕާޓީ ކީއްކުރަން ދިވެހި ރައްޔަތުން ލޭބޯލާފަވެސް ޔާމީން ބޭނުންވާނީ ލާރި ލާރި ލާރި.....

    2
    3
  8. ލޮލްލޮލް

    އެހެންވާނީ! ޕާޓީގަ މަދު ލާރިކޮޅެއް ހުންނާނީ..މާލިއްޔަތުގަ ހުރީ ބިލިޔަނުން...

    2
    2
  9. މުރާދު

    އެންމެ މުހިއްވާންޖެހެނީ ގައުމުކަމުގައިދެކެން ގައުމުސަލާމަތްކުރެވިގެން ގައުމުގެދީނާ.ރަށްޔިތުންނާ
    މިނިވަންކަމާ ސަލާމަތްކުރެވޭނީ ވީމާ، ރ. ޔާމީންއެގޮތަށް ދެކިލައްވާތީ ޝުރުކުވެރިވަން އެއީ ދިވެހިގައުމު މުހިއްމިވެލައްވާ،ރަށްޔިތުންދެކެލޯބިވެލައްވާ ބޭފުޅެއްކަން އެމަނިކުފާނުގެ ވެރިކަމުގެ
    ކުޑަދުވަސްކޮޅުގައިވެސް ފެނޭ ހިތާމައަކީ ޕާޓީމުހިއްމުވެ ޕާޓީގެވެރިކަމާހެދި ގައުމު އަޅުވެތިވާ
    މިންވަރަށްދާތީ މިއީ އަމިއްލައެދުން