22:02

އިތުރު 128 މީހުން ކޮވިޑަށް ފައްސިވެއްޖެ.

19:57

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 20 ވަނަ ފަހަރަށް އިތުރުކޮށްފި

14:02

ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ހަދާ ޕީސީއާރް ޓެސްޓު ނަހަދާ ދަތުރު ކުރެވޭނެ ރަށްތަކުގެ ލިސްޓްގައި އައްޑޫ ސިޓީ ހިމެނިއްޖެ

13:33

ކޮވިޑް-19ގެ ވޭދަނަތަކެއް ފެނިގެން އިތުރު ތިން ރަށެއް މޮނީޓަރިންގްއަށް ލައިފި

10:03

ކޮވިޑް-19: ޗެކް ރިޕަބްލިކުން އިތުރު 6000 މީހުން ކޮވިޑަށް ފައްސިވެއްޖެ.

09:43

ކޮވިޑްގައި އައްޑޫން އިތުރު މީހަކު ނިޔާވެ، ޖުމްލަ އަދަދު ނުވަޔަކަށް.

ރާއްޖެ އިން ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ އެއްޑޯޒް ޖެހި މީހުންގެ އަދަދު މިހާރު ވަނީ 394228 އަށް އަރާފައެވެ. ވެކްސިންގެ ދެޑޯޒް ޖެހި މީހުންގެ އަދަދު މިހާރު 355786 އަށް އަރައެވެ. ނަމަވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ރާއްޖޭގައި އަނެއްކާވެސް ވަނީ އިތުރުވާން ފަށާފައެވެ.

މިއަދު ވެސް ރާއްޖެ އިން 173 މީހުން ފައްސިވިއެވެ. މިއަދަކީ ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ސަތޭކައިން މަތީގައި ހުރެ މިމަހު ޖެހިޖެހިގެން ތިން ދުވަސްވީ ފުރަތަމަ ފަހަރެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު މިހާރު ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 1651 އަށް އަރާފައެވެ. މިއަދަކީ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހަށް ފަހު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ބޮޑަށް މައްޗަށް ދިޔަ ދުވަހެވެ. މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން 26 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއަދަކީ ސެޕްޓެމްބަރ މަހުގެ 04 ވަނަ ދުވަހަށް ފަހު އެންމެ ގިނަ ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ދުވަހެވެ.

އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު 2550 އަށް އަރައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 75 މީހުން މިއަދު ކޮވިޑުން ރަނގަޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް ޖުމްލަ 87359 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ. އޭގެތެރެއިން 85453 މީހުން މިހާރު ކޮވިޑުން ރަނގަޅު ވެއްޖެއެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 242 މީހުން ވަނީ ކޮވިޑްގައި މިހާތަނަށް ނިޔާވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މުހަންމަދު

  ބަލަގަ،ދުނިޔޭގެ މުޅި އާބާދީ އެއްކޮށް ވެކްސިން ޖެހިޔަސް ފައްސި މަދެއްނުވާނެ، އެއީ ނެރެގެން މި އުޅެނީ ދުނިޔޭގެ މަހުޖަނުން އެމީހުންގެ ޖީބަށް ބަރުކުރަން އަދި އިންސާނުން ގުބޯ ހައްދަން އުފައްދައިގެން އުޅޭ ފޭކު ވެކްސިން ތަކަކަށް ވާތީ.....

  • Anonymous

   ތެދެއް. ފައިޒާ ކުންފުނިން މިހާރު ގައުމުތައް ބުލީކޮށް އެގައުމުތަކުގެ އެސެޓްތައް އެމީހުންގެ ނަމަށް ބަދަލުކުރުމުން ވެކްސިން ވިއްކަނީވެސް. އިންޑިޔާގެ ގްރެވިޓާ ނިއުސް އިން އުޅެނީ ފައިޒާ އިން ބްރެޒިލްއާއެކު ހެދި އެއްބަސްވުން ލިބިގެން. ފައިޒާއަކީ މި ބިގްފާމަރ ރޮކަފެލަރގެ ކުންފުންޏެއް. އެއީ އިލުމިނާޓީ ނުވަތަ ދައްޖާލު ގެނައުމަށް ޝައިޠާނުންނަށް އެހީވެދޭ މީހުން.

  • ޛ

   ސްކޫލްތަކުގަ ނޯވޭ ރައްކާތެރިކަމުގެ ފިޔަވަޅެއް.... ލައިބްރަރީގަ ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތް..... ނެޝަނަލް ލައިބްރަރީ ނުހުޅުވާ ހުއްޓާ ސްކޫލް ލައިބަރަރީތައް ހުޅުވައިގިން ކުދިންތައް ވައްދާ...

 2. ފައުޒީ

  އެހެންވީމާ ވެކްސީންގެ މައްސަލައެއް އެބައުޅޭތާ..

 3. އަޙްމަދް

  ރާއްޖެ އިން ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ އެއްޑޯޒް ޖެހި މީހުންގެ އަދަދު މިހާރު ވަނީ 394228 އަށް އަރާފައެވެ. ވެކްސިންގެ ދެޑޯޒް ޖެހި މީހުންގެ އަދަދު މިހާރު 355786 އަށް އަރައެވެ. ނަމަވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ރާއްޖޭގައި އަނެއްކާވެސް ވަނީ އިތުރުވާން ފަށާފައެވެ.
  ޢަދި މަދުވާނެ ވެކްސިން ކުންފުނިތަކައް ބޮޑުތަނުން ފައިދާވީމަ ފައްސި މަދުވާނެ……
  ދެން މިކޮމަންޓު ކިޔާމީހުންވެސް ފައްސިވެދާނެ އެވެ
  ޢެއީ ވެކްސިން އިޝްތިހާރު ކުރާ ބަޔަކީ މީޑިޔާކމުގައި ވާތީއެވެ.

 4. ފައުސީ

  ނުވާނެމަދެއް. ޖަހައިގެން އައްސިއެރުން ނޫން ކަމެއްނުވޭ. ދެން މި އަންނަނީ 3ވަނަ ވަޒަނާ ދިމާލަށް

  • Anonymous

   ދިވެހިންކަހަލަ ކިޔަމަންތެރި ޓްރެއިންޑް ޑޯގްތަކެއްފަދަ ބަޔަކު ނޫޅޭ. އެމެރިކާގަ ކުޑަކުދިންނަށް ދަންދެން މަގުތަކުގަ މުޒާހަރާކުރޭ ވެކްސިން މެންޑޭޓް އާ ދެކޮޅަށް.